މުސްތަޤްބަލުގަ ވާން އޮތްކަމެއް ދެނެގަންނަން ނަމަވެސް ވެފައިވާ ކަމެއްގެ ޙަޤީޤަތް ހޯދަން ނަމަވެސް ކަމެއް ކުރި މީހާ ދެނެގަންނަން ނަމަވެސް ކަންކަންކުރުމަކީ އީމާންކަން ގެއްލޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މުސްތަޤްބަލުގަ ވާން އޮތްކަމެއް ދެނެގަންނަން ނަމަވެސް ވެފައިވާ ކަމެއްގެ ޙަޤީޤަތް ހޯދަން ނަމަވެސް ކަމެއް ކުރި މީހާ ދެނެގަންނަން ނަމަވެސް ކަންކަންކުރުމަކީ އީމާންކަން ގެއްލޭނެ ކަމެއް!

މުސްތަޤްބަލުގައި ވާން އޮތް ކަމެއް ދެނެގަތުގެ ބޭނުމުގައި ކަމަށްވީނަމަވެސް އަދި ވެފައިވާ ކަމެއްގެ ޙަޤީޤަތް ހޯދަން ނަމަވެސް ނުވަތަ ތިމާއަށް ގެއްލުމެއް ދިން މީހަކު ދެނެގަންނަން ނަމަވެސް ފާލުބެލުން ފަދަ ކަމެއް ކުރުން މުސްލިމުންނަށް ހުއްދަވެގެނެއް ނުވެއެވެ.  

ތިމާ އަމިއްލައަށްވެސް އަދި މީހެއްގެ ގާތަށް ގޮސްގެން ނަމަވެސް އެފަދަ ކަންކަން ކުރުމަކީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެކެވެ. ނަމަވެސް އެކަމަށް ވިސްނާނުލައި ބައެއް މީހުން އެފަދަ ކަންކަން ކުރެއެވެ.  

ފާލުބެލުމާއިބެހޭގޮތުން އޮތް މިޙަދީޘްފުޅަށް ބިރުވެތިވާށެވެ!  

ފާލު ބެލުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.

(من أتى  حائضا أو امرأة في دبرها  أو كاهنا فقد كفر بما أنزل على محمد)

މާނައަކީ: "ޙައިޟުވެރިޔަކާ ޖިމާޢުވެއްޖެ މީހާ އާއި، އަނބިމީހާގެ ފުރަގަސްފަރާތް ބޭނުންކޮށްފިމީހާ އާއި ކާހިނެއްގެ ގާތަށް ގޮސްފިމީހާ މުޙައްމަދުގެ ފާނުގެ މައްޗަށް ބާވާލެއްވުނު ތަކެއްޗަށް ކާފަރުވެއްޖެއެވެ".

والله أعلم. 

ޙަދީޘް: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން