އަހުރެން ހަނދާންވާ ގޮތުން މިހެންވިދާޅުވީ ތާބިޢީ ބޭކަލެއް ކަމަށްވާ އިމާމް ޙަސަނުލްބަސަރީއެވެ. ނޫންކަމަށްވާނަމަ އެކަމަށް މާފަށް އެދެމެވެ. ވިދާޅުވީ މިފަދައިންނެވެ.
"އަހުރެން އެދި ދުޢާކުރާ ކަމެއް ހިންމަވައިދެއްވަވައިފިނަމަ ޝުކުރުވެރިވެ ޙަމްދުކުރަމެވެ. އެދޭ ކަމެއް ހިންމަވައި ނުދެއްވަވައިފިނަމަ އަޅުކަންކުރުން ގިނަކުރަމެވެ. ކުރާ ދުޢާ ދިގުކުރަމެވެ. ކުރާ ސަޖިދަވެސް ދިގުކުރަމެވެ. ސަބަބަކީ އަހުރެން އެދުނު ކަންތައް ހިންމަވައި ނުދެއްވެވުން އެއީ ﷲ ތަޢާލާގެ ނިންމެވުމެކެވެ. ﷲ ތަޢާލާ ކޮންމެ މީހަކާއިމެދުވެސް ނިންމަވާނީ އެމީހަކަށް އެންމެ ފައިދާހުރި ގޮތަށެވެ."
އަހުރެން ބުނާނީ މިއީ ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމަށްފަހު ޢަމަލުކުރަން އެންމެ ރަނގަޅު އަދި އެންމެ ފައިދާހުރި ގޮތް ކަމަށެވެ. މިގޮތަށް ވިސްނައި ޢަމަލުކުރާނަމަ ދުޢާކުރުމަށްފަހު އެއްވެސް މީހަކަށް ހާސްވެ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ، އިން ޝާ ﷲ
- ބިލާލް އައްސަދުގެ ދަރުސަކުން