ފޫހިފިލުވަން ނުވަތަ ހިތްހަމަޖައްސަންނަމަވެސް ލަވަކިޔައި ލަވަ އަޑުއެހުމުގެ ބަދަލުގައި ޤުރްއާނުގެ އާޔަތެއް ނަމަވެސް ކިޔަވައި އަޑުއަހަންފަށައި ލިބޭ ކުރިއެރުން ނިކަން ތަޖުރިބާ ކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ފޫހިފިލުވަން ނުވަތަ ހިތްހަމަޖައްސަންނަމަވެސް ލަވަކިޔައި ލަވަ އަޑުއެހުމުގެ ބަދަލުގައި ޤުރްއާނުގެ އާޔަތެއް ނަމަވެސް ކިޔަވައި އަޑުއަހަންފަށައި ލިބޭ ކުރިއެރުން ނިކަން ތަޖުރިބާ ކޮށްބަލަ!

ފޫހިފިލުވަން ނުވަތަ ހިތްހަމަޖައްސާލަންނަމަވެސް ލަވަކިޔައި ލަވަ އަޑުއަހައި އުޅޭ މީހުން އެކަމުގެ ބަދަލުގައި ޤުރްއާނުގެ އާޔަތެއް ނަމަވެސް ކިޔަވައި އަޑުއަހަންފަށައި އެކަމުން ލިބޭ ކުރިއެރުން ނިކަން ތަޖުރިބާ ކޮށްލައިބަލާށެވެވެ! 

މީހުންނާއި މަޝްވަރާކޮށް ބަހުސްކުރަން ވަޤުތުނަގާނުލާށެވެ! އަހުރެން ބުނީތީ ނަމަވެސް މިކަންކުރި މީހުން ބުނެފައިވަނީ ދިރިއުޅުމަށް ރަނގަޅު ބަދަލުތަކެއް އަންނަ ކަމަށެވެ. ތަޤްވާވެރިކަން އިތުރުވެ ދިރިއުޅުމަށް ކުރިއެރުން ލިބޭ ކަމަށެވެ. އަމިއްލަނަފްސަށް ކުރެވޭ އިތުބާރު ބޮޑުތަނުން ބޮޑުވެގެންދާ ކަމަށެވެ. 

އެކަންކުރަން އޮތީ ކަމަކަށް ކަމެއްކުރާ އުޞޫލަކުން ނޫނެވެ. އެކަމުން ތިމާގެ ޙަޔާތަށް ރަނގަޅު ހެޔޮ ބަދަލެއް ގެނައުމަށް ނިޔަތްގަނެ ﷲ ތަޢާލާގެ ރަޙްމަތަށް އެދެމުންނެވެ. ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ނިޔަތުގެ މައްޗަށެވެ. ވީމާ ޢަމަލުކުރަންވާނީ އެކަމުން ތިމާއަށް ރަޙްމަތް ލައްވަވާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ. 

ތިމާގެ ހިތުން ޝައިޠޯނާއަށް ޖާގަނުދޭށެވެ! އެމީހެއްގެ ހިތް ކީރިތި ޤުރްއާނުން ފުރާލައިފި މީހަކަށް ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތައް ވަރަށް ގިނަވާނެއެވެ. ލައްވަވާ ރަޙްމަތް ވަރަށް ބޮޑުވާނެއެވެ. އެއިގެ ތެރޭގައި އެމީހަކަށް ސަލާމަތާއި ރައްކައުތެރިކަން ދެއްވެވުންވެސް ހިމެނެއެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން