ޝައިޚުގެ ބަސްފުޅަށް ފެށުމުގެ ކުރިން ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ޢިލްމްވެރިން ދެއްވާ ދަރުސްތައް އަޑުއެހުމުގެ މުހިންމު ކަމެވެ. އެޒުވާނާއަށް އަސަރުކުރީ ދަރުސް އަޑުއެހީތީއެވެ. ވީމާ ދަރުސްތައް އަޑުއެހުމަކީ ތައުބާވެ ހެޔޮ ޢަމަލުކުރަން އަވަސްގަތުމަށް މަގުފަހިވެގެންދާ ކަމެއްކަން އެބައެނގެއެވެ.
ދަރުސް:
ބޭފުޅުންނޭ، އެއްދުވަހެއްގައި މިސްކިތެއްގައި ދަރުސެއް ނިންމާލައިފައި އަޅުގަނޑު ނުކުތް އިރުގައި މިސްކިތުގެ ފެންޑާމަތިން ދިމާވަނީ ޒުވާން އުމުރުގެ ޒުވާން ފިރިހެން ބޭފުޅަކާ. ދެލޮލުން ފެން އައިއްސަ، ފެންކަޅިވެފަ، މުޅި މީހާގެ މޫނުމަތިން ފެންނަނީ މާޔޫސްކަން. ހިތުގައި ހުރީ ވޭނާއި ކެކުޅުންކަން އޭނާގެ މޫނުމަތިން ދައްކައިދޭ.
އަޅުގަނޑާއި ސަލާން ކޮށްލާފައި އޭނަ ބުނަނީ، ޝޭޚުއޭ، ﷲ ތަބާރަކަ ވަތަޢާލާ ތިމަންނައަށް ފުއްސަވާނެއެހެއްޔެވެ. ތިމަންނަ ނުކުރާ ފާފައެއް، ނުކުރާ ކުށެއް ބިންމަތީގައި ނެތޭ. ތިމަންނައަށް މިހާ މި..... އަޅުގަނޑު ނާހަން، ތަފްސީލަކަށް ނުދަން. އަޅުގަނޑު ބޭނުމެއް ނޫން ތަފްސީލަކަށް ދާކަށް. ވިދާޅުވަނީ ތިމަންނައަށް ނެތޭ ނުކުރެވޭ ކުށެއް. ތިމަންނައަށް ﷲ ފުއްސަވާނެހޭ؟ އޭނާ ބުނާކަހަލަ ތިމަންނަ ﷲ ގެ ހަޒްރަތުން މާފަށް އެދެން ބޭނުމޭ. މި ކުށްތަކުން ތިމަންނަ ސަލާމަތް ވާން ބޭނުމޭ. ﷲ ގެ ރަޙްމަތަށް އަންނަން ބޭނުމޭ.
އަޅުގަނޑުގެ ޖަވާބަކީ ކީރިތި ﷲ ދެއްވާފައިވާ ޖަވާބު (قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ ) " ކަލޭގެފާނު ވިދާޅުވާށޭ. ފާފަ ކުރަމުން، ކުރަމުން، ކުރަމުން ގޮސް ހައްދުފަހަނަ އަޅާފައިވާ ތިމަން ﷲ ގެ އަޅުތަކުންނޭވެ." (لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ) " ﷲ ގެ ރަޙްމަތުން މާޔޫސް ނުވާށޭ." (إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا )" ﷲ ތަބާރަކަ ވަތަޢާލާ ހުރިހާ ފާފައެއް ފުއްސަވައޭ."
ލޮބުވެތި އަޚުންނާއި އުޚްތުންނޭ، އެއީ ޝިރުކުކުރުން ކަމަށް ވިޔަސް، އެއީ ޒިނޭކުރުން ކަމަށް ވިޔަސް، އެއީ މީހުންގެ ޙައްޤަށް އަރައިގަތުން ކަމަށް ވިޔަސް އެމީހާގެ މީ އިންސާނެއްގެ ޙައްޤެއް ވެއްޖެއްޔާ އެމީހާގެ ކިބައިން މާފަށްވެސް އެދެން ޖެހޭނެ، އެއީ އެހެން ނުބައި ޢަމަލެއް ކަމަށްވިޔަސް، އެއީ ކުފުރުގެ ޢަމަލެއް ކަމަށްވިޔަސް ﷲ ތަބާރަކަ ވަތަޢާލާގެ ރަޙްމަތް އެމީހަކަށް އެބައޮތް، އެމީހާ ރަނގަޅު މަގަށް އަންނަން ބޭނުންވާކަމަށް ވަނީނަމަ އެ ރަޙްމަތް އެބައޮތް.
ޝިރުކު، އެ ޢަމަލުން އެމީހާ ތައުބާ ވާންޖެހޭނެ. އެ ތައުބާ ނުވެ ހުރެއްޖެއްޔާ ނުފުއްސަވާ ފާފައަކީ ޤިޔާމަތް ދުވަހުން ނުފުއްސަވާ ހަމައެކަނި ފާފައަކީ ޝިރުކު ކުރުން. އެހެން ހުރިހާ ފާފައަކީވެސް ﷲ ތަބާރަކަ ވަތަޢާލާގެ މަޝިއްޔަތު، އެކަލާންގެ އިރާދައިގައި ވާ އެއްޗެއް. އެކަލާންގެ އިރާދަކުރެއްވި އަޅަކަށް ފުއްސަވައި ދެއްވާނެ. އެކަލާންގެ އިރާދަކުރެއްވި އަޅަކަށް ޢަދުލު އިންސާފުގެ މަތިން އެ ކުށުގެ ސަޒާ އެމީހަކަށް ލިބިގެންދާނެ.
ލޮބުވެތި ޢިއްޒަތްތެރި އަޚުންނޭ، ތައުހީދަށް ރައްކާތެރިވެ ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް އެގޮތުގެ މަތީގަ ސާބިތުވެ ހުރެއްޖެމީހާ، އެމީހާގެ ފުށުން ކުށެއް ފާފައެއް ކުރެވުނު ކަމުގައި ވިޔަސް ﷲ މަޣުފިރަތާއި ރަޙްމަތް އެމީހަކަށް އަންނާނެ. ޤުދްސީ ޙަދީޘްފުޅެއްގައި، އުފާވެރިކަމުން ފުރިގެންވާ ޙަދީޘްފުޅެއް މީ. ﷲ ތަބާރަކަ ވަތަޢާލާ ޢާދަމްގެ ދަރިޔާއަށް ވަޙީ ކުރައްވަނީ (ابن آدم) " އޭ ޢާދަމްގެ ދަރިޔާއެވެ." ) އަރަބި) " ތިބާގެ ފާފަ އުޑުގެ ވިލާތަކާއި ހަމައަށް ފޯރިކަމުގައި ވިޔަސް" (އަރަބި) " އެހިސާބަށް ފާފަ، ބިމުން ފަށައިގެން ގިނަވަމުން ގިނަވަމުން ގިނަވަމުން ގިނަވަމުން ގިނަވަމުން އައިސް އުޑުގެ ކައިރީގައިވާ ވިލާތަކާއި ހަމައަށް ފާފަ ފޯރި ކަމުގައި ވިޔަސް، ދެން އޭގެ ފަހުގައިވެސް ތިމަން ﷲ ގެ ހަޒްރަތުން ފާފަ ފުއްސެވުމަށް އެދިއްޖެއްޔާ" (އަރަބި) " ތިމަން ﷲ ތިބާއަށް ފާފަ ފުއްސަވާނަމޭ، އެކަމަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓަވާނަމޭ." الله أكبر.
ﷲ ހެ ރަޙަމަތް ބޮޑީ. ތައުހީދު މުހިއްމު އެއްޗަކީ. އަސާސް ރަނގަޅަށް އޮވެފަ ހިތުގެ އިޚްލާސްތެރި އީމާންކަން ބޭފުޅުންނޭ ރަނގަޅަށް އޮވެފައި އިންސާނަކަށް ކުށް ކުރެވިއްޖެއްޔާ މާޔޫސް ވުމެއް ނެތް. އެކަލާންގެ ހަޒްރަތުގައި ދަންނަވަންވީ، ކިތަންމެ ބައިވަރު ފާފައަކާއިގެން. ހަމަ އެ ޙަދީޘްފުޅުގައި ބަޔާން ކުރައްވަނީ (އަރަބި) " މުޅި ބިން ފުރާ ފާފަ ހިފައިގެން ތިމަން ﷲ ގެ ހަޒްރަތަށް އަޔަސް." (އަރަބި) " އަދި އަންނަ އިރުގަ އަންނަނީ ތިމަން ﷲ އަށް ޝިރުކު ކޮށްގެން ނުވާ ކަމަށް ވަނީނަމަ." (އަރަބި) " ހަމަ އެމިންވަރަށް މަޣްފިރަތު، ފާފަ ފުއްސެވުން ތިމަން ﷲ ދެއްވާ ހުށީމެވެ."
ލޮބުވެތި ޢިއްޒަތްތެރި އަޚުންނާއި އުޚްތުންނޭވެ. ﷲ ގެ ރަޙްމަތަކީ ވަރަށް ބޮޑު އެއްޗެއް. އެޔާއި ދޭތެރޭގަ އަޅުގަނޑުމެން އުއްމީދު ކަނޑާލައިގެން ނުވާނެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށްވެސް އުއްމީދު، ހެޔޮ ރަޙްމަތަށް އުއްމީދު ކުރާ ފަދައިން އަޅުގަނޑުމެންގެ އެހެން އަޚުންނާއި އުޚްތުންނަށްވެސް ހަމަ އެ ހެޔޮ އުއްމީދު ކުރަން ވާނެ. އެއްގޮތަކަށްވެސް ބުނެގެން ނުވާނެ ﷲ މިވެނު މީހަކަށް ނުފުއްސަވާނޭ، އެވެނި މީހަކަށް ނުފުއްސަވާނޭ، މިވެނި މީހަކު ދާނީ ޖަހައްނަމައަށޭ، އެވެނި މީހަކު ދާނީ ނަރަކައަށޭ، އަޅުގަނޑުމެން ބުނެގެން ނުވާނެ. އެއީ އަޅުގަނޑުމެންނާ ބެހޭ މައްސަލައެއް ނޫން.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް