5 ނަމާދުކޮށް ޤުރްއާން ކިޔަވާ މުސްލިމަކަށް ސިޙުރުވެރިން ހަދާ ސިޙުރު، އެމީހުން ފޮނުވައިލާ ބާރިމުނުގައި ނުފޯރުވޭކަމަށް އިޢްތިރާފްވެ ޤުރްއާނާއި ޤުރްއާނުގައިވާ ބާރު މަތިވެރިކުރަމުން އެގެންދަނީ އެންމެ ނުބައި ސިޙުރުހަދާ ކާފިރު އެންމެ ބޮޑެތި ސިޙުރުވެރިންނެވެ. އޮންލައިންކޮށް ނިކަން ބަލައިލަބަލާށެވެ! ބަލައިލި ކޮންމެ މީހަކަށްވެސް އެހުރީ އެމީހުންގެ ވާހަކަތައް ފެންނާށެވެ! އަޑުއިވޭށެވެ!
އެމީހުން ފައުޅުގައި އެދަނީ ކިތަންމެ ވަރުގަދަ ސިޙުރެއް ހެދިނަމަވެސް މިބުނި ފަދަ މީހުންނަށް ގެއްލުން ނުދެވޭ ކަމަށް ބުނަމުންނެވެ. އެމީހުންނާއި ހަމައަށް ނުވެސް ފޯރުވޭކަމަށްވެސް ބުނަމުންނެވެ.
"ވަﷲ! )ﷲ ތަޢާލާ ގަންދީ ހުވާކޮށްފައި ބުނަމެވެ. ޤުރްއާނުން ޝިފާ ލިބޭނެއެވެ. ރައްކައުތެރިކަންވެސް ލިބޭނެއެވެ."
- މުފްތީ މެންކްގެ ދަރުސަކުން
މިކަމަށް އިޢުތިރާފްވެ ރަސިޔާގެ އެންމެ ވަރުގަދަ ސިހުރިވެރި އަންހެނަކު ދައްކާފައިވާ ވާހަކައިގެ ވީޑިއޯ މިއަދުނޫހުން ވާނީ ގެނެސްދީފައެވެ. އޭނާ ބުނެފައިވަނީ އެމީހުން ތިބެނީ އެމީހުން ހިމާޔަތްކޮށްދޭ ގުއްބެއް ފަދަ އެއްޗެއްގެ ތެރޭގައި ކަމަށާއި އެއެތި ފޫއަޅުވައި ނުލެވޭ ކަމަށެވެ.
ވިސްނައިފި މީހަކަށް މިހުރީ މިހާރުވެސް ފެންނަމުންދާ ކީރިތި ޤުރްޢާނުގެ މުޢްޖިޒާތްތަކެވެ. ސިޙުރުން ރައްކައުތެރިވެ ތިބުމަށްވެސް ކުރަން އެންމެ މުހިންމު ކަމަކީ ނަމާދުތަކަށް ރައްކައުތެރިވުމާއި ޤުރްޢާން ކިޔެވުންކަން މިދަނީ އެނގި ޘާބިތުވަމުންނެވެ. 2 އިރުގެ ޛިކުރުތަކުގެ ތެރޭގައި ހިމެނޭ އާޔަތުލްކުރުސި، އިޚްލާޞް، ފަލަޤް، އައްނާސް ސޫރަތުގެ އިތުރުން ބަޤަރާ ސޫރަތް ކިޔަވަންދޭ ސަމާލުކަން އިތުރުކުރާށެވެ.