ދުޢާކުރާއިރު ހަމައެކަނި ދުނިޔޭގައި ބޭނުންވެގެން ހުރި ކަންތަކުގެ ވާހަކަ ދަންނަވާފައި ނިންމައިނުލާށެވެ! ބޮޑަށް ފައިދާކުރާނީ މިމަގުން ދުޢާކުރީމަ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ދުޢާކުރާއިރު ހަމައެކަނި ދުނިޔޭގައި ބޭނުންވެގެން ހުރި ކަންތަކުގެ ވާހަކަ ދަންނަވާފައި ނިންމައިނުލާށެވެ! ބޮޑަށް ފައިދާކުރާނީ މިމަގުން ދުޢާކުރީމަ!: ޢުމަރު ސުލައިމާން

މުސްލިމުންނަކީ ކޮންމެ ކަމަކަށް ބޭނުންވިޔަސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން ދުޢާކުރާ ބައެކެވެ. އެއީ އެކަން ކުރަން އޮތް ގޮތެވެ. އެހެނީ ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެ ކަމަކަށް ބޭނުންވިޔަސް އެކަލާނގެ ޙަޟްރަތުން އެކަމަކަށް އެދި ދުޢާކުރުމަށެވެ.  

ފާހަގަކޮށްލަން މިއުޅެނީ ދުޢާކުރުމުގައި އިޞްލާޙްކޮށްލަންޖެހިފައި އޮތް ކަމެކެވެ. އެއީ ކޮންމެ ކަމަކަށް ބޭނުންވެގެން ދުޢާކުރިނަމަވެސް އެކަމުގެ އިތުރުން އާޚިރަތް ދެއްވެވުމަށް އެދުން ހިމެނުމަށެވެ. އަހުރެން ބުނާނީ ކޮންމެ ކަމަކަށް ބޭނުންވެގެން ދުޢާކުރިނަމަވެސް ދުނިޔެއިން އެމީހާ ބޭނުންވެގެން އުޅޭ ކަންތަކުގެ ވާހަކަ ދަންނަވާފައި ނިންމައި ނުލުމަށެވެ. އާޚިރަތް ދެއްވެވުން އެދިގެންވެސް ދެންނެވުމަށެވެ.  

ވީމާ ދުޢާ ދިގޮކޮށްލާށެވެ! ތިންބައިކުޅަ ދެބައަކީ ޢާޚިރަތް ދެއްވެވުމަށް އެދުން ކަމުގައި ހަދާށެވެ. ދުނިޔެއިން ބޭނުންވާ ކަންތަކުގެ ވާހަކަ ތިންބައިކުޅަ އެއްބައި ކަމުގައި ހަދާށެވެ! މުސްލިމުންގެ ސިފައަކަށް ވާންޖެހޭނީ ދުނިޔެއިން އެދޭމިންވަރު ކުޑަކޮށް އާޚިރަތުން އެދޭމިންވަރު ބޮޑުކުރުމެވެ. 

މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ ދުޢާކުރުމުގެ އަދަބުތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ބޮޑަށް ފައިދާކުރާނީ މިފަދަ އަދަބުތަކުގައި ހިފެހެއްޓުމުންނެވެ. އިން ޝާ ﷲ

 

- ޢުމަރު ސުލައިމާނުގެ ދަރުސަކުން  

މިއަދު އޮންލައިން