ޢާއިޝަތު ރަފާޙް ޢަލީ
ކޮންމެ ދުވަސް ފަށަން ކުރަން އޮތް އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ކީރިތި ޤުރްއާން ކިޔެވުން ހިމެނެއެވެ. ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުން މިންވަރެއް ކިޔަވަން ޢިލްމްވެރިން ބާރު އަޅުއްވަވައެވެ. ސަބަބުތައް ބައިވަރެވެ.
ކީރިތި ގުރްއާނަކީ މާތް ﷲ ގެ ކަލާމްފުޅެވެ. ﷲ ތަޢާލާ ކީރިތި ގުރްއާނުގައި އެފޮތާއި ބެހޭގޮތުން ޔޫނުސް ސޫރަތުގެ 57 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾
މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް وعظ އަކާއި، ހިތްތަކުގައިވާ ބަލިތަކަށް شفاء އަކާއި، مؤمن ތަކުންނަށް ތެދުމަގަކާއި، رحمة އެއް އަތުވެއްޖެކަން ކަށަވަރެވެ. (57)"
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘްފުޅެއްގައިވެއެވެ.
لا حَسَدَ إلَّا في اثْنَتَيْنِ: رَجُلٌ عَلَّمَهُ اللَّهُ القُرْآنَ، فَهو يَتْلُوهُ آناءَ اللَّيْلِ، وآناءَ النَّهارِ، فَسَمِعَهُ جارٌ له، فقالَ: لَيْتَنِي أُوتِيتُ مِثْلَ ما أُوتِيَ فُلانٌ، فَعَمِلْتُ مِثْلَ ما يَعْمَلُ، ورَجُلٌ آتاهُ اللَّهُ مالًا فَهو يُهْلِكُهُ في الحَقِّ، فقالَ رَجُلٌ: لَيْتَنِي أُوتِيتُ مِثْلَ ما أُوتِيَ فُلانٌ، فَعَمِلْتُ مِثْلَ ما يَعْمَلُ.
މާނައީ: "ދެ މީހަކާ މެދުގައި މެނުވީ ޙަސަދަވެރިވުމެއް ނުވެއެވެ. (އެއިގެ ތެރެއިން އެކަކީ) ﷲ ތަޢާލާ އެމީހަކަށް ކީރިތި ގުރްއާން އުނގަންނަވައިދެއްވާފައިވާ މީހެކެވެ. ފަހެ، އެމީހާ ރޭގަނޑު ވަގުތުގައާއި ދުވާލުގެ ވަގުތުގައި އެފޮތް ކިޔަވައެވެ. އެމީހާގެ ކިޔެވުމުގެ އަޑު އިވޭހިނދު، އެމީހާގެ އަވަށްޓެރިޔާ ބުނެއެވެ. "ތިމަންނައަށް ހުރި ދެރަކަމާއެވެ! އެވެނި މީހަކަށް ލިބިގެންވީ ކަންތައް ތިމަންނައަށް ވެސް ލިބިގެންވި ނަމައެވެ. ފަހެ، ތިމަންވެސް އެމީހަކާއި އެއްގޮތަށް ޢަމަލުކުރީމުހެވެ. އަދި (ދެވަނަ މީހަކީ) ﷲ ތަޢާލާ އެމީހަކަށް މުދާ ދެއްވާފައިވާ މީހެކެވެ. ފަހެ، އެމީހާ ޙައްގުގޮތުގައި މުދާތައް ހޭދަކުރެއެވެ. ފަހެ، އެތަން ފެނިފައި މީހަކު ބުނެއެވެ. ތިމަންނައަށް ހުރި ދެރަކަމާއެވެ! އެވެނި މީހަކަށް ލިބިގެންވީ ކަންތައް ތިމަންނައަށް ވެސް ލިބިގެންވި ނަމައެވެ. ފަހެ، ތިމަންވެސް އެމީހަކާއި އެއްގޮތަށް ޢަމަލުކުރީމުހެވެ."
މި ހަދީޘްގެ ޙަސަދަވެރިވުމޭ ބުނުވޭ ބަހުގެ މުރާދަކީ: އެހެން މީހަކަށް ލިބިފައިވާ ނިޢުމަތެއް ފިލައިދިއުމަށް ނޭދި، އެނިޢުމަތް ތިމާއަށްވެސް ލިބުމަށް އެދުމެވެ.
https://www.dorar.net/hadith/sharh/64965
اقْرَؤُوا القُرآنَ؛ فإنَّه يأتي شافِعًا لأصحابِه، اقْرَؤُوا الزَّهْراوَينِ: البَقَرةَ وآلَ عِمرانَ؛ فإنَّهما يأتيانِ يَومَ القيامةِ كأنَّهما غَمامَتانِ أو غَيايَتانِ أو فِرقانِ من طَيرٍ صَوافَّ تُحاجَّانِ عن صاحِبِهما، اقْرَؤُوا البَقَرةَ؛ فإنَّ أخذَها بَرَكةٌ، وتَرْكَها حَسرَةٌ، ولا تَستطيعُها البَطَلَةُ.
މާނައީ: ތިޔަބައިމީހުން ކީރިތި ގުރްއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން އޭގެ (އެބަހީ: އެގުރްއާނުން) އަހުލުވެރިންނަށް، ގިޔާމަތް ދުވަހު (ގުރްއާން) ޝަފާޢަތްތެރިވާނެއެވެ. އަދި ތިޔަބައިމީހުން ޒަހްރަވާއިން (މާނައީ: ދެނޫރު) ކަމުގައިވާ، ބަޤަރާ ސޫރަތާއި އާލްޢިމްރާން ސޫރަތް ކިޔަވާށެވެ. ޤިޔާމަތް ދުވަހު އެދެސޫރަތް ދެ ވިލާގަނޑު ފަދައިން ނުވަތަ ދެ ހިޔާވެއްސެއް ފަދައިން ނުވަތަ ފިޔަތައް ފަތުރާލައިގެންވާ ދޫނީގެ ދެ ޖަމާޢަތެއް ފަދައިން، އޭގެ އަހުލުވެރިން ދިފާޢުކުރަމުން އަންނާނެއެވެ. އަދި ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ އޭގައި ހިފުމަކީ ބަރަކާތެކެވެ. އަދި އެ ދޫކޮށްލުމަކީ ހިތާމައެކެވެ. އަދި ބާޠިލްގެ އަހުލުވެރީންނަށް (އެސޫރަތުގެ އާޔަތްތައް ކިޔަވާ، އެއާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރު ކުރުމަށް) ކުޅަދާނަކަމެއް ނުވެއެވެ.
https://www.dorar.net/hadith/sharh/75534
الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَقُولُ الصِّيَامُ: أَيْ رَبِّ إِنِّي مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ فَشَفِّعْنِي فِيهِ وَيَقُولُ الْقُرْآنُ: مَنَعْتُهُ النُّوْمَ بِاللَّيْلِ فَشَفِّعْنِي فِيهِ فيشفعان
މަނައީ: "ޤިޔާމަތްދުވަހު ރޯދައާއި ޤުރްއާން އަޅާއަށް ޝަފާޢަތްތެރިވާނެއެވެ. ރޯދަ ދަންނަވާނެއެވެ. އޭ ތިމަންގެ ވެރި ރައްބެވެ. ދުވާލުގެ ވަގުތުގައި ކެއުމާއި ޝަހްވަތްތަކުން ތިމަން އޭނަ މަޙްރޫމްކުރީމެވެ. ފަހެ، އޭނައަށްޓަކައި ތިމަންމިވާ ޝަފާޢަތް ޤަބުލުކުރައްވާނދޭވެ! އަދި ކީރިތި ޤުރްއާން ދަންނަވާނެއެވެ. ރޭގަނޑުގެ ނިދިން ތިމަން އޭނަ މަޙްރޫމްކުރީމެވެ. ފަހެ، އޭނާއަށްޓަކައި ތިމަން މިވާ ޝަފާޢަތް ގަބޫލުކުރައްވާނދޭވެ. ޙަދީޘްކުރެއްވިއެވެ. "ފަހެ ރޯދައާއި ގުރްއާނުގެ ޝަފާޢަތްތެރިވުން ޤަބޫލުކުރެވޭނެއެވެ."
https://sunnah.com/mishkat:1963