ދަތިޙާލަތެއް ކުރިމަތިވެއްޖެނަމަ އެކުވެރިންގެ ތެރޭގައިވެސް ގިނަވާނީ ތިބާގެ ކުށްދައްކައި ފިލާނެ މީހުން! އަރައިގަނެވޭނީ މިބުނާ ގޮތަށް ޢަމަލުކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދަތިޙާލަތެއް ކުރިމަތިވެއްޖެނަމަ އެކުވެރިންގެ ތެރޭގައިވެސް ގިނަވާނީ ތިބާގެ ކުށްދައްކައި ފިލާނެ މީހުން! އަރައިގަނެވޭނީ މިބުނާ ގޮތަށް ޢަމަލުކުރީމަ!

ކިތަންމެ ގިނަ އެކުވެރިން ތިބިނަމަވެސް އަދި ތިބާގެ ތަނަވަސްކަންހުރީތީ ކިތަންމެ ގިނަ ބައަކަށް އެހީތެރިވެދިނަސް ދަތިޙާލަތެއް ކުރިމަތިވެއްޖެނަމަ ގާތީ އެކަނިވެރިވާންޖެހުމެވެ. ތިބާގެ އެހީތެރިކަން ލިބިގެން އުޅުނު އެންމެ ގާތް އެކުވެރިންވެސް ދައްކާނީ ތިބާގެ ކުށެވެ. އެއީ ކޮންމެހެން ތިބާގެ ކުށެއް އޮވެގެނެއް ނޫނެވެ. އެހީތެރިވާން ބޭނުންނުވާތީއެވެ.  

ބުނަންހެއްޔެވެ؟ އެއިން އެއްވެސް ކަމަކަށް ކަންބޮޑުނުވާށެވެ! ބުއްދީގެ ބޭނުންކޮށްގެން އެޙާލަތުން އަރައިގަންނަން މަސައްކަތްކުރީމާ އަރައިގަނެވޭނެއެވެ. އަދި އެކަމަށް މަސައްކަތްކުރީމާ ޘާބިތުކަންވެސް ދެއްވަވާނެއެވެ. އިން ޝާ ﷲ  

ކުރިއަސް އޮތްތަނުގައި ހަނދާނުގައި ބަހައްޓާށެވެ! އެހެން މީހުންގެ އެހީތެރިކަން ލިބޭނެކަމަސް ވިސްނައިގެން ހަމައެކަކަށްވެސް އެހީތެރިނުވާށެވެ! އަމިއްލަ ނަފްސަށް ތަކްލީފަކަށް ވެދާނެ މިންވަރަށް އެހެން މީހުންނާއިމެދުގައި ނުވިސްނާށެވެ! ކުރާ ކޮންމެ ހޭދައެއް ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިގެން ޞަދަޤާތެއްގެ ގޮތުގައި ކުރާށެވެ.  

ހުރިހާވެސް މައްސަލައަކީ ދުނިޔޭގައި ތެދުވެރި އިޚްލާޞްތެރިން މަދުވެއްޖެކަމެވެ. މީހުންނާއި ގުޅިގެން އުޅެންވާނީ އެކަން ޤަބޫލުކޮށްގެންނެވެ. ދަތިޙާލެއްގައި އުޅެންޖެހިއްޖެނަމަ އެންމެން ތިބާދޫކޮށްލާފައި އެދަނީ އެހެންވެގެންނެވެ.

 

- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން