އަނބިމީހާއަށް، ފިރިމީހާއަށް، ދަރިންނަށް ނުވަތަ އެހެން މީހަކަށް ނަމަވެސް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރެވިފައި އޮތުމަކީ މުފްލިސަކަށްވެ ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 28ސ
އަނބިމީހާއަށް، ފިރިމީހާއަށް، ދަރިންނަށް ނުވަތަ އެހެން މީހަކަށް ނަމަވެސް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރެވިފައި އޮތުމަކީ މުފްލިސަކަށްވެ ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެއް!

މިއަދު މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވިދާނެއެވެ. އަނިޔާވެރިވެސް ވެވިދާނެއެވެ. ނަމަވެސް އެކަން ދުނިޔޭގައިވެސް އަދި ޤިޔާމަތް ދުވަހުވެސް އެމީހަކާއި ބައްދަލުކުރާނެއެވެ. ޙައްޤު ބަދަލު ދޭންވެސް ޖެހޭނެއެވެ. އަނބިމީހާއަށް، ފިރިމީހާއަށް، ދަރިންނަށް ނުވަތަ އެހެން މީހަކަށް ނަމަވެސް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރެވިފައި އޮތުމަކީ އަދި އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަތުމަކީ މުފްލިސަކަށްވެ ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެކެވެ. 

ހަމައެކަނި އަޅުކަންކުރުމަކީ ނަރަކައިން ސަލާމަތްވެވެން އޮތް ސަބަބެއް ނޫންކަމާއި އަޅުކަންކުރިނަމަވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެ ނުވަތަ އަނިޔާވެރިވުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ސަބަބެއްކަން ތިރީގައިވާ ވާހަކަކޮޅުން ސާފުވެލައްވާނެއެވެ! އިން ޝާ ﷲ  

މިކަންކަން ގިނަގިނައިން ހަނދާންކޮށްދޭން މިޖެހެނީ ހަމަ ހޭލުންތެރިކުރުވުމުގެ ގޮތުންނެވެ. ސުވަރުގެ ލިބުމަށް ހުރި ހުރަސްތައް ނައްތާލަންޖެހޭތީއެވެ.  

ތިބާގެ ސަބަބުން ކިތައް އިންސާނުން ހތްދަތިވެ ހިތާމައިގަ އެބަ ހޭދަކުރޭތޯ؟ ވިސްނާބަލާށެވެ. ތިބާގެ ސަބަބުން ކިތައް އިންސާނުންނަށް އަނިޔާ ލިބެމުން ދޭތޯ؟ ތިބާގެ ސަބަބުން ކިތައް އިންސާނުންގެ ޙައްޤު ބީވެގެން އެބަދޭތޯ؟ ވިސްނާބަލާށެވެ! 

މާތް ﷲ ގެ މި ބަސްފުޅަށް، ތިބާ ކައިގެން ބޮއިގެން މި ދުނިޔޭގަ އެންޖޯއީ ކުރާށޭ. މީ ކުޑަ ވަޤުތުކޮޅެކެވެ. އެކަމު ތީ އަނިޔާވެރިއެކޭ ޤިޔާމަތް ދުވަހުން ދަންނާށެވެ. ކިތައް، ކިތައް ފިރިންތޯ އެމީހުންގެ އަނބީންނަށް އަނިޔާވެރިވަނީ؟ އެކަނބުލޭގެ މުޅި ޙަޔާތް ބަރުބާދު ކޮށްލީ؟ ކިތައް އަނބީންތޯ ކިތައް ފިރިން، ކިތައް ފިރިހެނުންގެ ދިރިއުޅުން ބަރުބާދު ކޮށްލީ؟  

މީދެން އެއްވެސް ކަމެއްނޫން މިއަދު އަޅުގަނޑުމެންގެ ތެރޭގަ، ސުބުޙާނަﷲ. ތިބާ ކުޑަ ދުވަސްކޮޅަކު ކައިބޮއި އުޅެވޭނީ. ދުވަސްކޮޅަކު މީހުންގެ ހައްޤުތައް ނިގުޅައިގެންފަ އުޅެވޭނީ. ތިބާއަކީ މުޖުރިމެއް. ﷲގެ ހަޒްރަތަށް ދާންޖެހޭ ދުވަސް ހަނދާން ކުރާތި.  

ކިތައް ކިތައް ޔަތީމުންނާއި މިސްކީނުންގެ ލޮލުންތޯ ތިބާގެ ސަބަބުން ކަރުނަ އޮހޮރިގެން ދިޔައީ؟ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް. ޙަޔާތް ހަމަ ވޭތުކުރާކަށް ނުވާނެ ނަޢަމްސޫފިގޮތަށް، ކައިގެން ބޮއެގެން އައްޔާޝީކުރުމުގަ. އެހެނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި އުއްމަތް ދެކެ ލޯބިފުޅުވެ ވަޑައިގަންނަވާތީ، އެކަލޭގެފާނު އަޅުގަނޑުމެންނާމެދު ކަންބޮޑުވެ ވަޑައިގަންނަވާތީ، އަޞްޙާބު ބޭކަލުންނަށް އެހާބޮޑެތި އިންޒާރު ދެއްވެވީ. އަޅުގަނޑުމެންނަށް އެ އިންޒާރު ފޯރުކޮށްދެއްވީ.  

ޞަޙާބީން އެއްކުރައްވާ ޙަދީޘް ކުރައްވަނީ --- "ކަލޭމެންނަށް އިނގޭހޭ މުފުލިސް އަކީ ކޮބައިކަން؟" އެބޭކަލުން ދަންނަވަނީ --- " ތިމަންމެންގެ ތެރޭގަ މުފުލިސްއަކީ --- އެމީހެއްގެ އަތުގަ ދީނާރެއް ދިރުހަމެއް އެއްވެސް އެއްޗެއް ނެތް ފަޤީރު ނިކަމެތި މީހައޭ." ޙަދީޘްކުރައްވަނީ ---- " ތިމަންކަލޭގެފާނުގެ އުއްމަތުގެ މުފުލިސުންނަކީ އަތުގަ ފައިސާފޮއްޗެއް ލާރިއެއް ނެތް ފަޤީރުންނެއް ނޫނޭ." އެކަމަކު --- ޤިޔާމަތް ދުހުން ނަމާދާއި، ޒަކާތާއި، ރޯދަ އާއި ޙައްޖާއި ބައިވަރު ހެޔޮ ކަންތައްތައް ހިފައިގެން އަންނަމީހުންނޭ." --- އޭނަ އަންނާނީ އެކަމަކު --- މީންދަ މީހާއަށް ހަޑި އެއްޗެހި ކިޔާފަ، --- އޭންދަ މީހާގެ ބޮލުގަ އިލްޒާމު އަޅުވާފަ، ޤަޒަފް ކޮށްފަ، --- " މީނަގެ މުދާ ނަހައްޤުން ކައިފަ، (އަރަބި) އޭންދަ މީހާގެ ލޭ ނަޙައްޤުން އޮހޮރުވާފަ، (އަރަބި) މިވެނި މީހެއްގެ ގައިގަ ޖަހާފައެވެ."  

ދެން ކަންތައް ވާނެ ގޮތް ވިސްނާ. --- " އޭނާގެ ޙައްޤު އޭނައަށް ދެވޭނެ، މީނާގެ ޙައްޤު މީނައަށް ދެވޭނެ. އޭނާގެ އެއްކަލަ ނަމާދާއި، ރޯދައާއި، ޒަކާތާއި، ހެޔޮ ޢަމަލުތައް މާތްﷲ އެ މަޒްލޫމުންގެ މެދުގައި ބައްސަވާނެ."  

--- " އެބައިމީހުންގެ މައްޗަށް ވާ ޙައްޤުތައް އަދާ ނުކުރެވެނީސް އޭނާގެ އެކަން ހުސްވެއްޖެނަމަ" --- " އެބައިމީހުންގެ އަނިޔާ ލިބުނު މީހުންގެ ފާފަތައް ﷲ ނަންގަވާނެއެވެ. --- " އެއްކަލަ އަނިޔާވެރިޔާގެ މައްޗަށް، ބޮލަށް ޖައްސަވާނެ." --) " ދެން އެކަލޭގެ ނަރަކައަށް އެއްލައިލައްވާނެއެވެ."  

(މިއީ ސޯޝަލްމީޑިއާއިން ނަންގަވައި ކިޔުންތެރިއަކު ޙިއްޞާކުރައްވާފައިވާ ލިޔުމެކެވެ)

މިއަދު އޮންލައިން