ކާފިރުންގެ ފުރާނަ ހިއްޕަވާ މަލާއިކަތުން ފުރާނަ ހިއްޕަވައިގެން އުޑަށް އުފުއްލަވަން ބޭނުންފުޅުވިޔަސް އެފުރުޞަތެއް ނެތް! ދޮރުކޮޅުތައް ބަންދުވެ ބިމަށް ވައްޓައިލެވޭނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 38ސ
ކާފިރުންގެ ފުރާނަ ހިއްޕަވާ މަލާއިކަތުން ފުރާނަ ހިއްޕަވައިގެން އުޑަށް އުފުއްލަވަން ބޭނުންފުޅުވިޔަސް އެފުރުޞަތެއް ނެތް! ދޮރުކޮޅުތައް ބަންދުވެ ބިމަށް ވައްޓައިލެވޭނީ!

ހެޔޮލަފާ ނިމުމެއް ނުލިބި ކާފިރެއްގެ ގޮތުގައި މަރުވާންޖެހޭ މީހުންގެ ފުރާނައަށް ވެގެންދާނެ ގޮތް އެނގޭހެއްޔެވެ؟ކާފިރުންގެ ފުރާނަ ހިއްޕަވާ ވަޤުތު ކަންކަން ވެގެންދާނެ ގޮތް ކުރިން ބަޔާންކޮށްފީމެވެ. މިހާރު މިބަޔާންކުރަނީ އެފުރާނަ އުޑުތަކަށް އުފުއްލެވޭހިނދު ކަންތައްތައް ވެގެންދާނެ ގޮތެވެ.  

فَيَصْعَدُونَ بِهَا، فَلَا يَمُرُّونَ بِهَا عَلَى مَلَأٍ مِنَ الْمَلَائِكَةِ، إِلَّا قَالُوا: مَا هَذَا الرُّوحُ الْخَبِيثُ؟ فَيَقُولُونَ: فُلَانُ بْنُ فُلَانٍبِأَقْبَحِ أَسْمَائِهِ الَّتِي كَانَ يُسَمَّى بِهَا فِي الدُّنْيَا، حَتَّى يُنْتَهَى بِهِ إِلَى السَّمَاءِ الدُّنْيَا، فَيُسْتَفْتَحُ لَهُ، فَلَا يُفْتَحُ لَهُ، ثُمَّ قَرَأَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ﴿لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْجَنَّةَ حَتَّىٰ يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ﴾ [1] فَيَقُولُ اللَّهُ عَزَّ وَجَلَّ: اكْتُبُوا كِتَابَهُ فِي سِجِّينٍ، فِي الْأَرْضِ السُّفْلَى،  [ثم يُقال: أعيدُوا عَبْدِي إلى الأرضِ فأنّي وعدتُهم أنّي منها خلقتُهم ، وفيها أعيدُهم ، ومنها أُخرجهم تارةً أخرى]، فَتُطْرَحُ رُوحُهُ [مِنَ السَّمَاءِ] طَرْحًا [حتى تقعَ في جسدِه] ثُمَّ قَرَأَ: ﴿وَمَن يُشْرِكْ بِاللَّـهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ﴾ [2] فَتُعَادُ رُوحُهُ فِي جَسَدِهِ 

"ފަހެ އެބޭކަލުން އޭނާގެ ފުރާނަ ހިއްޕަވައިގެން އުޑަށް އަރުއްވާވަޑައިގަންނަވާއިރު (މިފަދައިން) ވިދާޅުނުވާ އެއްވެސް މަލާއިކަތުންގެ ޖަމާޢަތެއްގެ ކައިރިން، އެބޭކަލުން ހުރަސް ނުކުރައްވާނެއެވެ. މިއީ ކޮންފަދަ ނުބައި ފުރާނައެއް ހެއްޔެވެ؟ އެބޭކަލުން ދަންނަވާނެއެވެ. (މިއީ) އެވެނި މިވެނި މީހެއްގެ ދަރިއެކެވެ. ދުނިޔޭގައި އޭނާއަށް ގޮވައިއުޅުނު އެންމެ ނުބައި ނަމަކުން، މަލާއިކަތުން އެ މީހަކަށް މުޚާތަބު ކުރައްވާނެއެވެ. (މައްޗަށް އަރުއްވަމުން ގޮސް) ދުނިޔޭގެ އުޑާ ހަމައަށް ފޯރުމުން، އޭނާއަށް އުޑުގެ ދޮރުކޮޅު ހުޅުއްވައިދެއްވުމަށް އެބޭކަލުން އެދޭނެއެވެ. ފަހެ، އޭނާއަށްޓަކައި (އުޑުގެ ދޮރުކޮޅުތައް) ނުހުޅުވޭނެއެވެ."

ދެން އެއަށްފަހު ރަސޫލާ صلى الله عليه وسلم (މިއާޔަތް) ކިޔަވާ ވިދާޅުވިއެވެ. 

﴿لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْجَنَّةَ حَتَّىٰ يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ﴾  [سورة الأعراف 40]

މާނަ: "އެއުރެންނަށްޓަކައި އުޑުގެ ދޮރުކޮޅުތައް ހުޅުވިގެން ނުދާ ހުށްޓެވެ. އަދި ތިނޯހުގެ ފަގަޔަށް ޖަމަލު ވަދެއްޖައުމަށް ދާންދެން އެއުރެން ސުވަރުގެއަށް ނުވަންނަ ހުށްޓެވެ." 

ފަހެ ﷲ عَزَّ وَجَلَّ ވަޙީކުރައްވާނެއެވެ. އޭނާގެ (ޢަމަލުތަކުގެ) ފޮތް، އެންމެ އަޑީގައިވާ ބިމުގައި، ސިއްޖީންގައި (އެބަހީ: ނަރަކަވަންތަވެރިންގެ ޢަމަލުތައް ލިޔުއްވޭ ތަނުގައި) ލިޔުއްވާށެވެ. ދެން އެއަށްފަހު ވަޙީކުރައްވާނެއެވެ. ތިމަންއިލާހުގެ އަޅާ ބިމަށް ރައްދުކުރައްވާށެވެ. ހަމަކަށަވަރުން (އެއީ) އެބައިމީހުންނަށް ތިމަންއިލާހު ކުރައްވާފައިވާ ވަޢުދުފުޅެކެވެ. އެބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި އެބައިމީހުން އަނބުރާ އިޢާދަކުރައްވާހުށީވެސް އެ ބިމަށެވެ. އަދި ދެވަނަ ފަހަރަށް އެބައިމީހުން ނެރުއްވާހުށީވެސް އެ ބިމުންނެވެ. ދެންފަހެ އުޑުން އެ ފުރާނަ އެއްލައިލެވޭނެއެވެ. އޭނާގެ ހަށިގަނޑަށް އު ފުރާނަ ލެއްވުމަށެވެ. 

އެއަށްފަހު (ނަބިއްޔާ صلى الله عليه وسلم މިއާޔަތް) ކިޔަވާ ވިދާޅުވިއެވެ.

﴿وَمَن يُشْرِكْ بِاللَّـهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ﴾ [سورة الحج 31 ]

މާނައީ: "އަދި ﷲ އަށް ޝަރީކުކުރާ މީހާ ދަންނާށެވެ! ފަހެ އެ މީހާ އުޑުން ވެއްޓި، ދޫނިތައް އެ މީހާ ޖަހައިގަނެގެން ގެންދާ ނުވަތަ ވައިގެ ބާރުން ދުރުތަނަކަށް ވެއްޓިގެންދާ މީހެއްފަދައެވެ."

ފަހެ އޭނާގެ ފުރާނަ ގެނެސް ހަށިގަނޑަށް އަލުން އަނބުރާ އިޢާދަކުރެވޭނެއެވެ. 

" ދެންފަހެ އުޑުން އެ ފުރާނަ އެއްލައިލެވޭނެއެވެ. އޭނާގެ ހަށިގަނޑަށް އު ފުރާނަ ލެއްވުމަށެވެ." ވިސްނާލަންވީ އެހިސާބުން ދެން އެމީހަކަށް ކުރިމަތިވާނެ ބިރުވެރި ޙާލަތާއިމެދުގައެވެ.

   

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން