ކޮންމެ ޢާއިލާއެއްގެ ތެރޭގައިވެސް މައްސަލަތަކެއް ހުންނާނެއެވެ. އަދި އެކިވަރުގެ ކަންކަން ދާނީވެސް ކުރިމަތިވަމުންނެވެ. އަހުރެމެންނަށް އޮތީ އެކަންކަން ޙައްލުކޮށް ޢާއިލާ ގުޅުން ދަމަހައްޓަން މަސައްކަތްކުރުމެވެ. އެކަމަށްޓަކައި ކިތަންމެ ބޮޑު ޤުރްބާނީއެއް ވާންޖެހުނު ނަމަވެސްމެއެވެ.
އެހެނެއްކަމަކު ގިނަފަހަރު ވަމުން މިދަނީ އެހެނެއް ނޫނެވެ. ތިމާއަށް ކިތަންމެ ކުޑަ ނަމަވެސް ދެރއެއް ލިބޭއިރަށް އެކަންވެސް އަޅުވަނީ ޢާއިލާގެ ނުވަތަ އެންމެ ގާތް ކޮންމެވެސް މީހެއްގެ ބޮލުގައެވެ. އެއީ ޝައިޠޯނާ އެގޮތަށް ވިސްނައިދޭތީއެވެ.
އެފަދަ ފިތުނަތައް އުފެއްދުވުމަށްޓަކައި ޝައިޠޯނާ ކިތަންމެ ބޮޑު ދޮގެއްވެސް ހަދައިފާނެއެވެ. އެއީ ޢާއިލީ ގުޅުން ކަޏޑުވައިލުމުން ލިބެން އޮތް ބޮޑު ދެރަ އެމީހަކަށް ދިނުމަށްޓަކައެވެ. ވީމާ މިކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ.
ސަބަބުވެސް މިބުނަނީއެވެ. ފުރަތަމަ ކަމަކީ ޢާއިލީ ގުޅުން ކަނޑައި މީހަކަށް ޙަސަދަވެރިވެގެން ހުރުމަކީ ޤިޔާމަތް ދުވަހު ތިމާއަށް ސުވަރުގެ ވަންނަލިބޭ ފުރުޞަތު ބޮޑުތަނުން ކުޑަވެގެންދާ ސަބަބެކެވެ. މިއީ ޤިޔާމަތް ދުވަހު މީހަކަށް ލިބޭނެ އެންމެ ބޮޑުދެރައެވެ.
ދެވަނަކަމަކީ ތިމާއަށް ނިކަމެތިކަމެއް ލިބި ދަތިޙާލެއްގައި އުޅެންޖެހިއްޖެނަމަ އެހީތެރިވާނެ ބައަކު ނުތިބޭނެ ކަމެވެ. މިއީ ދުނިޔޭގައި މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.
ވީމާ ނިންމާލަމުންވެސް ބުނެލަން އޮތީ ޢާއިލާގެ މީހެއްގެ ކިބައިން ދެރައެއް ލިބުނަސް އެމީހަކާއި ގުޅުން ނުކަނޑާށެވެ. އަދި ޝައްކެއްގެ މައްޗަށް އެއްވެސް މީހަކު ކުށްވެރިނުކުރާށެވެ! ޢާއިލީ ގުޅުން ދަމަހައްޓަންޖެހޭ އެންމެ ބޮޑު ސަބަބަކީ އެކަންކުރަން ﷲ ތަޢާލާގެ ގަދަ އަމުރުފުޅު އޮތުމެވެ. ވީމާ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވެ ޢަމަލުކުރާށެވެ. އެއިރުން ﷲ ތަޢާލާ ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން