ތިމާ ލޯބިވާ ނުވަތަ ގާތް މީހަކު މަރުވުމުން ތިމާއަށް ފައިދާކުރާނެ ވިސްނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ތިމާ ލޯބިވާ ނުވަތަ ގާތް މީހަކު މަރުވުމުން ތިމާއަށް ފައިދާކުރާނެ ވިސްނުން!

ފުރަތަމަ ކަމަކީ ތިމާ ލޯބިވާ ނުވަތަ ގާތް މީހަކު މަރުވެއްޖެނަމަ ދެރަވެވޭނެ ކަމެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. ދެރަވެވޭނެއެވެ. ދެރަވާންވެސް ވާނެއެވެ. އެހެންކަމާއިއެކުވެސް އެކަމުން ތިމާއަށް އެންމެ ފައިދާކުރާނެ ވިސްނުމާއިމެދު ވިސްނައިލަމާ ހިނގާށެވެ! 

އެވިސްނުމަކީ ދެންމަރުވާނީ ތިމާކަމާއިމެދު ވިސްނުމެވެ. ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެ ކަމާއިމެދު ވިސްނުމެވެ. އެކަން އެގޮތަށް ވިސްނިއްޖެނަމަ ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރެވޭނެއެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަންވެސް މަސައްކަތްކުރެވޭނެއެވެ. ކުރެވިފައިވާ ފާފަތަކަށް ތައުބާ ވެވޭނެއެވެ. 

ލޮބުވެތި އެކުވެރިންނޭވެ! އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް ވިސްނިފައި އޮންނަނީ ތިމާ ވަރަށް ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމަށެވެ. ޢުމުރުގެ ފަހުކޮޅުގައި ތައުބާވެ ރަނގަޅަށް އެޅެލުމުން ސުވަރުގެ ވައްދަވާނެ ކަމަށެވެ. 

ސުވަރުގެ ވެއްދެވުމާއި ނުވެއްދެވުން ވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެކަމަށް އެއްޗެއް ބުނެވޭނެ މީހަކު ނުހުންނާނެއެވެ. ނަމަވެސް ރަނގަޅަށް ވިސްނައިލާށެވެ. މިބުނިފަދައިން ޢުމުރުގެ ފަހުކޮޅުގައި ތައުބާވެ ހެޔޮޢަމަލުކުރުން ގިނަކުރަން ހުންނަނަމަ އެކަމުން އަންގައިދެނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތް ކަމެވެ. ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަން ޤަބޫލުނުކުރެވޭކަމެވެ. އެފަދަ މީހަކަށް ސުވަރުގެ ޙައްޤުވާނީވެސް ކޮންފަދައަކުން ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން