ވައްދަން ޖެހޭ އެންމެން ވައްދައި ނިމުމުން ނަރަކައިގެ ދޮރުތައް ބަންދުކުރެވި ތަޅުލެވޭނެ! އެތެރޭގަ ތިބި އެންމެން އެކުވެގެން ހުޅުވަން އުޅުނަސް އެންމެ ދޮރެއްވެސް ނުހުޅުވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ވައްދަން ޖެހޭ އެންމެން ވައްދައި ނިމުމުން ނަރަކައިގެ ދޮރުތައް ބަންދުކުރެވި ތަޅުލެވޭނެ! އެތެރޭގަ ތިބި އެންމެން އެކުވެގެން ހުޅުވަން އުޅުނަސް އެންމެ ދޮރެއްވެސް ނުހުޅުވޭނެ!

ޤިޔާމަތްދުވަހު ނަރަކައަށް ވައްދަންޖެހޭ މީހުން ވައްދައި ނިމުމުން ނަރަކައިގެ ދޮރުތައް ލައްޕައި ތަޅުލެވި ބަންދުކުރެވޭނެއެވެ. ނަރަކައިވާ އެއްވެސް މީހަކަށް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ނޫނީ އެތަނުން ނުނުކުމެވޭނެ ގޮތަށެވެ. ނަރަކައިން ސަލާމަތެއް ނުވެވޭނެއެވެ.އެއީވެސް ނަރަކައިގައި ތިބެންޖެހޭ މީހުން އިތުރަށް ބިރުގަންނާނެ ކަމެކެވެ.  

ޖަލުތަކުގެ ދޮރުތައް ތަޅުލައި ބަންދުކުރަނީ މީހަކު ފިލައިފާނެކަމަށްޓަކައެވެ. ފިލުމުގެ ފުރުޞަތު އޮތުމުންނެވެ. އެއްވެސް މީހަކަށް ނަރަކައިން ނުފިލޭނެއެވެ. އެހެންކަމާއިއެކުގައިވެސް ދޮރުތައް ބަންދުކުރައްވަވަނީ މީސްތަކުން އިތުރަށް ބިރުގެނެނެވުމަށްޓަކައެވެ. ﷲ ތަޢާލާ ސަލާމަތްކުރެއްވެވުމުން ނޫނީ އެއްވެސް މީހަކަށް ނަރަކައިން ސަލާމަތްނުވެވޭނެކަން އެނގުމަކީ ވެސް ކިހައިބޮޑު ބިރެއްހެއްޔެވެ؟  

ބިރުގަންނަންވީ ނަރަކައަށް ވައްދަވައި ނަރަކައިގައި ތަޅުލެވުމަކުން ނޫނެވެ. ދުނިޔޭގައި ހުރެއެވެ. ބިރުވެރިކަމުން ފުރިގެންވާ ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށެވެ.  

އެއިގެ ބަދަލުގައި ސުވަރުގެ ވައްދަވާނެ މީހުން ވެއްދެވުމަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައި ލައްވަވާގޮތަށް އެދޮރުކޮޅުތައް ދުވަހަކުވެސް ބަންދުނުކުރައްވަވާނެތެވެ. ސުވަރުގޭގައިވަނީ އުފާވެރިކަމާއި ސަލާމަތާއި ރައްކައުތެރިކަމެވެ. ސުވަރުގެ ވައްދަވައިފި އެއްވެސް އަޅަކު ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމެއް ކުރިމަތިނުވާނެއެވެ. އަބަދުވެސް ތިބޭނީ ހިނިތުންވެގެންނެވެ.  

މީސްތަކުންނޭވެ! އަހަރެމެންގެ ގޮދޮރާއި ގުދަންތަކާއި ފިހާރަތަށް ތަޅުލަނީ ރައްކަތެރިކަން ލިބިގަތުމަށެވެ. އެއްވެސް ނުރައްކަލެއް ނެތްތަނެއްގައި އެއްވެސް ދޮރެއް ތަޅުލާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟

 

- މައްލޫމާތު: ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން