ބަލިޙާލު ކިތަންމެ ބޮޑުވެ އެނދުމަތިވެފައި އޮތަސް ހަމަހޭހުރެ ނަމާދުއަޅާ މީހަކަށް ލިބިދާނެ އެންމެ ބޮޑު ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބަލިޙާލު ކިތަންމެ ބޮޑުވެ އެނދުމަތިވެފައި އޮތަސް ހަމަހޭހުރެ ނަމާދުއަޅާ މީހަކަށް ލިބިދާނެ އެންމެ ބޮޑު ދެރަ!

ބަލިޙާލު ބޮޑުވާވަރަކަށް ނަމާދުކުރަން ސަމާލުކަން ދޭންޖެހޭ ސަބަބުތައް ބައިވަރެވެ. އެންމެ ދެރަގޮތަކަށް ވިސްނާނަމަ ނަމާދު އަޅައިގެން އޮއްވައި ފުރާނަ ހިއްޕަވައިފިނަމަ އެކަންވާނީ ލިބޭ ކޮންފަދަ ބޮޑު ދެރައަކަށް ހެއްޔެވެ؟ އަދި ނަމާދުކޮށްގެން އޮއްވައި މަރުވެއްޖެނަމަ ލިބޭނެ އުފާވެރިކަންވެސް އެހައި ބޮޑެވެ. އިން ޝާ ﷲ

ހޮސްޕިޓަލަކަށް އެޑްމިޓްކުރުމުން އެނދުންފައިބައިހުރެގެން ނުކުރެވޭނެނަމަ އެނދުގައި އޮވެގެންވެސް ހަމަހޭހުރިނަމަ ނަމާދުކުރާށެވެ! ވުޟޫކުރެވޭނެ ގޮތެއް ނެތްނަމަ ތަޔައްމަމް ކޮށްގެންވެސް ނަމާދުކުރާށެވެ! ދުޢާކުރާށެވެ! ކޮންމެ ބައްޔަކީ ސީރިއަސް ބައްޔަކަށްނުވެދާނެއެވެ! ނަމަވެސް ކޮންމެ ވަގުތަކުވެސް މަރުވެދާނެކަން އެއީ އެންމ ބޮޑު ސީރިއަސް ކަންތަކެވެ. ބަލިވެ އުޅެންޖެހުމަކީ މަރުވާން އޮތް ސަބަބެއް ނޫނެވެ! އަދި ގަދަވެހުންނަން ލިބުމަކީ މަރުނުވާނެ ސަބަބެއްވެސް ނޫނެވެ!

ހޮސްޕިޓަލަކަށް އެޑްމިޓްކޮށްފިނަމަ ގިނަބައަކު ދެކެނީ އެއީ ނަމާދުއަޅަން ލިބޭ ޢުޒުރެއް ކަމަށެވެ! ނަމަވެސް ޙަޤީޤަތުގައި އެއީ އެއްވެސް ޢުޒުރެއް ނޫނެވެ! ހަމަހޭ ހުރިނަމަ ނަމާދުކުރަންޖެހޭނެއެވެ!

އަހަރެމެންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކިރިޔާ ކަމެއްދިމާވާއިރަށް ފުރަތަމަކަމަކަށްވެސް ނަމާދުއަޅަންފެށޭކަމެވެ. ހީވަނީ ޢުޒުރެއް ނުފެނިގެން ތިބެވޭހެންނެވެ. ހަނދާން ނެތުމާއި ވަގުތުވަދެ ވަގުތު ނިމުނުއިރުވެސް ނިދާފައި އޮވެވުން އަދި ހަމަހޭ ނެތުން (ކޯމާގައި އޮންނަންޖެހުން) ފަދަ ކަންކަން ފިޔަވައި ނަމާދުއެޅޭނެ އެއްވެސް ޢުޒުރެއް ނެތެވެ.

ބަލިވެ އެޑްމިޓްވާންޖެހުމުން އޮތީ ނަމާދުކުރުމަށް އިތުރަށް ސަމާލުކަންދިނުމެވެ! ނަމާދުކޮށް އަވަސް ޝިފާއަކަށް އެދި ދުޢާކުރުމެވެ! ބަލިފަސޭހަވާނީ ޑޮކްޓަރުންގެ ބޭހަކުން ނޫނެވެ! ބޭހަކީ ސަބަބެކެވެ. ޝިފާލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ! ވީމާ ހަމަހޭހުރިނަމަ ކޮންމެ ޙާލަތެއްގައިވެސް ނަމާދުކުރަމުން ގެންދާށެވެ! ނޫނީ ދާނީ ނަމާދަށް ދަރަމުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން