ޞަދަޤާތްކުރުމާ ހެޔޮޢަމަލުތައް ކުރުން ގިނަކުރުމަކީ އީމާންކަން އިތުރުވާ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޞަދަޤާތްކުރުމާ ހެޔޮޢަމަލުތައް ކުރުން ގިނަކުރުމަކީ އީމާންކަން އިތުރުވާ ކަމެއް! އިން ޝާ ﷲ

އެއްވެސް މީހެއްގެ އީމާންކަން އަބަދު އެއްގޮތަކަށް، އެއްމިންވަރަކަށް ނުހުރުމަކީ އެންމެންނަށްވެސް މެދުވެރިވާ ކަމެކެވެ. އީމާންކަން މަތީގައި ޘާބިތުކޮށްދެއްވެވުން އެދިގެން ދުޢާކުރަންޖެހެނީ އެހެންވެގެންނެވެ. 

ހަމައެކަނި ދުޢާކުރުމަކުންވެސް ނުފުދޭނެއެވެ. އީމާންކަންމަތީގައި ޘާބިތުވެ ހުންނަން ގަދައަޅައި ަމސައްކަތްކުރަންވެސް ޖެހޭނެއެވެ. އެގޮތުން އީމާންކަން ބަލިކަށިވާހެން ހީވާނަމަ ގިނަ ގިނައިން ﷲ ޛިކްރުކޮށް ހެދުން މުހިންމެވެ. އަދި ޞަދަގާތް ގިނަ ކުރުމާއި މިނޫންވެސް ހެޔޮ ޢަމަލުތައް ގިނަކުރުން ހުއްޓެވެ.  

ދީނިގައި ޘާބިތުވެ ހުރެވުން އޮތީ އީމާންކަން އެމީހެއްގެ ކިބައިގައި ހުރިވަރަކުންނެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރެވޭނީވެސް އަދި ފާފަކުރަން ބިރުވެތިވެވޭނީވެސް އީމާންކަން ހުރިވަރަކުންނެވެ. މީހެއްގެ ޙައްޤަކަށް އަރައި ގަތުމާއި އެއްވެސް މީހަކަށް އަނިޔާވެރިވުން ފަދަ ކަންކަމަށް ބިރުވެތިވެވޭނީވެސް އެމީހެއްގެ ކިބައިގައި އީމާންކަން ހުރިވަރަކުންނެވެ.  

އަދި ކީއްހެއްޔެވެ؟ ރިވެތި ޢާއިލީ ދިރިއުޅުމަކަށްވެސް އެންމެ މުހިންމު އެއްކަމަކީ އެމީހެއްގެ އީމންކަން ވަރުގަދަވުމެވެ. ހެޔޮލަފާ މީހެއްގެ ގޮތުގައި އުޅެވޭނީ އީމާންކަމުގައި ޘާބިތުވެވިގެންނެވެ. ވީމާ ކޮންމެ މުސްލިމަކަށްވެސް އެންމެ މުހިންމު ކަމަކީ އީމާންކަމުގައި ޘާބިތުވެހުރެވުމެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން