ބައިވެރިއަކު އިޚްތިޔާރުކުރަން ގޮތް ނިންމާއިރު އޭނާގެ ކަންކަން މިގޮތަށް ވަޒަންކޮށްފިނަމަ 99 އިންސައްތަ ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބައިވެރިއަކު އިޚްތިޔާރުކުރަން ގޮތް ނިންމާއިރު އޭނާގެ ކަންކަން މިގޮތަށް ވަޒަންކޮށްފިނަމަ 99 އިންސައްތަ ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ

އަޅުގަނޑަކީ އެކަނި ދިރިއުޅެންޖެހިފައިވާ 30 އަހަރުގެ އަންހެނަކީމެވެ. ވީމާ ކައިވެނިކުރާނެ މީހަކު ނިންމަން ޖެހިފައިވެސް މިއޮތީ އަމިއްލައަށެވެ. އެހެންވެ ބޭނުންވަނީ މީހުންގެ ކަންކަން ބަލަން އެންމެ ފައިދާހުރި ގޮތެއް އެނގުމެވެ. މިކަމުގަ އެހީތެރިވެދެވިދާނެތަ؟

ކިޔުންތެރިޔާއަށް ފުރަތަމަ ބުނެލަން ބޭނުންވަނީ އަހުރެމެން އެއްވެސް މީހަކު މިހުންނަނީ އެކަންޏަކު ނޫނެވެ. ﷲ ތަޢާލާ ކޮންމެ މީހަކާއިއެކުވެސް ވޮޑިގެންވެއެވެ. ވީމާ ފުރަތަމަ ކަމަކަށް އަބަދުވެސް އިސްކަންދޭންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށެވެ. ބައިވެރިއަކު ހޯދަންވީވެސް އެމަގުންނެވެ. ވީމާ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ކިޔުންތެރިޔާގެ ބޭނުން ޙާޞިލުވެލައްވާނެއެވެ. އިން ޝާ ﷲ

ކައިވެނީގެ ކަންކަމަކީ އާދައިގެ ކަންކަމެއް ނޫނެވެ. އެކަން ގުޅިފައިވަނީ މީހާގެ މުޅި ޙަޔާތާއިއެވެ. ވީމާ ނިންމުންތައް ނިންމަންޖެހޭނީ ވަރަށް ބޮޑަށް ބަލައިގެންނެވެ. ސަމާލުކަންދޭންޖެހޭ ކަންކަމަށް ސަމާލުކަންދީގެންނެވެ.

ކައިވެނިކުރަން ބޭނުންވެގެން މީހަކު އެކަން ހުށަހަޅައިފިނަމަ އެމީހަކަށް މާކްސްދޭށެވެ! އެކަންކުރަން ޖެހޭނީ ވަރަށް ބޮޑަށް ވިސްނުންތެރިކަމާއިއެކުގައެވެ. އެހެންވެ އެކަންކުރާނެ ގޮތެއްވެސް ކިޔައިދޭނަމެވެ.

އެގޮތުން ފުރަތަމަކަމަކަށް އެމީހާގެ ކިބައިގައި ދީންވެރިކަން، ތަޤްވާވެރިކަންހުރިނަމަ 1 ދޭށެވެ!

ދެން ޢާއިލާ، ދިރިއުޅެންކުރާ މަސައްކަތް، ރީތިކަން، ޢިލްމްވެރިކަން ފަދަ ކޮންމެ ކަމަކަށް 0 އެކެއްގެ ކަނާތްފަޅީގައި ޖަހަމުން ގެންދާށެވެ. އެމީހަކީ ރަނގަޅު ގިނަ ސިފަތަކެއްހުރި މީހަކުނަމަ 1 މިލިއަންވެސް ހަމަވެދާނެއެވެ.

ދީންވެރިކަމާއި ތަޤްވާވެރިކަމަށް 1 ދިނުމަށްފަހު މިގޮތަށް 0 އިތުރުކުރަންޖެހެނީ ވަރަށް މުހިންމު ސަބަބެއް އޮވެގެންނެވެ. އެއީ ދީންވެރިކަމާއި ތަޤްވާވެރިކަން ނެތްނަމަ ދެންހުރި އެއްވެސް ސިފައަކުން އެއްވެސް ފައިދާއެއް ނުކުރާނެތީއެވެ. ވީމާ މިލިއަނަކަށް ޢަދަދު އެރިނަމަވެސް އެއިން 1 ނަގަންޖެހިއްޖެނަމަ ބާކީ އެއްވެސް އެއްޗެއް ނުއިންނާނެއެވެ. ހުންނާނީ ހުސް 0 އެވެ.

މިއަދު ގިނަ ކައިވެނިތައް ރޫޅެމުންމިދަނީ މިބުނި ގޮތާއި ޚިލާފަށް މާކްސްދޭތީއެވެ! ދީންވެރިކަމާއި ތަޤްވާވެރިކަމަށް 0 ދީފައި ދެންހުންނަ ކަންކަމަށް އަދަދުތައްދޭތީއެވެ!

މިބުނެދިން ވާހަކަކޮޅުން ފައިދާއެއް ކުރާނެކަމަށް އުންމީދުކުރަމެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން