މިއީ ތަނަވަސްކަމާ ތިމާއަށް އެންމެ ފައިދާހުރި ގިނަ ކަންތައްތަކަކަށް އެދިގެން ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މިއީ ތަނަވަސްކަމާ ތިމާއަށް އެންމެ ފައިދާހުރި ގިނަ ކަންތައްތަކަކަށް އެދިގެން ކުރަން އޮތް ދުޢާއެއް!

ތިމާ ދުޢާކުރަން ބޭނުންވާ ކަންކަމުގެ ލިސްޓް އެނގޭނީ އެމީހަކަށެވެ. އެލިސްޓަށް ދުޢާކުރެވޭނީ އެމީހަކަށެވެ. އެހުރިހާ ކަންކަން ހިމެނިގެންވާ ދުޢާއެއް ޤުރްއާނާއި ސުންނަތުން ފެންނަން ނެތިދާނެއެވެ.  

މިދުޢާއަކީ ރަސޫލް ގެ ސުންނަތުން ޘާބިތުވާ ދުޢާއެކެވެ. މި ދުޢާގައި ހިމެނޭ ކަންކަމަކީ ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކަންކަމެވެ.

اللَّهُمَّ إنِّي أَعُوذُ بِكَ مِنَ الْفَقْرِ وَلْقِلَّةِ وَذِّلَّةِ وَأَعُوْذُ بِكَ مِنْ أَنْ أَظْلِمَ أَوْ ظُلْلَمَ 

މިދުޢާގައި އެކުލެވިގެންވާ މާނައީ "ހައިހޫނުކަމުންނާއި ވަރަށް މަދުން ލިބުމުންނާއި އަދި ނިކަމެތިކަމުން މިއަޅާ ސަލާމަތްކުރައްވަވައިދެއްވަވާނދޭވެ! އަދި އެހެން މީހެއްގެ ހިތުގައި ޖެހޭފަދަ ކަމެއް ކުރުމުންނާއި އެއްވެސް މީހަކަށް ނުބައިކަމެއް ކުރުމުންނާއި އެހެން މީހުން މިއަޅާއަށް ކުރާ ނުބައި ކަންކަމުން މިއަޅާ ސަލާމަތްކުރައްވަވައި ދެއްވަވާނދޭވެ!"  

މިދުޢާއަކީ ހައިހޫނުކަމާއި އަތްމަތިދަތިވުމާއި ނިކަމެތިކަމުން ސަލާމަތްކުރައްވަވައިދެއްވެވުން އެދި ކުރަން އޮތް ދުޢާއެކެވެ. އަދި އެހެން މީހެއްގެ ހިތުގައި ޖެހޭފަދަ، އެހެން މީހަކަށް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ތިމާ ކުރުމުންނާއި އަދި އެހެން މީހެއްގެ ސަބަބުން ތިމާއަށްވެސް ހިތްދަތިކަމެއް ނުވަތަ އަނިޔާއެއް ނުލިބުން އެދި ކުރަން އޮތް ދުޢާއެކެވެ.

ރަސޫލް މިފަދަ ދުޢާތައް ޙަދީޘްފުޅުކުރައްވަވާފައިވަނީ މީސްތަކުންނަށް އުނގަންނަވައި ދެއްވެވުމަށެވެ. ވީމާ އަހަރެމެންނަށް އޮތީ މިފަދަ ދުޢާތައް ގިނަގިނައިން ކުރުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން