ދަރިން އެކުދިންނަކީ ގޯސް ކުދިންކަމަށް އަމިއްލައަށް ނިންމާ ސަބަބު- ބެލެނިވެރިންނާ މުދައްރިސުންވެސް ސަމާލުކަންދޭންޖެހޭ ބޮޑު މައްސަލައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ދަރިން އެކުދިންނަކީ ގޯސް ކުދިންކަމަށް އަމިއްލައަށް ނިންމާ ސަބަބު- ބެލެނިވެރިންނާ މުދައްރިސުންވެސް ސަމާލުކަންދޭންޖެހޭ ބޮޑު މައްސަލައެއް!

ކޮންމެ މީހަކަށް ބެލިނަމަވެސް އެންމެ މުހިންމީ އެމީހަކު އެމީހެއްގެ އަމިއްލަ ނަފްސާއިމެދު ދެކޭ ގޮތެވެ. ތިމާއަކީ ބަލިކަށި، ކަންކަން ނުކުރެވޭ މީހެއްގެ ގޮތުގައި ވިސްނިއްޖެނަމަ ކާމިޔާބު ދިރިއުޅުމެއް ލިބެން ހުރަސްތައް ކުރިމަތިވާނެއެވެ. ތިމާއަކީ ނުބައި މީހަކުކަމަށް ވިސްނިއްޖެނަމަ އެމީހެއްގެ އަޚްލާޤުން އެކަންކަން ފެންނާނެއެވެ. އެއިގެ ތެރޭގައި އެއްވެސް ކަމެއް ރަނގަޅަށް ކުރަން ބޭނުންނުވުން ހިމެނެއެވެ.  

ތަންދޮރު އެނގޭ ބޮޑެތި މީހުންނަށް މިކަންކަން މިގޮތަށް މެދުވެރިވާއިރު ކުޑަ ކުއްޖަކަށް މިފަދަ ކަންކަން މެދުވެރިވާނަމަ އޭނާއަށް ކަންކަން މެދުވެރިވާނެ ގޮތާއިމެދު ވިސްނައިލާށެވެ! އެކުއްޖެއްގެ ޢަމަލުތައް ހުންނާނެ ގޮތާއިމެދު ވިސްނައިލާށެވެ!  

އެކުދިންނާ ދިމާލަށް ބަދު ބަސްތައް ބުނުމަކީ ކިހާވަރެއްގެ ކަމެއްކަން ވިސްނޭބާވައެވެ! ތިރީގައިވާ ލިޔުންކޮޅަށް ވިސްނައިލާށެވެ!  

"މިހާރު އަސްލު ހަޅޭއްލާ އަޑުލައި ހަދަންޏާމު، ދެން އޭނަގެ އެ އިންނަސެލްފް ކޮންފިޑެންސް ދާނެ. ދެން އޭނަ ޤަބޫލުކުރަން ފަށާނެ، މިސާލަކަށް އަޅުގަނޑުމެން މި ކިޔަނީ ކުއްޖަކާ ދިމާލަށް އަބަދު ބަސްނާހައޭ، ނުވެއް ކިޔަވައޭ، އެއްޗެއް ނޭންގެއޭ، ބަދު ބަސްތަކެއް ބުނަން ފެށީމަ ދެން އޭނަ އަމިއްލަ ނަފްސަށްވެސް އޭނައަށް ޤަބޫލު ކުރެވެންފަށަނީ، "އާ ތިމަންނައަކީ އެކަހަލަ މީހެކޭ." 

މިގޮތަށް ހަމަ ސްކޫލްތަކުގައިވެސް އެބަހުރި ދިމާވެފަ. ބައެއް ކުދިން ފެނުނީމަ މި ކިހިނެއްހޭ އަހާލީމަވެސް  އެބަހުރި ބުނެފަ ތިމަންނައަކީ ބަސްނާހާ ކުއްޖެކޭ. ސްކޫލްގައި ބަސްނާހާ ކުއްޖެކޭ ތިމަންނައަކީ. އެހެން ކޮންމެސް ބައެއްގެ ފަރާތުން އެ އަޑުތައް އިވޭތީތާ އެގޮތަށް އޭނަ ޤަބޫލު ކޮށްފަ، ދެން އޭނަ ބޭނުންވަނީވެސް ބަސްނާހާ ކުއްޖެއްގެ ގޮތުގައި އެ ސިފަތައް ދައްކަން.  

ދެން އަސްލު ބެލެނިވެރިންވެސް ނުވަތަ މިކިޔާ ޕޭރެންޓުންވެސް ނުވަތަ މަންމައާއި ބައްޕަވެސް މަސެއްކަތްކުރަނީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރަން. އެކަމު މަސެއްކަތް ކުރާއިރު ހެދޭ ބައެއް ގޯސް އެއީ ހަޅޭއްލަވާ ހެދުން. އަބަދު ނެގެޓިވްކޮށް އޭނަޔާ ދިމާކުރުން." 

ވީމާ ކަންކަން ދިމާވުމުން ކުދިންނަށް ބަސްބުނުމުގައި ސަމާލުވާން އެބަޖެހެއެވެ. ކުއްޖާއަށް ހެޔޮއެދުމަކީ ކަންކަން އިޞްލާޙްކުރަން ހިތްވަރުދީ މަދުދެއްކުމެވެ. އެކުދިން މާޔޫސްކުރުވުމެއް ނޫނެވެ. ވީމާ މިއީ ބެލެނިވެރިންނާއި މުދައްރިސުންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން