މިއަދުހުރި ތަނަވަސްކަން މާދަމާ ނެތިދާނެކަމަށް ނުވިސްނައި ދަރިން އެދޭހާ ފެންވަރެއްގަ ކަންކަން ކޮށްދިނުމަކީ ދަރިންނަށް ދެވޭ އެންމެ ގެއްލުން ބޮޑު ތަރުބިއްޔަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
މިއަދުހުރި ތަނަވަސްކަން މާދަމާ ނެތިދާނެކަމަށް ނުވިސްނައި ދަރިން އެދޭހާ ފެންވަރެއްގަ ކަންކަން ކޮށްދިނުމަކީ ދަރިންނަށް ދެވޭ އެންމެ ގެއްލުން ބޮޑު ތަރުބިއްޔަތު!

ހުރިހާ ބެލެނިވެރިންނަކީ ފުދުންތެރިންނެއް ނޫނެވެ. ބެލެނިވެރިންގެ ކިބައިގައި ފުދުންތެރިކަންހުންނާނީ އެކިވަރަށެވެ. ނަމަވެސް ދަރިންނަކަށް އެކަންކަމެއް ނުވިސްނޭނެއެވެ. އެެހން ކުދިންވެސް ގެންގުޅޭ ފެންވަރުގެ ތަކެތި ގެންގުޅެން ބޭނުންވާނެއެވެ. އެފެންވަރުގެ ތަކެއްޗަށް އެދޭނެއެވެ. ތަނަވަސްކަން ކުޑަ ބެލެނިވެރިންނަށް މިކަން ވަނީ ވަރަށް ބޮޑު މައްސަލައަކަށެވެ.

އެހެންވެ އެކަން ޙައްލުކުރަން ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކާއިބެހޭ ގޮތުން ބައެއް ބެލެނިވެރިން ސުވާލުކުރައްވައެވެ.

މިފަދަ ސުވާލުތަކުގެ ޖަވާބުގައި ބުނެލަން އޮތީ އެންމެ ކުޑައިރުންސުރެ ނިކަމެތިންނާއި ފަޤީރުން ތިބޭނެކަމާއި އެއީ އެއްވެސް މައްސަލައެއް ނޫންކަމާއި ތިމާމެންނަކީ ތަނަވަސްކަން ކުޑަ ބައަކުކަން ވިސްނައިދޭށެވެ. އަދި އިމްތިޙާނުތަކުން މަތީދަރަޖައިން ފާސްވެ މޮޅުކުައްޖަކަށް ވެވެނީ ގެންގުޅޭ އަގުބޮޑުތަކެތިން ނޫންކަމާއި ބަސްއަހައި ފިލާވަޅުދަސްކުރާ ވަރަކުންކަން ވިސްނައިދީ ހިތްވަރުދޭށެވެ. އަދި ދަރިފުޅަށް ކަންކަން މިކޮށްދެނީ ކޮށްދެވެން އޮތް އެންމެ ރަނގަޅަށްކަންވެސް ވިސްނައިދޭށެވެ.

ތިރީގައި އެވަނީ ތިއަފަދަ މައްސަލަތަކާއި ގުޅުންހުރި މައުލޫމާތު ހިމެނޭ ލިޔުމެކެވެ.

"އަޅުގަނޑަކީ އައިނު ހަދާ ފިހާރައެއްގަ މަސައްކަތްކުރާ މީހެއް. ތަނަވަސްކަން ހުންނަ ބެލެނިވެރިން ފިހާރައަށް ވަންނަގޮތަށް ބުނާނީ ދަރިފުޅު ބޭނުން ފްރޭމެއް ނަގަން. ދެން އެކުދިން އެބަ ނަގާ ވަރަށް އަގުބޮޑު އެކަމަކު ވަރަށް ބަލިކަށި ފްރޭމްވެސް.. އެކަމަކުވެސް މައިންބަފައިން އަޅައިވެސް ނުލާނެ. ދަރިފުޅު ދެއްކި ފްރޭމް ގަންނަން ބޭނުންވާނީ!"

"ދެން މިއަންނަނީ ފަޤީރުން. ހަމަ އެފަދަ ގޮތަކަށް ކަންކަން ކުރަނީ. އާސަންދައިން ފްރޭމާ ބިއްލޫރި ހަމަވާން އޮތްނަމަވެސް ނުވަތަ އަތުން ކުޑަކުޑަ މިންވަރެއް އިތުރަށް ލައިގެން ރަނގަޅު ފެންވަރުގެ އައިނެއް ހެދެން އޮތް ނަމަވެސް ހަމަ ދަރިފުޅު ބުނާ އައިނު ހައްދަން ބޭނުންވާނީ."

މިއީ ހަމަ ޜާއްޖޭގައި ކަންކަން ހިނގަމުނަދާގޮތް ކަމުގައިވާތީ މިބަޔާންކޮށްލަނީ މިފަދަ ކަންކަމުގައި އިމާމް މުފްތީ ވިދާޅުވެފައިވުމުން ކިޔުންތެރިންނަށް ގެނެސްދެވިފައިވާ ބަސްކޮޅެކެވެ. ހަނދުމަފުޅު އައުކޮށްލައިދިިނުމުގެ ގޮތުންނެވެ!

މުފްތީ މެންކު ވިދާޅުވެފައިވެއެވެ.

"ދަރިންނަށް އެންމެ އަގުބޮޑު ތަކެތި ހޯދައިދިނުމަކީވެސް ހަމަ މައްސަލައެކެވެ. އެއިރުން އެމީހުންނަށް ދަސްވެފައިހުންނާނީ ވަރަށް އަގު ބޮޑު ދިރިއުޅުމެކެވެ. ލިބޭ ފިރިމީހާއަކީ އެފެންވަރުގެ މީހަކަށް ނުވެއްޖެނަމަ ހަމަ ކުރިން ބުނި މައްސަލަތައް ކުރިމަތިވާނެއެވެ. މިފަދަ ކަންކަން މިހާރުވެސް ދަނީ ހަމަ ހިނގަމުންނެވެ.

ކިތަންމެ ތަނަވަސް ނަމަވެސް ދަރިން ތަރުބިއްޔަތުކުރަން ޖެހޭނީ ލިބޭ މިންވަރަކުން ދިރިއުޅުން ހަމަޖައްސަން ދަސްކޮށްދެވޭ އަޚްލާޤެއްގެ ތެރެއިންނެވެ. އެކަމަށް ދަރިން ހޭލުންތެރިކުރުވަންވާނެއެވެ. ކިތަންމެ އާދައިގެ ދިރިއުޅުމެއް އުޅެން ޖެހުނު ނަމަވެސް އުޅެވޭނެ ގޮތަށެވެ. އެހެންކަމުން ފަޤީރުންވެސް ދުނިޔޭގައި އުޅޭކަން ބުނެދީ ފަޤީރުންގެ ދިރިއުޅުމާއިބެހޭ މައުލޫމާތު އެންމެ ކުޑައިރުންސުރެ ދަރިންނަށް ދޭންޖެހޭނެއެވެ! އެކުދިން އެފަދަ ހާލަތަކަށް ހޭލުންތެރިކުރުވަންވާނެއެވެ!

އަބަދުވެސް ވިސްނަންވާނީ ލިބިފައިވާ ތަނަވަސްކަން ތިމާމެންގެ ކިބައިންވެސް ގެއްލިދާނެ ކަމަށެވެ. ނިކަމެތި ހާލަތެއްގައި ދިރިއުޅެން ޖެހިދާނެ ކަމަށެވެ. ދަރިން ތަރުބިއްޔަތު ކުރަންވާނީ މިފަދަ ހުރިހާ ކަންކަމަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ދަރިންނަށް ތައުލީމު ޑޭން މަސައްކަތްކުރާ ފަދައިން ދިރިއުޅުމުގެ ރިވެތި ސިފަތައް ދަސްކޮށްދިނުމަކީވެސް ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ."

 

މިއަދު އޮންލައިން