ރިޒުޤް ދެއްވެވީމާ ތިމާއަށް ރިޒުޤް ދެއްވަވާ ފަރާތުން އަންގަވާފައިވާ ގޮތަށް ޢަމަލުކުރިޔަސް ޒަވާޖީ ހަޔާތް އުފާވެރިކަމާއެކު ކާމިޔާބުކުރަން ބޮޑުތަނުން ފަސޭހަވެގެންދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރިޒުޤް ދެއްވެވީމާ ތިމާއަށް ރިޒުޤް ދެއްވަވާ ފަރާތުން އަންގަވާފައިވާ ގޮތަށް ޢަމަލުކުރިޔަސް ޒަވާޖީ ހަޔާތް އުފާވެރިކަމާއެކު ކާމިޔާބުކުރަން ބޮޑުތަނުން ފަސޭހަވެގެންދާނެ!

އިންސާނުން ނޫން އެހެން މަޚްލޫޤުންނަށް އޮންނަ ގޮތަކީ ބަނޑުފުރިގައިވާނަމަ ހުރިހާ ބޭނުމެއް ފުދުނީއެވެ. އަރާމުގައި އަވަހަށް ނިދާލަންވީއެވެ. ނުވަތަ އޮށޯވެލައިގެން އޮންނަންވީއެވެ. އެކަމަކު އިސްސާނުންނަށް މިވާގޮތަކީ ބަނޑުފުރިއްޖެނަމަ ދެން ބޭނުންވާ ކަންކަން އެތައް ގުނައަކަށް އިތުރުވެގެންދަނީއެވެ.  

އެންމެ އާދައިގެ މިޘާލެއްގެ ގޮތުން ބުނާނަމަ ވަރަށް މީރުކޮށް ރޭގަނޑު ކައި ނިމުނީއެވެ. ކުރާނެ އިތުރު މަސައްކަތެއްވެސް ނެތެވެ. ގެއިން ބޭރަށް ދާންޖެހޭ ސަބަބެއްވެސް ނެތެވެ. އެކަމަކު ކައި ނިމިގެން ގެގައި މަޑުކޮށެއް ނުލައެވެ. ކޮންމެވެސް ތަނަކަށް ދެއެވެ. އެއް ބައަކު ކޮންމެވެސް ކުޅިވަރެއް ކުޅޭށެވެ. އަނެއް ބައަކު އެކުވެރިންނާއިއެކު ކޮފީއަކަށެވެ. އަދި ކީއްހެއްޔެވެ؟ ކަނޑައެޅިގެން ފާފަކުރަން ނައިޓްކްލަބްތަކަށްދާ މީހުންވެސް އުޅެއެވެ. 

އެކަމަކު ތިމާއަށް ރިޒުޤާއި އަދި ޚަރަދުކުރާނެ ފައިސާވެސް ދެއްވެވި ﷲ ތަޢާލާ އަންގަވާފައިވަނީ ކޮންމެހެން ހޭލައިހުންނަން ޖެހިގެން ނޫނީ ރޭގަނޑު ހޭލައި ނުހުރުމަށެވެ. ދެން ނިކަން ބުނެބަލާށެވެ! އަހުރެމެންގެ ވިސްނުން މިހުރީ ކޮން ދަރަޖައެއްގައި ހެއްޔެވެ؟ 

ނިކަން ބުނެބަލާށެވެ! ޖަވާބުދީބަލާށެވެ! ﷲ ތަޢާލާ އަހުރެމެންނަށް ނިޢުމަތްތައް ދެއްވެވުމުން ޝުކުރުވެރިވުމަކީ އެކަލާނގެ ރުހިވޮޑިނުގަންނަވާ ގޮތަށް ކަންކަން ކުރުން ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުން ނިޢުމަތްތަކަށް އެދޭ މީހުން މިކަންކަމަށް ވިސްނައި ޢަމަލުތައް އިޞްލާޙްކޮށްލަން މަސައްކަތްކުރުން ކީއްހެއްޔެވެ؟ 

ވިސްނައިލާށެވެ! ޒަވާޖީ ޙަޔާތުގެ ކާމިޔާބީ ގުޅިފައިވަނީ ޢިޝާނަމާދަށްފަހު އަވަހަށް ނިދުމާއިއެވެ. އެއީ ތިމާގެ ނުވަތަ އަނބިމީހާގެ ނިންމުމެއް ނޫނެވެ! ﷲ ތަޢާލާގެ ނިންމެވުމެކެވެ. ހަމަ އަހުރެމެންގެ ފައިދާއަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން