ކުރަން އެންމެ ހެޔޮ ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކުރަން އެންމެ ހެޔޮ ޢަމަލު-

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްފުޅުތަކުގައި ބަޔާންކޮށް ދެއްވަވައިފައެވެ. މިއީވެސް ހަމަ އެފަދަ ޙަދީޘްފުޅެކެވެ. 

އެ ޢަމަލަކީ—ނަމާދުކުރުމެއް ނޫނެވެ. ރޯދަހިފުމެއްވެސް ނޫނެވެ. 

އެ ޢަމަލަކީ މުސްލިމް އަޚަކަށް އުފާވެރިކަން ހޯދައިދިނުމެވެ. 

Umar ibn al-Khattab reported: The Messenger of Allah, peace and blessings be upon him, was asked, “Which deeds are best?” The Prophet said,

“To bring happiness to a believer, to satisfy his hunger, to clothe his nakedness, or to fulfill his needs.”

Source: al-Mu’jam al-Awsaṭ 5081

Grade: Hasan (fair) according to Al-Albani  

މި ހަދީޘްފުޅުން އެނގެން އޮތް ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ މުއުމިނަކަށް އުފާވެރިކަން ހޯދައިދިނުމާއި ހައިހޫނުކަމުގައި ހުރި މީހަކަށް ކާންދިނުމާއި އޭނާ އަޢުރަ ނިވާކުރާނެ ފޭރާން ދިނުން ނުވަތަ އޭނާއަށް ބޭނުން ޖެހިފައިވާ ކަންތައް ފުއްދައިދިނުމެވެ. 

މި ގޮތުން ބަލައިފިނަމަ "ހައިހޫނުކަމުގައި ހުރި މީހަކަށް ކާންދިނުމާއި އޭނާ އަޢުރަ ނިވާކުރާނެ ފޭރާން ދިނުން ނުވަތަ އޭނާއަށް ބޭނުން ޖެހިފައިވާ ކަންތައް ފުއްދައިދިނުން" މިއިން ކޮންމެ ކަމެއްވެސް ހިމެނިގެންދާނީ އެމީހާއަށް އުފާވެރިކަން ހޯދައިދޭން ކުރެވޭ، ނުވަތަ އެކަމެއް ކޮށްދިނުމުން އެމީހަކަށް އުފާވެރިކަން ލިބޭނެ ކަމެއް ކަމުގައެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ މުސްލިމަކު އުފާކޮށްދިނުން ކަމުގައި ޙަދީޘްފުޅުގައި އޮތުމުން އަންގައިދެނީ އަހަރެމެންނަށް އުފާވެރިކަން ލިބުމަށް އެކަލާނގެ ލޯބިފުޅުވެ ވޮޑިގަންނަވާ މިންވަރެވެ. ހިތްދަތި ޙާލަތެއް ކުރިމަތިވުމުން އުފާކުރަންވީވެސް ހަމައެހެންވެގެންނެވެ. އެހިތްދަތި ޙާލަތުގައި އަހަރެމެން އަބަދަށް ނުބައިތިއްބަވާނެތީއެވެ. އިމްތިޙާނަށްފަހު އުފާވެރިކަން ދެއްވަވާނެތީއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން