ކައިވެނި ނުކުރެ ވިލަސްވާތީ ކޮންމެ ގޮތަކުންނަމަވެސް ބައިވެރިއަކު ހޯދަން ނުކުންނަ ގިނަބައަކު އެނަގައިލަނީ އުފާވެރި ދިރިއުޅުމަކާ އާޚިރަތް ލިބިގަނެވެން އޮތް ފުރުޞަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކައިވެނި ނުކުރެ ވިލަސްވާތީ ކޮންމެ ގޮތަކުންނަމަވެސް ބައިވެރިއަކު ހޯދަން ނުކުންނަ ގިނަބައަކު އެނަގައިލަނީ އުފާވެރި ދިރިއުޅުމަކާ އާޚިރަތް ލިބިގަނެވެން އޮތް ފުރުޞަތު!

ޞިއްޙަތު ސަލާމަތުން ހުރިނަމަ އެމީހެއްގެ ދިރިއުޅުން ފުރިހަމަވާނީ ޙަޔާތަށް ބައިވެރިއަކު ލިބިގެންނެވެ. އެހެނަސް ބައެއް މީހުންނަށް ތަންކޮޅެއް ގިނަ ދުވަހު އެކަމަށް އެދިގެން އިންތިޒާރުކުރަންޖެހެއެވެ. އެއީ އެކަން ﷲ ތަޢާލާ މިންވަރުކުރައްވަވާ ގޮތެވެ.

އެކަމަށް ވިސްނައިނުލެވޭ މީހުން ވިސްނާށެވެ! މުސްލިމުންގެ ތެރެއިން ގިނަ ބައަކު ގެއްލުމާއި ހަލާކުގެ ތެރެއަށް ވެއްޓިގަންނަ އެންމެ ޢާންމު އެއް ސަބަބަކީ ކައިވެނިކުރެވުން މާލަސްވެއްޖެ ކަމަށް ޤަބޫލުކުރެވުމެވެ. ކޮންމެ ގޮތަކުން ނަމަވެސް ބައިވެރިއަކު ހޯދަން މަގުތަކަށް ނުކުމެވޭތީއެވެ. ބައިވެރިއަކު ހޯދަން ދީނުގައި އޮތް ރިވެތި ގޮތް ދޫކޮށްލެވޭތީއެވެ.

"އަހަރެމެންގެ ތެރެއިން ގިނަ ބައަކު ހަލާކުގެ ތެރެއަށް ވެއްޓެމުން މިދަނީ ކަންބޮޑުވާން ނުޖެހޭ ކަންކަމާއިމެދު ކަންބޮޑުވާތީއެވެ. އެކަންކަމަށް ވިސްނަން ވަގުތުތައް ހޭދަކުރެވޭތީއެވެ!

މިހާރަކަށް އައިސް އުމުރުން 23 ވަރަކަށް އަހަރުވާއިރަށް ކައިވެނި ނުކުރެވިއްޖެނަމަ ދެން ތިމާއަށް ކައިވެނި ކުރެވިދާނެކަމާއިމެދު ގިނަ ބައަކު ކަންބޮޑުވެއެވެ. އެކަމާއި ފިކުރުކުރަން ފަށައެވެ.

ކައިވެނިކުރެވުން ލަސްވާތީ ކަންބޮޑުވެގެން އުޅުމަކީ ފައސޭހައިން ކައިވެނިކުރެވޭނެ ސަބަބެއްނަމަ އަހަރެމެން ކޮންމެ މީހެއްގެ (ގިނަބައެއްގެ) 4 އަނބިން ތިބޭނެއެވެ! ﷲއަކްބަރު!

އެއްވެސް ކަމެއްގައި އެމީހާއަށް ގެއްލުން ލިބޭވަރަށް ވިސްނުމެއް ނެތެވެ. އެކަމެއް ޙާޞިލުކުރަން ކުރެވެންހުރި މަސައްކަތްތަކެއްކުރާށެވެ! އެއަށްފަހު ﷲ ތަޢާލާއަށް ވަކީލްކުރާށެވެ!"

މުފްތީ މެންކް މިމޭރުމުން ވިދާޅުވެފައިވާ ވީޑިއޯއެއް ހާމަކުރަމުން އަލަށް އިސްލާމްވި އަންހެން ކުއްޖަކު ބުނެފައިވަނީ އޭނާއަށް އިސްލާމް ދީނުގެ ހިދާޔަތް ލިބުނީ ﷲ ތަޢާލާ ދެއްވެވުމުން ކަމަށެވެ. އަދި އެކަމަށް މެދުވެރިވި ސަބަބަކީ މުފްތީ މެންކުގެ ދަރުސްތައް އަޑުއެހުން ކަމަށެވެ.

މުފްތީ މެންކުގެ މިބަސްފުޅު އަމާޒުކުރައްވާފައި އެވަނީ ފިރިހެނުންނަށެވެ. ލޮބުވެތި ކަނބަލުންވެސް ވިސްނަނަވަންވީ އެބަސްފުޅު ތިއަ ލޮބުވެތި ކަނބަލުންނަށް އަމާޒުކޮށްގެންނެވެ. "ކަންބޮޑުވެ ފިކުރުކޮށްގެން ފިރިއަކު ލިބޭނެ ނަމަ ހުރިހާ އަންހެނުން ތިބޭނީ ކައިވެނިކޮށްގެން" ކަމަށް ވިސްނަވައިލެއްވުމުން ބަސްފުޅުގެ ފައިދާ ކުރާނެއެވެ.

 

މިއަދު އޮންލައިން