އެއްވެސް މީހަކީ ތިމާއަށްވުރެ ދެރަ ނިކަމެތި، ދަށު ދަރަޖައިގެ މީހަކު ކަމަކަށް ދެކޭ މީހަކަށް ތަޤްވާވެރިއަކަށް ނުވެވޭނެ! އެމީހަކަށް ލިބިފައި އެވަނީ އިބިލީހުގެ ވިސްނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އެއްވެސް މީހަކީ ތިމާއަށްވުރެ ދެރަ ނިކަމެތި، ދަށު ދަރަޖައިގެ މީހަކު ކަމަކަށް ދެކޭ މީހަކަށް ތަޤްވާވެރިއަކަށް ނުވެވޭނެ! އެމީހަކަށް ލިބިފައި އެވަނީ އިބިލީހުގެ ވިސްނުން!

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީވެސް އެންމެ ދަރަޖަ މަތިވެރިވެގެންވާ  މީހަކީވެސް އެންމެ ބޮޑަށް ﷲ ތަޢާލާ އާއި ކުއްތަންވެވިގެންވާ މީހަކީވެސް ތަޤްވާވެރިކަން އެންމެ ބޮޑު މީހާއެވެ.  

ތަޤްވާވެރިކަން ލިބިގެންވާ މީހަކު އެއްވެސް މީހަކީ ތިމާއަށްވުރެ ދެރަ ނިކަމެތި، ދަށު ދަރަޖައިގެ މީހަކު ކަމަކަށް ނުދެކޭނެއެވެ.  

ވިސްނައިލާށެވެ! އިބިލީސް، އިބިލީހަކަށްވީ އެ ނުބައި ވިސްނުން އޭނާއަށް ލިބުމުންނެވެ. ޢާދަމްގެފާނަކީ އޭއްޗަށްވުރެ ދަށުދަރަޖައިގެ މީހަކު ކަމަށް ވިސްނުމުންނެވެ. ﷲ ތަޢާލާ އާދަމްގެފާނުގެ ދަރަޖަ އެހައި މަތިވެރިކުރެއްވެވުމުންވެސް އެކަން ޤަބޫލުނުކުރެވުނީތީއެވެ. ބޮޑާވެ ކިބުރުވެރި ވެވުނީތީއެވެ. 

އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އިންސާނުންގެ ތެރޭގައި އެ ނުބައި ވިސްނުން އެބަ އޮތެވެ. އެކަމުގެ ސަބަބުން މަގުފުރެދި އެތައް ބައަކު މިދަނީ ހަލާކުގެ ތެރެއަށް ވެއްޓެމުންނެވެ. ވީމާ ތަޤްވާވެރިއަކަށްވުމަށްޓަކައި ފުރަތަމަވެސް ކުރަން ޖެހޭ އެއްކަމަކީ މިބަޔާންކުރި ނުބައި ވިސްނުން ނުގެންގުޅުމެވެ. އެފަދަ ވިސްނުމެއް އެމީހާގެ ކިބައިގައި ހުރިނަމަ އެމީހަކީ ތަޤްވާވެރިއަކަށް ނުވެވޭނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން