އެންމެ ފައިދާކުރާނެ ހެޔޮލަފާ ބައިވެރިއަކު ލިބުމަށް އެދުމުގެ އިތުރުން ކައިވެނިކުރެވުމުންވެސް ކުރަން އެންމެ ފައިދާހުރި ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އެންމެ ފައިދާކުރާނެ ހެޔޮލަފާ ބައިވެރިއަކު ލިބުމަށް އެދުމުގެ އިތުރުން ކައިވެނިކުރެވުމުންވެސް ކުރަން އެންމެ ފައިދާހުރި ދުޢާ!

އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނީ ހެޔޮލަފާ ބައިވެރިއެކެވެ. އެކަމަށް ދެބަހެއް ނުވެވޭނެއެވެ. އެހެންވެ ހެޔޮލަފާ ބައިވެރިއަކަށް އެދިގެން ކުރާނެ ރަނގަޅު ދުޢާއަކަށް ގިނަ ބައަކު އެދެއެވެ.  

އެހެންވެ އަހުރެންގެ ވިސްނުމުން ފެނުނު އެންމެ ރަނގަޅު ދުޢާ ބުނެލާނަމެވެ. އެދުޢާއަކީ އަލް ފުރްޤާން ސޫރަތުގެ 74 ވަނަ އާޔަތުގައިވާ ދުޢާއެވެ.

ހެޔޮލަފާ އަންތބަކަށް އެދިގެންވެސް އަދި ފިއަކަށް އެދިގެންވެސް މިދުޢާކުރާށެވެ. އަދި ކައިވެނިކޮށްގެންހުރެ މިދުޢާކުރާނަމަ ބައިވެރިޔާގެ ކިބައިން ލިބޭ ހިތްހަމަޖެހުން ބޮޑުވެ އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ  

އަހުރެން ބުނާނީ އިޚްލާޞްތެރިކަމާއި ކެތްތެރިކަމާއިއެކު މިދުޢާ ކުރާނަމަ އެމީހަކަށް ހިންމަވައިދެއްވަވާނެކަން ޔަޤީން ކަމަށެވެ. އިން ޝާ ﷲ  

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا 

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން