ހެޔޮލަފާ ތަޤްވާވެރިންނަށް ހެޔޮލަފާ ތަޤްވާވެރިން ފެނުމުން ދެނެގަނެވޭނެ ނޫރެއް ހެޔޮލަފާ ތަޤްވާވެރިންނަށް ﷲ ތަޢާލާ ދެއްވަވާނެ! މަސައްކަތްކުރަންވީ އެނޫރު ލިބިގަންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ހެޔޮލަފާ ތަޤްވާވެރިންނަށް ހެޔޮލަފާ ތަޤްވާވެރިން ފެނުމުން ދެނެގަނެވޭނެ ނޫރެއް ހެޔޮލަފާ ތަޤްވާވެރިންނަށް ﷲ ތަޢާލާ ދެއްވަވާނެ! މަސައްކަތްކުރަންވީ އެނޫރު ލިބިގަންނަން!

މީސްތަކުންނޭވެ! ކިތަންމެ ކަޅުވެފައި ސިފަ ހުތުރުމީހަކުނަމަވެސް އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަންހުރިނަމަ އެމީހާގެ މޫނުމަތިން އޭނާގެ ތަޤްވާވެރިކަން އަންގައިދޭނެއެވެ! އޭނާގެ މޫނުގައި ދިއްލިފައިވާ ނޫރެއްވާނެއެވެ. އެނޫރުގެ އަލިކަން ފެންނާނީ ވެސް ހަމައޭނާފަދަ ތަޤްވާވެރިންނަށެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވެވިއިރު ޔަހޫދީންގެ ތެރޭގައި ތިބި ހެޔޮލަފާ މާތް މީހުންނަށް އިތުރުއެކަލޭގެފާނު ފެނުމާއިއެކު އިތުރުއެކަލޭގެފާނަކީ ދޮގުވެރިއެއް ނޫންކަމާއި ތެދުވެރިއެއްކަން ވަކިކޮށް ދެނެގަންނަން އެނގުނީ އެމީހުންނަކީ ޔަހޫދީންކަމުގައިވީނަމަވެސް މާތް ބައަކުކަމުގައިވުމުންނެވެ. އެމީހުން އަވަސް އަވަހަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަބަޢަވީ އެހެންވެގެންނެވެ. އެއިގެ ތެރެއިން އެއް ބޭކަލަކީ ޢަބްދުﷲ ބުން ސަބަޙްއެވެ.  

ހެޔޮލަފާ ރަނގަޅު މީހުންނަށް ދޮގުވެރިންނާ ތެދުވެރިން އެމީހުންގެ މޫނުން ވަކިކުރަން އެނގޭނެއެވެ. އެމީހަކީ ހެޔޮލަފާ މީހެއްކަންވެސް އަދި ނުބައި ނުލަފާ ޖާހިލެއްކަންވެސް މޫނުން އަންގައިދޭނެއެވެ. މިކަމަށް އޮތް ޝަރުޠަކީ އެމީހަކީ ތެދުވެރި ތަޤްވާވެރިއެއްކަމުގައިވުމެވެ.  

މިބުނި ފަދައިން ތެދުވެރިންނާއި ދޮގުވެރިން ވަކިކުރަން އެނގެނީ ތެދުވެރިންގެ މޫނުމަތީގައިވާ ނޫރަކުންނެވެ. އެނޫރު ފެންނާނީ ކުރިންވެސް މިބުނި ފަދައިން ތެދުވެރި ތަޤްވާވެރިންނަށެވެ. 

މީހުންނާއި ބައްދަލުވުމުން އެއީ ނުބައި މީހެއްނަމަ އެކަން ދެނެގަންނަން ނުއެނގެނީ އަހަރެމެންގެ ކިބައިގައި އެކަން ދެނެގަތުމަށް ބާރުލިބެންވާވަރަށް ތަޤްވާވެރިކަން ނެތުމުންނެވެ. ދެންމިވާގޮތަކީ މީހާ ރީތިވެފައި ރީތި ހެދުމެއްގައި ހުރެއްޖެނަމަ އެއީ ރަނގަޅު މީހެއްކަމަށްބެލެނީއެވެ. އޭނާގެ ބޭރުފުށުގެ ސިފަތަކަށްބަލައި ގޮތް ނިންމައިލެވެނީއެވެ.  

މިޒަމާނުގައި ނުބައި މީހުންދެކެ ލޯބިވެވުމާއި އެފަދަ މީހުން އެކުވެރިންގެ ގޮތުގައި ގެންގުޅެވުން މިވަނީ ޢާންމުކަމަކަށްވެފައެވެ. އެކަމުގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ހާސްބައަކަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. ވީމާ އެފަދަ މީހުން ދެނެގަތުމަށްޓަކައިވެސް ތިމާއަކީ ތަޤްވާވެރިއަކަށްވެ ނޫރު ލިބިފައިވާ މީހަކަށްވުމަށް މަސައްކަތްކުރާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން