ސިޙުރުހަދާ މީހުންގެ ގާތުގައި ވަށައިގެން ތިބޭ ޖިންނިތައް ލޮލަށް ފެންނަނަމަ ބިރުންވެސް ސިޙުރުވެރިއެއްގެ ގެއަކަށް ނުވަންނާނެ! ސިޙުރުވެރިއަކާ ބައްދަލެއްވެސް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ސިޙުރުހަދާ މީހުންގެ ގާތުގައި ވަށައިގެން ތިބޭ ޖިންނިތައް ލޮލަށް ފެންނަނަމަ ބިރުންވެސް ސިޙުރުވެރިއެއްގެ ގެއަކަށް ނުވަންނާނެ! ސިޙުރުވެރިއަކާ ބައްދަލެއްވެސް ނުކުރާނެ!

ތިބާ ސިޙުރުވެރިއެއްގެ ގާތަށް ގޮސް އޭނާގެ ގެއަށް ވަންނަނީ ވަރަށް ކުޑަކުޑަކަމަކުކަމަށް ވެދާނެއެވެ. ސުވާލަކީ މިވަދެވެނީ ތިމާއަށް ކިހާބޮޑު ނުރައްކަލެއްގެ ތެރެއަށްކަމާއިމެދު ވިސްނާލަމުހެއްޔެވެ؟

އެންމެ ގިނަ ބައަކު ސިޙުރުވެރިންގެ ގާތަށް ދަނީ ކޮންމެވެސް ކަމެއް އޮޅުންފިލުވާށެވެ! އެވެނިކަމެއް، މިވެނިކަމެއް ކުރި މީހަކު ހޯދުމުގެ ބޭނުމުގައެވެ. އެއްވެސް ސިޙުރިވެރިއަކަށްވެސް އަދި ޖިންނިއަކަށް މުސްތަޤްބަލުގައި ﷲ ތަޢާލާ ކަންކަން މެދުވެރިކުރައްވަވާނެ ގޮތެއް ނުއެނގޭނެއެވެ.

މުސްތަޤްބަލްގައި ވާންހުރި ކަންކަން ނުވަތަ ކަންކަން ވާނެ ގޮތް އެނގޭކަމަށްބުނެ އެބުނަނީ ވަރަށް ބޮޑު ދޮގެކެވެ. މުސްތަޤްބަލުގައިވާނެ ކަންކަން އެނގޭނެ އެއްވެސް ޖިންނިއެއްވެސް އިންސާނެއްވެސް ނުހުންނާނެއެވެ.

އެކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެއީ ކީރިތި ޤުރްއާނުން އެނގިޔަޤީންވާ ކަމެކެވެ. ވީމާ ސިހުރުވެރިއެއް ނަމަވެސް ފާލުބަލާމީހަކުނަމަވެސް އަތްބަލާމީހަކުނަމަވެސް އެހެންތަނެއް ބަލާމީހަކުނަމަވެސް މުސްތަޤްބަލްގައި ވާންހުރިކަންކަން އެނގޭކަމަށްބުނެ އެހަދަނީ އެންމެ ބޮޑެތި ދޮގުތަކުގެތެރެއިން ދޮގެކެވެ.

ނަމަވެސް މާޒީގައި ހިނގާފައިހުރި ކަންކަން އެނގިދާނެއެވެ! އެކަން ހިނގަނީވެސް މިފަދައިންނެވެ. އެއީއަކީވެސް ހުރިހާ މީހުންގެ ހުރިހާ ޙަޤީޤަތެއް ހުރިހާ ޖިންނިތަކަށް އެނގުމެއް ނޫނެވެ! އެކަމެއްނުވާނެއެވެ! އެހެނީ ހުރިހާ ޖންނިންނަށް ހުރިހާ އެންމެންގެ ހުރިހާ ކަމެއް ނުއެނގޭނެއެވެ. ނަމަވެސް ކޮންމެ މީހަކު އުފަންވީންސުރެ އެމީހަކާއިއެކު "އަލްޤަރީން" އަކު ވެއެވެ. އެއީ އެމީހާއަށް ވަސްވާސްދީ އެމީހާ މަގުފުރައްދާ ކުޑަ އިބިލީހެވެ.

ސިހުރުވެރިންގެ ގާތަށް ދިއުމުން ސިހުރުވެރިންނަށް ހުރިހާ ކަންކަން އެނގޭކަން ދައްކައި މީހުން ހައްދައިލަން ވަރަށް ފަސޭހައިން މާޒީގައި ވެފައި ހުންނަ ކަންކަން ކިޔައިދޭނެއެވެ. އެކަން އެކުރަނީ ވެސް އޭނާއާއި ގުޅިފައިވާ ޖިންނިއަށް ހުރިހާ ކަންކަން އެނގޭތީއެއް ނޫނެވެ.

ކޮންމެ މީހަކާއިއެކުގައި މަލާއިކަތުން ތިއްބަވާފަދައިން ޝައިޠޯނުންވެސް ތިބޭނެއެވެ. އެމީހުންނާއި ގުޅިފައިވާ ޖިންނީގެ ކިބައިން ވަކިމީހެއްގެ (އޭނާ ލައްވައި ސިހުރު ހައްދަން ދިއަ މީހާގެ) މައުލޫމާތު އޮޅުނަފިލުވަން ބޭނުންވެގެން އެކަމަށް އެދުމުން އެ ޖިންނި ގޮސް އެމީހާގެ ގާތުގައި އަބަދު ހުންނަ ޖިންނީގެކިބައިން އަހައި އޮޅުންފިލުވަނީއެވެ. ކަންކަން އެކިޔައިދެނީ އެމީހާގެ ގާތުގައި ހުންނަ ޖިންނީގެކިބައިން އޮޅުންފިލުވައިގެންނެވެ.

ހމައެގޮތަށް އެމީހާގެ ގައިގެ މިވެނިތަނެއްގައި ލަފެއް ހުރުން ފަދަ ކަމެއްގެވާހަކަވެސް ބުނެފާނެއެވެ. އެކަންބުނަން އެނގެނީ ސިހުރުވެރިޔާ ގެންގުޅޭ ޖިންނިއަށް އޭނާގެ ތަންތަން ފެންނާތީ ސިހުރުވެރިޔާގާތު އެކަމެއްގެ ވާހަކަ ބުނުމުންނެވެ.

ވީމާ މުޅި ޕްރޮސެސްއަށް ބަލައިފިނަމަ ސިހުރުވެރިޔާގެ މަސައްކަތް މިވަނީ އެތައްބައިވަރު ޖިންނިތަކަކާއި ގުޅިފައެވެ. ސިހުރުވެރިޔާގެ ގާތަށް ކަމަކު ހިނގައްޖެނަމަ އެހުރިހާ ޖިންނިތަކަކަށް އެމީހަކު އިޝްތިހާރުވެ އެތައްގޮތަކުން އެމީހަކަށް ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. ވީމާ މިއީ ދީނުން ބޭރުވުމުގެ އިތުރުން ހުރިހާ ގޮތަކުންބެލިނަމަވެސް ވަރަށް ބިރުހުރި އަދި ނުރައްކައުތެރިކަން ބޮޑު ކަމެކެވެ.

ދެން އޮތީ ސިޙުރުވެރިޔާގެ ގެއަށް ނުގޮސް ސިޙުރުވެރިއަކާއި ބައްދަލުކުރުމެވެ. ސިޙުރުވެރިއަކު މަގުމަތީގައި އުޅުނަސް އަދި ގެއަކަސް ވަނަސް އޭނާ އާއިއެކު އެތައް ބައިވަރު ޖިންނިތަކެއްވާނެއެވެ. އެހުރިހާ ޖިންނިތަކުގެ ސަމާލުކަން އެންމެންނަށްވާނެއެވެ. ފަހުން ދޭނީ ކޮންފަދަ ބޮޑު ގެއްލުމެއްކަން އެނގޭނީވެސް ކިހިނަކުންހެއްޔެވެ؟ މިއީ ކޮންފަދަ ބިރުވެރިކަމެއް ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން