ތަނަވަސް މީހުން ޞަދަޤާތް ނުކުރާތީ ކަންބޮޑުވުމުގެ ކުރިން ތިމާގެ އަތުގަ އޮތް މަދު މިންވަރުން ނިކަން ޞަދަޤާތް ކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ތަނަވަސް މީހުން ޞަދަޤާތް ނުކުރާތީ ކަންބޮޑުވުމުގެ ކުރިން ތިމާގެ އަތުގަ އޮތް މަދު މިންވަރުން ނިކަން ޞަދަޤާތް ކޮށްބަލަ!

ޞަދަޤާތް ކުރުމަކީ ހަމައެކަނި ތަނަވަސް މީހުން ކުރަން އޮތް ކަމެއް ނޫނެވެ. އެމީހެއްގެ އަތުިގައި އޮތް މިންވަރަކުން ކޮންމެ މީހަކުވެސް ކުރަން އޮތް ކަމެކެވެ. ދޭނެ އެއްޗެއް އަތުގައި ނެތްނަމަ ކަމެއް ކޮށްލައިދިނަސް އެކުރެވުނީ ޞަދަޤާތެކެވެ.

އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ ތަނަވަސްކަން ލިބިގެންވާ މީހުން ފަޤީރުންނަށް އެހީތެރިނުވާ ވާހަކައެވެ. މިވާހަކަ ދައްކާ މީހުންގެ ގާތުގައި ސުވާލެއްކޮށްލަން ބޭނުންވެއެވެ. އެސުވާލަކީ ތިބާގެ އަތުގައި ހުރި މަދު އެތިކޮޅުން އެހެން މީހަކަށް މިންވަރެއް ދޭން ތިބާ އެއްބަސްނުވަނީ ކީއްވެގެން ހެއްޔެވެ؟  

ޖަވާބަކީ ތިބާގެ އަތުގައި ފުދޭވަރަށް ހުރިކަމަށް ތިބާއަށް ޤަބޫލުނުކުރެވުން ކަމަށްވާނަމަ ތަނަވަސް ކަން ލިބި 10 ބިލިއަން ޑޮލަރު އަތުގައި ހުންނަ މީހުންނަށްވެސް ޖެހެނީ ހަމަ އެއް މައްސަލައެއް ކަމަށް ޤަބޫލުކުރާށެވެ. ތިބާގެ އަތުގައި ފުދޭވަރަށް ނެތްކަމަށް ތިބާއަށް ޤަބޫލުކުރެވޭފަދައިން 10 ބިލިއަން ޑޮލަރު އަތުގައި ހުރި މީހާއަށްވެސް އޭނާގެ އަތުގައި ފުދޭވަރަށް ހުރިކަން އޭނާއަށް ޤަބޫލުނުކުރެވެނީއެވެ.  

މިފަދަ ހުރިހާ ކަމަކުންވެސް އަންގައި މިދެނީ ހަމަ އެންމެ ކަމެކެވެ. އިންސާނާގެ ހިތް އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު ނުފުރޭނެކަމަށް އޮތް ޙަދީޘްފުޅުގެ ތެދުކަމެވެ. ރަނުގެ ވާދީއެއް ލިބިއްޖެނަމަ 2 ވަނަ ވާދީއަކަށް އެދޭނެކަމަށާއި ލިބޭ ވަރަކަށް އިތުރަށް އެދެމުންދާނެކަމަށް އޮތް ބަސްފުޅުގެ ތެދުކަމެވެ.  

ދެން ބަލައިލަންވީ މައްސަލައިގެ ޙައްލަށެވެ. ޙައްލަކީ ކަދުރުއޮށެއްގެ ފަޅިވަރެއް ޞަދަޤާތްކޮށްގެން ނަމަވެސް އެމީހެއްގެ ހަށިގަނޑު ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރަން އޮތް ޙަދީޘްފުޅަށް އެންމެންވެސް ޢަމަލުކުރުމެވެ. އެގޮތަށް ޢަމަލުކުރެވިއްޖެނަމަ މައްސަލަ އެއް ފަހަރުން ޙައްލުކުރެވުނީއެވެ.

 

- އއިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން