ކަންކަން ކާމިޔާބުނުކުރެވޭނަމަ ސަމާލުކަންދޭންވީ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކަންކަން ކާމިޔާބުނުކުރެވޭނަމަ ސަމާލުކަންދޭންވީ ކަންކަން-

އެންމެންނަކީ ހުރިހާ ކަންކަން ކުރުމުގެ ޤާބިލުކަން ލިބިފައިވާ ބައެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަންވެސް ހުންނާނެއެވެ. އެކަން ޤަބޫލުކުރަންވާނެއެވެ. ކަންކަން ކުރަން އުޅެންވާނީ އެކަމަށް ވިސްނައިގެންނެވެ. 

ގިނަ ބައަކަށް އެމީހުންނަކީ ކާމިޔާބު މީހުންނަށް ނުވެވޭ ސަބަބާއިމެދު ސުވާލުކުރެއެވެ. އެސުވާލުގެ ޖަވާބުގައި ކަމުގެ މާހިރުން ވިދާޅުވާ ބައެއް ސަބަބުތަކަށް ބަލައިލާނަމެވެ. 

1 އެކަމެއް ކުރަން ތިމާގެ ވިސްނުމުގައި ހުންނަތާ (ޝައުޤުވެރިވެވޭތާ) ގިނަދުވަސްތަކެއްވެފައިވާތީ އެކަމެއް ކުރަން އުޅެވުން 

2 އެކަމަކީ ރަނގަޅުވާނެ ކަމެއްކަމަށް މީހުން ބުނާ ކަންކަން ކުރަން އުޅެވުން 

3 އެކަމަކީ އެހެން މީހުންނަށް ކާމިޔާބުކުރެވިފައިވާ ކަމަކަށްވުމުން ތިމާވެސް އެކަމެއް ކުރަން ބޭނުންވުން 

ކާމިޔާބު މީހަކަށް ވެވޭނީ އެކަމަކީ ތިމާއަށް ކުރެވިދާނެ ކަމެއްކަމަށް ތިމާއަށް ޔަޤީންކުރެވޭ، އަދި އެކަމަކީ ކުރަން ތިމާ ޙަޤީޤަތުގައިވެސް ޝައުޤުވެރިވާ، އަދި އެކަމެއް ކުރުމުގެ ޤާބިލްކަން، ހުނަރު ތިމާއަށް ލިބިފައިވާ ކަންކަން ކުރަން އުޅުމުންނެވެ. 

ކަމެއްކުރަން އުޅޭއިރު މީހުންގެ ޚިޔާލު ހޯދުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކަމެއް ކުރަންވާނީ މިބުނި ކަންކަމަށް ވިސްނައިގެންނެވެ. ބުއްދިވެރިންނަކީ ތިމާ ކުރަންބޭނުންވާ ކަންކަން އިތުރަށް ފުރިހަމަކުރެވޭނެ ގޮތުގެ ޚިޔާލު މީހުންގެ ކިބައިން ހޯދިނަމަވެސް މީހުން ބުނާތީ އެކަމެއް ކުރަން ބޭނުން ނުވާ މީހުންނެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން