ސުންނަތް ރޯދަހިފުން ގިނަކުރުމަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުރުހެލިވާން ހިތްވަރު ލިބިގަނެވޭނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ސުންނަތް ރޯދަހިފުން ގިނަކުރުމަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުރުހެލިވާން ހިތްވަރު ލިބިގަނެވޭނެ ކަމެއް! އިން ޝާ ﷲ

އަހުރެން މިއުޅެނީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ޙުކުމުގެ މައްޗަށް ބަހެއް ބުނާކަށް ނޫނެވެ. ބަހެއް ބުނަން މިއުޅެނީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް އަމިއްލައަށް ލިބިގަނެވޭ އެންމެ ބޮޑު އެއްދެރައިގެ މައްޗަށެވެ. އެއީ ސުންނަތް ރޯދަހިފަން ހުރަސްއެޅޭކަމެވެ.  

ރަމަޟާން މަހުގެ ރޯދައަކީ ފަރުޟް ރޯދައަކަށްވުމުން ކޮންމެ މުސްލިމަކުވެސް ކޮންމެ ޙާލެއްގައިވެސް ރަމަޟާން މަހުގެ ރޯދަހިފާނެއެވެ. ނަމަވެސް ސުންނަތް ރޯދަހިފުމަކީ ފަރުޟަކަށްނުވާތީ އިހްމާލްވެވެނީއެވެ.  

ސުންނަތް ރޯދަ ހިފުމާއިބެހޭ ގޮތުން ވަރަށް މުހިންމު އެއްކަމެއް ފާހަގަކޮށްލާނަމެވެ. ގިނަ ބައަކަށް ސުންނަތް ރޯދަ ހިފަން އުނދަގޫވާ އެއްސަބަބަކީ ދުންފަތުގެ އިސްތިޢުމާލްނުކޮށް ހުންނަންޖެހޭތީއެވެ. ރޯދައަށް ހުރީތީ މުޅިދުވަހު ތިމާ ކަންނެތްވެ ކުރަން ހުންނަ މަސައްކަތްތައް ނުކުރެވޭތީއެވެ. މުޅި ދުވަހު ފޫހިވެފައި ހުންނަން ޖެހޭތީއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! އެކަމެއް ކުރުމުން ތިމާއަތުން ކޮންމެ ދުވަހަކު ގިނަ ފައިސާތަކެއް އިސްރާފްކުރެވޭ އަދި ތިމާގެ ޞިއްޙަތަށް އެހައި ބޮޑެތި ގެއްލުން ލިބޭ ކަމެއް ކުރަން ބޭނުންވެގެން ސުންނަތް ރޯދަ ނުހިފޭނަމަ އެމީހަކީ އާޚިރަތް ލިބިގަންނަން ބޭނުންވާ މީހަކަށްވެވޭނީވެސް ކިހިނަކުންހެއްޔެވެ؟ 

މީގެ އިތުރުން ބައެއް މީހުންނަށް ވައިގެ އުނދަގޫތައް ކުރިމަތިވާކަންވެސް ފާހަގަކޮށްލަމެވެ. ޑޮކްޓަރުން ލަފާދޭ ގޮތުގައި ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ވައިގެ އުނދަގޫތައް ބޮޑުވާ ކަމެކެވެ. މޭއަންދުމުގެ މައްސަލަ ބޮޑުވާ ކަމެކެވެ.  

ހިތާމައަކީ މިފަދަ މައްސަލަތަކުން ސަލާމަތްވެހުރުމަށް ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމުގެ ބަދަލުގައި ސުންނަތް ރޯދަ ހިފުން ފަދަ ތިމާއަށް އެންމެ ފައިދާހުރި އަޅުކަން ނުކޮށް ތިބޭކަމެވެ. އަހުރެންގެ ނަޞީޙަތަކީ ދުންފަތުގެ އިސްތިޢުމާލްކުރުމާއި ދުރުހެލިވާން ބޭނުންވާ މީހާވެސް ސުންނަތް ރޯދަ ހިފުން ގިނަކުރާށެވެ. އެމީހަކަށް ހިތްވަރު ލިބެންފަށާނެއެވެ. އަހުރެންގެ މިނަޞީޙަތް ޤަބޫލުކުރި އެތައް ބައަކަށްވަނީ މިކަމުގައި ފައިދާކޮށްފައެވެ. އިން ޝާ ﷲ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

 

މިއަދު އޮންލައިން