މީސްތަކުންގެ ފުރާނަ ހިއްޕެވުމާއިމެދު އޮތް މިޙަދީޘްފުޅު ހިތަށް ވަންނަންދެން ކިޔައިގެންވެސް ނިކަން ފުރާނަ ހިއްޕަވާ ވަޤުތާއިމެދު ބިރުވެތިވެވޭތޯ ބަލާބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 31ސ
މީސްތަކުންގެ ފުރާނަ ހިއްޕެވުމާއިމެދު އޮތް މިޙަދީޘްފުޅު ހިތަށް ވަންނަންދެން ކިޔައިގެންވެސް ނިކަން ފުރާނަ ހިއްޕަވާ ވަޤުތާއިމެދު ބިރުވެތިވެވޭތޯ ބަލާބަލަ!

ފާފަތަކުން ނަފްސް ޠޯހިރުކުރަން ސަމާލުކަން ދިނުމެއް ނެތި ހޯދުނު ގޮތަކަށް ހޯދައިގެން ލިބުނު އެންމެ އަގުބޮޑު ސެންޓްޖަހައިގެން އެންމެ މީރުވަސްދުއްވަމުން މީސަތްކުނެގެތެރޭގައި އުޅުނީމާ އެއޮތީ ފުދި ނިމިފައި ކަމަށް ވިސްނޭ މީހުން މިޙަދީޘްފުޅަށް ވިސްނައިލުމަށް އިލްތިމާސްކުރަމެވެ.   

އަދިވެސް ވިސްނާށެވެ! ކާފިރުންގެ ފުރާނަ ހިއްޕަވާވަގުތު ކަންކަންވެގެންދާ ގޮތަށެވެ. "އެ ފުރާނަ ހަށިގަނޑުން ނުނިކުންނަންވެގެން ކޮޅުކޮޅަށް ދުއްވައިގަންނާނެއެވެ. ތެތްކުރެވިފައިވާ ކެހެރިގަނޑަކުން ތޫނު ދަގަނޑުގަނޑެއް ދަމާ ނެރޭހެން، ހަށިގަނޑުގެ ނާރުތަކުން ފުރާނަ ވީދާލައިގެން، (މަލަކުލްމައުތު) އެ ފުރާނަ ނެރުއްވާނެއެވެ." 

قَالَ: فَتُفَرَّقُ فِي جَسَدِهِ، فَيَنْتَزِعُهَا كَمَا يُنْتَزَعُ السَّفُّودُ [الكثير ُ الشُعب] مِنَ الصُّوفِ الْمَبْلُولِ، [فتُقطَّعُ معها العروقُ والعصبُ]، [فيلعنهُ كلُّ ملكٍ بين السماءِ والأرضِ ، وكُلُّ مَلَكٍ في السماء. وتُغلقُ أبوابُ السماء، ليس من أهلِ بابٍ إلاّ وهمُ يدعون الله ألاّ تَعرجَ روحُه مِنْ قِبَلهم]، فَيَأْخُذُهَا، فَإِذَا أَخَذَهَا لَمْ يَدَعُوهَا فِي يَدِهِ طَرْفَةَ عَيْنٍ حَتَّى يَجْعَلُوهَا فِي تِلْكَ الْمُسُوحِ، وَيَخْرُجُ مِنْهَا كَأَنْتَنِ رِيحِ جِيفَةٍ وُجِدَتْ عَلَى وَجْهِ الْأَرْضِ 

މާނައީ: 

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ފަހެ، އެ ފުރާނަ ހަށިގަނޑުން ނުނިކުންނަންވެގެން ކޮޅުކޮޅަށް ދުއްވައިގަންނާނެއެވެ. ތެތްކުރެވިފައިވާ ކެހެރިގަނޑަކުން ތޫނު ދަގަނޑުގަނޑެއް ދަމާ ނެރޭހެން، ހަށިގަނޑުގެ ނާރުތަކުން ފުރާނަ ވީދާލައިގެން، (މަލަކުލްމައުތު) އެ ފުރާނަ ނެރުއްވާނެއެވެ. އުޑާއި ބިމާ ދެމެދުގައިވާ އެންމެހާ މަލާއިކަތުން އޭނާއަށް ލަޢުނަތް ލެއްވުން އެދި ދަންނަވާނެއެވެ. އަދި އުޑުގައިވާ ކޮންމެ މަލާއިކަތަކުވެސްމެއެވެ. އަދި އުޑުގެ ދޮރުތައް (އޭނާއަށް) ބަންދުކުރެވޭނެއެވެ. އެބޭކަލުންގެ އަރިހުން އެ ފުރާނަ މައްޗަށް ނޭރުއްވުމަށް އެދި، ﷲ ތަޢާލާގެ ޙަޟްރަތުން ދުޢާ ނުދަންނަވާ، އެއްވެސް ދޮރުކޮޅެއްގެ މަލާއިކަތެއް ނުވާނެއެވެ. ފަހެ، (މަލަކުލްމައުތު) ފުރާނަ ހިއްޕަވާނެއެވެ. ފަހެ، ފުރާނަ ހިއްޕެވުމަށް ފަހު، އެސްފިޔަޖަހާލާހާ ހިނދުކޮޅަކަށްވެސް، އެކަލޭގެފާނުގެ އަތްޕުޅުގައި އެ ފުރާނަ ނުބާއްވަވާ، (ނަރަކައިން ގެންނެވި) ކެހެރިންވާ ލިބާހުގެ ތެރެއަށް އެ ފުރާނަ ލައްވާނެއެވެ. އަދި ދުނިޔޭގެ ބިމުގައިވާ އެންމެ ނުބައި ވަސް އެ ފުރާނައިން ނުކުންނަ ހުއްޓެވެ." 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މޫހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މިހައި ތަފްޞީލްކޮށް މިކަންކަން ޙަދީޘްފުޅުކުރައްވަވާފައި މިވަނީ އެކަންކަމަށް އަހުރެމެން ވިސްނައި ފިކުރުކުރުމަށެވެ. މިފަދަ ބޮޑު ނިކަމެތިަކމެއް ލިބިގެންދާނެ މީހުންގެ ތެރޭގައި ނުވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ސަމާލުކަން ދިނުމަށެވެ.  

އަބަދުވެސް ބުނަމުންދާ ފަދައިން ނަރަކައިން ސަލާމަތްވެ ސުވަރުގެ ހޯދަން މަސައްކަތްކުރުމުގެ ފުރުޞަތު އޮތީ މިދުނިޔޭގައި ހުރެވޭ އިރުއެވެ. ތިމާގެ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން ވަޑައިގަތުމުގެ ކުރިންނެވެ،

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން