މުހިންމު ނަޞޭޙަތެއް: މިހަފްތާގެ ހޯމަ ބުރާސްފަތީގަ ރޯދަހިފާލައި ނަރަކައާ 140 އަހަރުގެ ރާސްތާއަށް ދުރުވެލަން މިއަދުންފެށިގެން ތައްޔާރުވެލަމާ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މުހިންމު ނަޞޭޙަތެއް: މިހަފްތާގެ ހޯމަ ބުރާސްފަތީގަ ރޯދަހިފާލައި ނަރަކައާ 140 އަހަރުގެ ރާސްތާއަށް ދުރުވެލަން މިއަދުންފެށިގެން ތައްޔާރުވެލަމާ! އިން ޝާ ﷲ

ރަމަޟާން މަހަށް ފަހު ކަށިހިތްވަރުނެރެގެން 6 ރޯދަހިފައިފީމުއެވެ. ޢަރަފާތުދުވަހާއި އާޝޫރާ ދުވަހުވެސް ރޯދަހިފައިހީމުއެވެ. އެހެންކަމާއިއެކުވެސް ހަްފތާގެ ހޯމަ ދުވަހާއި ބުރާސްފަތިދުވަހުގެ ރޯދަހިފަން ގިނަބައަކަށް މިތިބިވެނީ ފަރުވާކުޑަކޮށްލައިގެންނެވެ.   

ލޮބުވެތިއެކުވެރިންނޭވެ! ސުންނަތް ރޯދަތައް ވީހާ ގިނައިން ހިފަން މަސައްކަތްކުރާށެވެ. ހިފާ ކޮންމެ ރޯދައަކަށް ނަރަކަ އެމީހަކާއި 70 މޭލުގެ ރާސްތާއަށް ދުރުކުރައްވަވާނެ ކަމަށް ޙަދީޘްފުޅުގައި އެބަ އޮތެވެ. ވީމާ ހަމައެކަނި ހަފްތާގެ ޙޯމަ ދުވަހާއި ބުރާސްފަތި ދުވަހު ހިފުން ސުންނަތްވެގެންވާ 2 ރޯދަ ހިފިނަމަވެސް އެ 2 ރޯދައިގެ ސަބަބުން އިން ޝާ ﷲ އެމީހަކު 140 އަހަރުގެ ރާސްތާއަށް ދުރުކުރައްވަވާނެތެވެ.  

ބުނަންހެއްޔެވެ؟ ޖަފްތާއަކު 2 ދުވަހު ހިފަން އުނދަގޫވާ މީހާ ކޮންމެވެސް އެއް ދުވަހަކު  ހިފަންފަށާށެވެ! ހޯމަ ނޫނީ ބުރާސްފަތި ދުވަހު ހިފަންފަށާށެވެ. 2 ދުވަހުވެސް ހިފުމުގެ ހިތްވަރު ދެއްވެވުން އެދިގެން ދުޢާކުރާށެވެ! އިސާހިތަކު އެއްވެސް ބުރައަކަށް ނުވެ ހިފެންފަށާނެއެވެ. އިން ޝާ ﷲ  

ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކަމަކަށްވާންޖެހޭނީ ނަރަކައިން ސަލާމަތްވެވުމެވެ. ކޮންމެ ހަފްތާއަކު 140 އަހަރުގެ ރާސްތާއަށް ނަރަކައާއި ދުރުވެވޭނަމަ މަހަކު 560 އަހަރުގެ ރާސްތާއަށް ނަރަކައާއި ދުރުވެވޭނެއެވެ. އަހަރަކު 29120 އަހަރުގެ ރާސްތާއަށް ނަރަކައާއި ދުރުވެވޭނެއެވެ. ދެން ޢުމުރު ދުވަހަށް ވިސްނާށެވެ. އެކަން ޙާޞިލުކުރެވިއްޖެ މީހަކަށް އެއޮތީ ނަރަކައިން ސަލާމަތްވެވިފައެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން