ދުޢާކުރާ އަޅުން މާޔޫސް ނުކުރައްވަވާނެ! ޢިޖާބަ ކުރެއްވެވުން ލަސަވުމަކީ ލައްވަވާނެ ރަޙްމަތް މާބޮޑުވާނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ދުޢާކުރާ އަޅުން މާޔޫސް ނުކުރައްވަވާނެ! ޢިޖާބަ ކުރެއްވެވުން ލަސަވުމަކީ ލައްވަވާނެ ރަޙްމަތް މާބޮޑުވާނެ ކަމެއް! އިން ޝާ ﷲ

ދުޢާ ޢިޖާބަކުރެއްވެވުން ލަސްކުރައްވަވަނީ އެމީހަކަށް ރަޙްމަތަކަށެވެ. އަޅުކަންކުރުން ގިނަކޮށް ހެޔޮ ޢަމަލުކުރުން ގިނަކޮށް ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް ފުރުޞަތު ދެއްވެވުމަށެވެ. އެއީ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ.  

ކަން އޮތީ މިފަދައިން ނަމަވެސް އަހަރެމެންނަށް މިވާ ގޮތަކީ އެއްކަމަކަށް އެދި ގިނަފަހަރު ދުޢާކުރަން ޖެހިއްޖެނަމަ އެކަންކުރަން ފޫހިވަނީއެވެ. އަދި މާޔޫސްވެސްވަނީއެވެ. އެކަމަކު ބުނަންހެއްޔެވެ؟ އެއީ އެކަމުން ތިމާއަށް ހުރި ފައިދާގެ ބޮޑުކަން ނުއެނގޭތީއެވެ.  

މިޘާލަކަށް ތިބާ ކަމަކަށް އެދި ދުޢާކުރަނީއެވެ. ކާމިޔާބުވާނެ ގޮތެއް ނުވެއެވެ. އެހެންވެއްޖެނަމަ އިތުރަށް ވިސްނައިލާށެވެ! އެކަން އެގޮތަށް މިންވަރު ކުރައްވަވަނީ ތިބާ ދުޢާކުރަމުން ގެންދާކަން ﷲ ތަޢާލާއަށް އެނގިވޮޑިނުގަންނަވާތީއެއް ނޫނެވެ. ތިބާގެ ދުޢާ އައްސަވައިވޮޑިނުގަންވާތީއެއްވެސް ނޫނެވެ. އެހެނެއްކަމަކު ތިބާ އެދުޢާ ތަކުރާރުކުރަން ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާތީއެވެ.  

އެގޮތަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވަނީ އެއްވެސް ޙާލެއްގައި ތިބާގެ ކިބައިން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގަންނަވާތީއެއް ނޫނެވެ. ﷲ ތަޢާލާއީ އެއްވެސް ފަރާތަކުން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެންނުވާ، ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން