ތިމާ އެބައެއްގެ ކިބައިން އެންމެ ބޮޑަށް ލޯތްބާ އަޅައިލުން ބޭނުންވާ މީހުންގެ ފަރާތުންވެސް ދާނީ ހިތްދަތިކަން ލިބެމުން! މިއޮތީ ޙައްލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ތިމާ އެބައެއްގެ ކިބައިން އެންމެ ބޮޑަށް ލޯތްބާ އަޅައިލުން ބޭނުންވާ މީހުންގެ ފަރާތުންވެސް ދާނީ ހިތްދަތިކަން ލިބެމުން! މިއޮތީ ޙައްލު!

ޤަބޫލުކުރަންޖެހޭނެ ކަމަކީ ހިތްދަތިކަން އެންމެ ބޮޑަށް ލިބެނީ ތިމާ އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވާ މީހުންނާއި އެންމެ ގާތް އެކުވެރިންގެ ފަރާތުން އަނިޔާލިބުމުން ކަމަށްވީނަމަވެސް އެއީ ހުއްޓުވޭނެކަމެއް ނޫންކަމެވެ! ވިސްނަންވީ އެކަން ޙައްލުކުރާނެ ގޮތަކަށެވެ! އެކަމުން ތިމާއަށް ކުރާ އަސަރު ވީހާ ކުޑަކުރެވޭނެ ގޮތަށެވެ. 

އަހުރެންގެ ވިސްނުމުގައި އެފަދަ ކަންކަމަށް އޮތް ޙައްލަކީ އެފަދަ ގޮތެއް މެދުވެރިވިނަމަވެސް އެހައިބޮޑަށް ދެރަނުވުމެވެ. އަދި އެފަދަ ކަންކަމަށް އެހައިބޮޑަށް ސަމާލުކަންވެސް ނުދިނުމެވެ. އެއީ ދުނިޔޭގެ އާދަކަމާއި އެފަދަ ކަންކަން މެދުވެރިވާނެ ކަމަށް ޤަބޫލުކުރުމެވެ. 

ހިތަށް ޙަޤީޤީ އުފާވެރިކަމެއް ހޯދޭނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ކަމުގައިވާއިރު އެކަލާނގެ ޙަޟްރަތުން މަދަދާއި ވާގިއެދުން ގިނަކުރާށެވެ! ތިބާގެ ހިތަކީ ﷲ ތަޢާލާގެ ޙަޟްރަތުން ލޯބިވެވޮޑިގަތުން ލިބިގެންވާ ހިތެއްކަމުގައި ވެއްޖެނަމަ އެއްވެސް މީހަކަށް ތިބާއަށް ދެވޭނެ އެއްވެސް ދެރައެއް ނުއޮންނާނެއެވެ!

ވީމާ ހުރިހާ ސަމާލުކަމެއް ﷲ ތަޢާލާއަށް ދޭށެވެ! އަޅުކަންކުރުމާއި ދުޢާކުރުން ގިނަކުރާށެވެ! ތިބާ  މާޔޫސްވާންޖެހޭނެ ކަންކަމުންނާއި އަދި ހިތްދަތިވާންޖެހޭނެ ކަންކަމުން ސަލާމަތްކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން