ދީނުގެ މަގުގަ ދަރިން ތަރުބިއްޔަތުކުރަން ބޭނުންވާނަމަ ދީނަށް ޢަމަލުނުކުރާ ޢާއިލާތަކުގެ ކުދިންނާ އެކުވެރިވެގެން އުޅުނަދީގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ދީނުގެ މަގުގަ ދަރިން ތަރުބިއްޔަތުކުރަން ބޭނުންވާނަމަ ދީނަށް ޢަމަލުނުކުރާ ޢާއިލާތަކުގެ ކުދިންނާ އެކުވެރިވެގެން އުޅުނަދީގެން ނުވާނެ!

އެއީ ކިތަންމެ ތަނަވަސް ޢާއިލާއެއް ނަމަވެސް އެއާއިލާގެ ކުދިންނާ ގުޅިގެން އުޅުމުގެ ފުރުޞަތު ދަރިންނަށް ދޭންވާނީ އެޢާއިލާއިން ދީނުގެ ކަންކަމަށް ޢަމަލުކުރާކަން ޔަޤީންކުރުމަށްފަހުގައެވެ. ދަރިން ގުޅޭ ކުދިން ކިތަންމެ ތަނަވަސް ނަމަވެސް އަދި ތޫނުފިލި ނަމަވެސް އެއީ ދަރިފުޅާއި ގުޅެން އެންމެ ރަނގަޅު ކުދިންކަމަށް ބަލައިގެންނުވާނެ ސަބަބުތައް މިކިޔައިދެނީއެވެ.  

ތިމާ އާއި ކިތަންމެ ގާތް ޢާއިލާއެއް ނަމަވެސް އެބައެއްގެ ހިތުގައި ދީނަށް ލޯބި ނެތް ޢާއިލާއެއްގެ ކުދިންނާއި ތިމާގެ ދަރިން ގުޅި ރަހްމަތްތެރިވުމުގެ ފުރުޞަތުނުދޭށެވެ! އެ ޢާއިލާ އާއި ނުވަތަ އެމީހަކާއި އޮތްގާތްކަން ތިމާ އާއި ހަމައިގައި ބާއްވާށެވެ. ދަރިންނާއި ދަރިން ގުޅުމުން ދުރުކުރުވުމަކީ އެހައި ފަސޭހަކަމެއް ނޫނެވެ. ވީމާ އެންމެ ރައްކައުތެރިގޮތަކީ ދީނަށް ލޯބި ނެތް ޢާއިލާއެއްގެ ކުދިންނާއި ދަރިން އެއްވެސް އުމުރެއްގައި ގުޅުނަ ނުދިނުމެވެ.  

ދަރިފުޅުގެ ޢަމަލުތައް ގޯސްވުމުން ސްކޫލް ކުށްވެރިކޮށްފައި ނިންމައިނުލާށެވެ! އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަންޖެހޭ ބައަކީ މައިންބަފައިންނެވެ. ދަރިފުޅުގެ އެންމެ މުހިންމު ސްކޫލަކީ ދިރިއުޅޭގެއެވެ. ވަށައިގެންވާ މާޙައުލެވެ.  

ދަރިފުޅަށް ބަދަލުތަކެއް އަންނަނަމަ ފުރަތަމަ ގެންދަންވީ ޑޮކްޓަރެއްގެ ގާތަށް ނުވަތަ ކައުންސިލަރެއްގެ ގާތަކަށްވެސް ނޫނެވެ. ކުއްޖާ ރުހޭފަދަ ވަގުތެއްގައި ކުއްޖާ އާއި ސުވާލުކުރާށެވެ! މައިންބަފައިންނަށް ކިޔައިނުދީފާނެކަމަށް ޝައްކުކުރެވޭނަމަ އިތުބާރުކުރެވޭ ކުއްޖާވެސް އިތުބާރުކުރާނެ މީހަކު މެދުވެރިކޮށް ސުވާލުކުރާށެވެ!  

މިފަދަ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ބައެއް ސްކޫލްތަކުގައި މިހާރު އެބަ އެކަމަށް ޚާއްޞަ ޑިޕާޓްމަންޓްތައް ހިންގައެވެ. ދިރިއުޅޭ ގޭގައިވެސް އެފަދަ ޑިޕާޓްމަންޓެއް ހިންގަން ޖެހެއެވެ. މާނައަކީ ދަރިންގެ އެފަދަ ކަންކަން ބެލުމަށް ޚާއްބަ ސަމާލުކަމެއް އެބަ ދޭންޖެހެއެވެ.  

އެކަން އެގޮތަށް ނުކުރެވުމުން ކުދިންގެ ޢަމަލުތައް ގޯސްވަމުން ގޮސް ދިން ދޫކުރާ ހާލަތަށް އެބަދެއެވެ. އެއީ އެކަމަށް ބޭރުން ކުރާ ޕްރެޝަރާ އެއްވަރަށް ގޭތެރެއިން ކުއްޖާގެ ކަންކަން ނުބެލެހެއްޓޭތީއެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން