ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސިގޯނާކުރުމަކީ ޢަޛާބް އިތުރުކުރައްވަވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސިގޯނާކުރުމަކީ ޢަޛާބް އިތުރުކުރައްވަވާނެ ކަމެއް!

މިހާރަކަށް އައިސް އިވޭ އެއްވާހަކައަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސީގޯނާކުރާކަމުގެ ވާހަކަތަކެވެ. މިއީ ވަރަށް ދެރަކަމެކެވެ. އެކަމުގެ ފާފަ އިތުރުވެގެންދާނެ ކަމެކެވެ. ސަބަބަކީ އަނިޔާ އެކުރެވެނީ ދިފާޢުވުމުގެ ކުޅަދާނަކަން ލިބިގެންނުވާ އިންށާނަކަށް ކަމުގައިވާތީއެވެ.

މިބުނަނީ އެއްވެސް ކުއްޖަކަށް ނުވަތަ މީހަކަށް ޖިންސިގޯނާކުރުން ހުއްދަވާހަކައެއް ނޫނެވެ. ކޮންމެ މީހަކާއިމެދު އެފަދަ ޢަމަލެއް ކުރިނަމަވެސް އެކުރެވެނީ ބޮޑު ފާފައެކެވެ. ވިސްނައިދޭން މަސައްކަތްމިކުރަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސިގޯނާކުރުމަކީ ޢަޛާބް އިތުރުކުރައްވަވާނެ ކަމެއް ކަމެވެ.

ނުކޫލެދުންތެރިކަން ހުރިނަމަވެސް ސިފަ ވަރަށް ރީތި ކުދިންވެސް ބައިވަރެވެ. އެކުދިންގެ ގުނަވަންތައްވެސް ވަރަށް ފުރިހަމައެވެ. ރީތިވެސް މެއެވެ. ވީމާ ޝައިޠޯނާ ވަސްވާސްތައް ދޭނެއެވެ. ކަމެއް ކުރިޔަސް ސިއްރުވާނެކަމަށްވެސް ވިސްނައިދޭނެއެވެ.

ފަހަރެއްގައި ދުނިޔޭގައި އެކަން ސިއްރުވެސްވެދާނެއެވެ. ނަމަވެސް އެމީހަކާއިއެކުގައިވާ މަލާއިކަތުންނަކަށް އެކަން ސިއްރެއް ނުކުރެވޭނެއެވެ. އެމީހެއްގެ ފަތުގައި ލިޔުއްވަވާނެތެވެ. ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާނެތެވެ. ބިރުވެތިވާންވީ އެކަމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

ނުކުޅެދުންތެރިކަން ހުރި ކުއްޖަކު ނުވަތަ މީހަކު ބަލަން ޖެހިއްޖެނަމަ ގިނަ ބައަކު ފޫހިވެއެވެ. އެކަން ދެކެނީ ބޮޑު ތަކްލީފެއްގެ ގޮތުގައެވެ. ހެޔޮ ވިސްނޭ މައިންބަފައިންނަށް އެފަދަ ދަރިއަކު ދެއްވަވައިފިނަމަ ވީހާރަނގަޅަކަށް ކަންކަން ކުރެއެވެ. ހިތާމައަކީ ވަރަށް ދެރަކޮށް ކަންކަން ކުރެވޭ މައިންބަފައިންވެސް އަދި އެހެން މީހުންވެސް ތިބޭކަމެވެ.

ދާދިފަހުން ފެނުނު ވަރަށް ހިތާމަވެރި ހާދިސާއަކާއި ގުޅިގެން ބުނެލަން ބޭނުންވަނީ ކުދިކުދި އުނިކަން ހުންނަ ކުއްޖަކު ބަލަން ޖެހުމުން އެހައި ބޮޑަށް ކަންބޮޑުވާއއިރު މިކުއްޖާ ފަދަ ކުދިން، ބަލަން ކުރަންޖެހޭނެ ބުރަ މަސައްކަތާއިމެދު ވިސްނައިލާނެ ނަމައެވެ.

ޚަބަރުގައިވާ ފޮޓޯގައި އެވަނީ ނައިޖީރިއާއަށް ނިޞްބަތްވާ ރަޙްމާއެވެ. ރަޙްމާގެ ޢުމުރަކީ މިހާރު 24 އަހަރެވެ. އުނގަނޑުން ތިރި ނުއުފެދެއެވެ. އަތް އެހައިމެ ކުޑައެވެ. އޭނާގެ ބޭބެ އޭނާ ތަންތަނަށް ގެންދަނީ ޕްލާސްޓިކްތަށްޓެއްގައެވެ.

އެއީ އުނގަނޑުންމަތި ފުރިހަމަ އަންހެނަކަށްވުމުން އުރައިގެން ގެންގުޅުމުން ދެބެއިންނަށްވެސް އިޙްޞާޞްތައް ކުރެވޭތީއެވެ!

އަހަރެމެންނަށް ފުރިހަމަ ހަށިގަނޑެއް ދެއްވެވުމުން އެއިގެ ބޭނުންކުރެވޭގޮތާއިމެދު ވިސްނާލައި ﷲ ތައާލާއަށްބިރުވެތިވުން ކީއްހެއްޔެވެ؟

 

މިއަދު އޮންލައިން