ދަތިޙާލު ކުރިމަތިވުމުން ކަންބޮޑުވާ މީހުން ކޮންމެވެސް ކިޔައިލާތި! ދަތިޙާލަތަކަށްފަހު ހަމަހުން ހަމިލިއަން ޑޮލަރު ލިބުނު ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދަތިޙާލު ކުރިމަތިވުމުން ކަންބޮޑުވާ މީހުން ކޮންމެވެސް ކިޔައިލާތި! ދަތިޙާލަތަކަށްފަހު ހަމަހުން ހަމިލިއަން ޑޮލަރު ލިބުނު ޒުވާނެއްގެ ވާހަކަ-

ތަނަވަސްކަމަށް ބޭނުންނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އަބަދު ތަނަވަސްކަމުގައި ހުރެވޭނެ މީހަކުވެސް ނުހުންނާނެއެވެ. އަދި އަބަދު ދަތިޙާލުގައި އުޅެންޖެހޭނެ މީހަކުވެސް ނުހުންނާނެއެވެ. އިން ޝާ ﷲ. މިފަދަ ކޮންމެ ގޮތަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ.  

މިކިޔައިދެނީ މީހަކު ކިޔައިދިން ވާހަކައެއް ނޫނެވެ. އަހުރެންނަށް ޙަޤީޤަތް ރަނގަޅަށް އެނގޭ އަޚަކަށް ކަންކަން ދިމާވިގޮތުގެ ވާހަކައެވެ.  

ވަޒީފާއެއް ނެތި 10 އަހަރު ހުންނަން ޖެހުނެވެ. އެދުވަސްތަކުގައި އޭނާ ދިރިއުޅުނީ ވަރަށް ދަތިޙާލުގައެވެ. މީހުންނަށް ސަލާންޖަހައިގެންނާއި ދަރަނިވެރިވަމުންނެވެ.  

އެކަމަކު އޭނާ ކެތްތެރިވިއެވެ. އޭނާއަށް ކުރިމަތިކުރެއްވެވި ދަތިޙާލާއިމެދު އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ތަޤްވާވެރިކަމާއި ދުރަކަށް ނުދެއެވެ.  

ނަތީޖާ އެނގޭހެއްޔެވެ؟ އެގޮތުގައި ފާއިތުކުރަންޖެހުނު 10 އަހަރަށްފަހު މިހާރު އޭނާއަށް ﷲ ތަޢާލާ ވަނީ ބޮޑު ތަނަވަސްކަމެއް ދެއްވައިފައެވެ. ކުރި މުޢާމަލާތުތަކުން 6 މަސް ދުވަސްތެރޭގައިވަނީ 6 މިލިއަން ޑޮލަރު ދެއްވަވައިފައެވެ.  

ކޮންމެ މީހަކަށް މިހައި ބޮޑު ތަނަވަސްކަމެއް ކުއްލިއަކަށް ނުދެއްވަވައިފާނެއެވެ. ނަމަވެސް ދަތިޙާލަތެއް ކުރިމަތިވުމުން ކެތްތެރިވެ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެއްޖެ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ތަނަވަސްކަންވެސް ދެއްވަވާނެތެވެ. ދެއްވަވާ ތަނަވަސްކަމުގައި ބަރަކާތް ލައްވަވާނެތެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން