40 ދުވަސްވަންދެން އެމީހާކުރާ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް އޮންނަ ޙަދިޘްފުޅުގެ މާނަ އޮޅުވާލައި ނަމާދުނުކުރީމާ އެކުރެވެނީ މާބޮޑު ފާފައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
40 ދުވަސްވަންދެން އެމީހާކުރާ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް އޮންނަ ޙަދިޘްފުޅުގެ މާނަ އޮޅުވާލައި ނަމާދުނުކުރީމާ އެކުރެވެނީ މާބޮޑު ފާފައެއް!: މުފްތީ މެންކް

މަސްތުވާ އެއްޗެއް ބޭނުންކުރުމާ ފާލުބަލާ މީހުންގެ ގާތަށްގޮސް ކަންކަން އޮޅުންފިލުވުމާއި ރާހި ބެލުމާއި އަތްބެލުމާއި ސިޙުރުވެރިން ދައްކާ ވާހަކަ ޤަބޫލުކުރުން ފަދަ ފާފަތައް ކުރުމުން އެމީހަކު ކުރާ ނަމާދު 40 ދުވަސްވަންދެން ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް ޙަދީޘްފުޅުގައި އޮތުމަކީ ނަމާދުނުކޮށް ނުކޮށް ހުންނަން ހުއްދަލިބޭ ސަބަބެއް ނޫނެވެ.  

ނަމާދު ނުކުރުމަކީ ނުކިޔަމަންތެރިކަމެކެވެ. ވީމާ ނަމާދުކުރަން ޖެހޭނެއެވެ. ފަރުޟް ނަމާދުތަކާއި ސުންނަތް ނަމާދުތައްވެސް ކުރަންޖެހޭނެއެވެ. އޮތީ ތައުބާވެ ތިމާކުރާ ނަމާދު ޤަބޫލުފުޅު ކުރެއްވެވުމަށް އުންމީދުކުރުމެވެ. އެކަމަށް އެދި ދުޢާކުރުމެވެ.  

މީގެ އިތުރުން އެ ޙަދީޘްފުޅުތަކުގެ މާނައަކީ ނަމާދުނުކޮށް ހުންނަން ހުއްދަލިބުމެއްވެސް ނޫނެވެ. މާނައަކީ ކުރާ ނަމާދުގެ ފުރިހަމަ ޘަވާބު ނުލިބޭނެ ކަމެވެ. އެކަމަކު އެމީހެއްގެ ތައުބާ ޤަބޫލުފުޅުކުރައްވަވައި ޘަވާބު ނުލިބޭނެ ކަމަށް އަމިއްލައަށް  ނިންމުމެއް ނެތެވެ.  

މީގެ އިތުރުންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެއް އެބައޮތެވެ. އެއީ ފާލުބަލާ މީހުންގެ ގާތަށް ގޮސް އެމީހުން ދައްކާ ވާހަކަ ޤަބޫލުކުރުމާއި ރާހިބެލުން ފަދަ ކަންކަމެވެ. އެކަންކަން ކުރުމަކީ ޝިރުކުގެ ޢަމަލެކެވެ. ކުފުރުގެ ޢަމަލެކެވެ. އެފަދަ ކަމެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވްސްވެގެންނަންވާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

ފާލުބަލާ މީހުންގެ ގާތަށްގޮސް ކަންކަން އޮޅުންފިލުވުމާއިމެދު ޝައިޚް ޢާޞިމް އަލްޙަކޫމްގެ ބަސްފުޅު:

https://www.youtube.com/watch?v=C2ROttJhrck

 

ނަމާދުނުކޮށް ހުރުމާއިމެދު ޝައިޚް ޢާޞިމް އަލްޙަކީމްގެ ބަސްފުޅު:

https://www.youtube.com/watch?v=cttCDBbQsMk

 

މިއަދު އޮންލައިން