ސަޖިދަކުރުން ގިނަކުރުމަށްވުރެ ފައިދާހުރި ކަމެއް ނެތް ސަބަބުތަކުގެ ތެރެއިން ނިކަން މިކަމަށް ވިސްނާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ސަޖިދަކުރުން ގިނަކުރުމަށްވުރެ ފައިދާހުރި ކަމެއް ނެތް ސަބަބުތަކުގެ ތެރެއިން ނިކަން މިކަމަށް ވިސްނާލަބަލަ!

ސަޖިދައިގައި އޮންނަ ވަޤުތަކީ އެމީހަކާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަޤުތެވެ. ޤިޔާމަތް ދުވަހު ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައި ވެވެން އޮތީވެސް ސަޖިދަކުރުން ގިނަކުރިވަރަކުންނެވެ. މިފަދަ އެތައް ކަމެއް އަހުރެމެންނަށް އެބަ އެނގެއެވެ. އެހެންކަމާއިއެކުގައިވެސް އަހުރެން މިކުރާ ސުވާލަށް ނިކަން ޖަވާބުދީބަލާށެވެ!  

ﷲ ތަޢާލާއަށް އީމާންވުމަށްފަހު ކުރާ ޢަމަލުތަކުގެ ތެރެއިން އެންމެ ބާރުގަދަ ޢަމަލަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ވިސްނޭތޯ ނިކަން މިނިޓެއްހައިއިރު ވިސްނައިލަބަލާށެވެ!  

ކުޑަކުޑަ "ކުލޫއެއް" ވެސް ދީފާނަމެވެ. އެއީ ނަރަކައިގެ އަލިފާނަށްވުރެވެސް މާބާރުގަދަ ޢަމަލެކެވެ. ނަރަކައިގައި އޮންނަން ޖެހުނަސް ނަރަކައިގެ އަލިފާނަށް އެ ޢަމަލާއި ކައިރިވެސް ނުވެވޭނެއެވެ. ވައިވެސް ނޭޅެވޭނެއެވެ!  

ދެން ނިކަން ބުނެބަލާށެވެ! އެ ޢަމަލަކީ ކޮބައިހެއްޔެވެ؟  

ތިއަ ދެވުނީ ހަމަ ރަނގަޅު ޖަވާބެވެ! އެ ޢަމަލަކީ ސަޖިދަކުރުމެވެ.  

މީސްތަކުންނޭވެ! ނަމާދުކުރިނަމަވެސް ކުރެވިފައިވާ ފާފައެއްގެ ސަބަބުން ﷲ ތަޢާލާ އެމީހަކު ނަރަކައަށް ވައްދަވައިފާނެތެވެ. އެކަމަކު ސަޖިދަކުރުމުން ނިތްކުރީގައިލާ ކުރައިގައި ނަރަކައިގެ އަލިފާނަކަށް ނުބީހެވޭނެއެވެ.  

އެމީހުންނަށް ނަރަކައިގައި ތިބެން ﷲ ތަޢާލާ ކަނޑައަޅުއްވަވާ މުއްދަތު ހަމަވުމުން ނެރުއްވަވަން ވަޑައިގަންނަވާ ބޭކަލުން އެމީހުން ފާހަގަކުރައްވަވާނީ އެކުރައިންނެވެ. އެމީހުން ނަރަކައިން ނެރުއްވަވާއިރު ތިބޭނީ އަނދައި ކަޅުދެލިގަނޑެއްހެންނެވެ. ދެން އެމީހުންގެ ހަށިތައް ރަޙްމަތުގެ ކޯރަށް ގެންގޮސް އެކޯރުގެ ފެނުން ފެންވެރުވުމުން އެމީހުންނަށް އަލުން ދިރުން ލިބޭނެއެވެ. އެއަށްފަހު އެމީހުން ސުވަރުގެ ވައްދަވާނެތެވެ!  

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން