ކިތަންމެ މަދުން ލިބުނަސް ލިބޭ މިންވަރަކުން ޢާއިލާއަށް ޚަރަދުކުރާނަމަ ދެއްވަވާ މިންވަރު އިތުރުކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކިތަންމެ މަދުން ލިބުނަސް ލިބޭ މިންވަރަކުން ޢާއިލާއަށް ޚަރަދުކުރާނަމަ ދެއްވަވާ މިންވަރު އިތުރުކުރައްވަވާނެ! އިން ޝާ ﷲ

އެކި މީހުންނަށް އާމްދަނީ ލިބޭނީ އެކިވަރަށެވެ. މަދުން ލިބޭ މީހުން ވަރަށް ގިނަވާނެއެވެ. އަދި ގިނައިން ލިބިފައި ފަހުން މަދުން ލިބޭ ބައަކުވެސް ތިބޭނެއެވެ. މިއިން ކޮންމެ ޙާލަތަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ.  

އިމްތިޙާނުން ފާސްވުމަށް އެދޭމީހާ އެމީހަކަށް ލިބޭ މިންވަރަކުން ޢާއިލާއަށް އެހީތެރިވާށެވެ. އަނބިދަރިންނަށާއި މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ޚަރަދުކުރާށެވެ. އެއްވެސް ވަރަކަށް އިޝްރާފް ނުކުރާށެވެ.  

ކޮންމެ މީހަކަށްވެސް ލިބޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރަކަށެވެ. ވީމާ ލިބޭނެ މިންވަރު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ދެއްވަވާ މިންވަރު ބޭނުންކުޜާ ގޮތްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ކިތަންމެ ކުޑަ ޚަރަދެއް ކުރިނަމަވެސް އެކަންކަން ހިތުގައި ބަހައްޓާށެވެ!  

އެއިރުން އެމީހަކަށް ﷲ ތަޢާލާ ދެއްވަވާ މިންވަރު އިތުރުކުރައްވަވާނެތެވެ. އެކަން ޤުރްޢާނޫންނާއި ޙަދީޘްފުޅުތްކުން އެނގެން އެބައޮތެވެ. ވީމާ ލިބޭ މިންވަރު އިތުރުވުމަށް އެދިގެން މިމަގުން މަސައްކަތްކުރާށެވެ. އެމީހަކަށް އިތުރުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން