ސުވަރުގެ ލިބުމަށް މަގުފަހިވާނީ ތިމާއަށް ނުދެއްވަވާ ނިޢުމަތްތަކާއި ވިސްނަން ވަޤުތުހޭދަނުކޮށް ދެއްވަވާފައިވާ ނިޢުމަތްތަކުގެ ބޭނުންހިފަން މަސައްކަތްކުރާ މީހުންނަށް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ސުވަރުގެ ލިބުމަށް މަގުފަހިވާނީ ތިމާއަށް ނުދެއްވަވާ ނިޢުމަތްތަކާއި ވިސްނަން ވަޤުތުހޭދަނުކޮށް ދެއްވަވާފައިވާ ނިޢުމަތްތަކުގެ ބޭނުންހިފަން މަސައްކަތްކުރާ މީހުންނަށް! އިން ޝާ ﷲ

ފުރަތަމަވެސް ޔަޤީންކުރާށެވެ! ﷲ ތަޢާލާ ތިބާއަށް ނުދެއްވަވާ އެއްވެސް ނިޢުމަތަކާއި ގުޅިގެން ތިބާއާއި ސުވާލެއް ނުކުރައްވަވާނެއެވެ. ސުވާލުކުރައްވަވާނީ ތިބާއަށް ދެއްވެވި ނިޢްމަތްތަކުގެ ބޭނުން ހިފިގޮތާއިބެހޭ ގޮތުންނެވެ. ތިބާގެ އަމިއްލަ އިޚްތިޔާރުގައި ކުރި ކަންކަމަށް ސުވާލުކުރައްވަވަނީ އިޚްތިޔާރުތައް ދެއްވެވުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތަކަށްވާތީއެވެ.

ދުނިޔެ ފެށުނީންސުރެ ޤިޔާމަތްވުމުގެ ތާޅަފިލި ފުންމަވައިލައްވަވަންދެން ﷲ ތަޢާލާގެ ރަޙްމަތްފުޅާއި ޚަޒާނާގެ ދޮރުކޮޅުތައް ވަނީ ހުޅުއްވަވައިލައްވަވައިފައެވެ. އޮތީ އަހަރެމެންނަށް ނަގަން ކެރުނު ވަރެކެވެ. ނަގައި ފޮށިފޮށްޓަށް އަޅައި ޢާޚިރަތް ދުވަހަށްޓަކައި ގެންދަން ކެރުނު ވަރެކެވެ. ރެއާއި ދުވާލު އެކުގައި ޚަޒާނާއަށް އަތް ބާނައި ނުވަތަ ދަތްގަނޑުތަކުން ނަގަމުން ދިއަ ނަމަވެސް ހަމަ ޒައްރެއްގެ މިންވަރުވެސް ﷲ ތަޢާލާގެ ޚަޒާނާއިން މަދެއް ނުވާނެއެވެ.

ދިރިހުރި ކޮންމެ ދުވަހަކީ ފުރުޞަތު ހުޅުވާލެވިފައިވާ ދުވަހެކެވެ. މަރުވުމާއިއެކު ފުރުޞަތު ބަންދުވީއެވެ. ވީމާ ވިސްނާށެވެ! މިއުޅެނީ ދަތުރަކު ދާށެވެ! އެ ޤައުމަކު ކޭޝްކާޑު ބޭނުމެއް ނުކުރެވެއެވެ. ބޭނުން ކުރެވެނީ އަތުން ގެންދިއަ މިންވަރެކެވެ. ވީއިރު އެކައުންޓުގައި ކިތަންމެ ގިނައިން ހުރި ނަމަވެސް ނުގެންދާނަމަ އެ ޤައުމުގައި ހިފޭނީ ކޮން ބޭނުމެއް ހެއްޔެވެ؟ ބޭނުން ހިފޭނީ ގެންދިއަ ވަރެއް ނޫން ހެއްޔެވެ؟

ހަމަ އެފަދައިން ﷲ ތަޢާލާ ވަނީ މީސްތަކުންނަށްޓަކައި އެކަލާނގެ ޚަޒާނާ ހުޅުއްވަވައިލަ ދެއްވަވައިފައެވެ. ނެގުނު ވަރަކަށް ނަގާށެވެ! ނަގައިގެން ކައްވަޅަށް ނުގެންދެވުނުނަމަ އެމީހަކަށް އާޚިރަތުގައި ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ!

--އިސްލާމީ ތލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން