ނަމާދުގައި އަތް އުފުލަންޖެހޭ 4 މަޤާމް-: ޝެއިޚް މުޙައްމަދު މޫސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ނަމާދުގައި އަތް އުފުލަންޖެހޭ 4 މަޤާމް-: ޝެއިޚް މުޙައްމަދު މޫސާ

ދެން މިއޮތީ ނަމާދުގެ ހަތަރު ތަނެއްގައި އަތް އުފުލަންޖެހޭ ވާހަކަ. ނަމާދުގެ ހަތަރު ތަނެއްގައި ދެއަތް ދެކޮނޑާ ހަމައަށް އުފުލާލުން. ---ތަކުބީރާއި އެކު ދެއަތް އުފުލާލަންޖެހޭ ހާލަތްތައް. 

އެގޮތުން މި އަންނަނީ ޢަލިއްޔު ބުނު އަބީޠާލިބު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިއްސަވާ ރިވާޔަތެއް. --- ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރެއްވިގޮތުގެ ސިފަ. އެކަލޭގެފާނުގެ ނަމާދުގައި އެކުލެވިފައިވާ ސިފަތައް ޢަލީގެފާނު ބަޔާންކޮށްދެއްވި. ބަޔާންކޮށްދެއްވަމުން ވިދާޅުވަނީ --- "ކަށްވަޅަށް --- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެވަޑައިގެންނެވިއޭ އެކަލޭގެފާނު ފަރުޟު ނަމާދަކަށް ތެދުވެވަޑައިގެންފި ކަމުގައި ވާނަމަ ﷲ އަކްބަރު ވިދާޅުވެ. --- " އެކަލޭގެފާނު ދެކޮނޑުފުޅާ ހަމައަށް އަތްޕުޅު އުފުއްލަވާ ލައްވައޭ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ." އެއީ ފުރަތަމަ އަތްޕުޅު އުފުއްލަވާ ލައްވާތަން އެއީ. ހަށަމްބަން ތަކްބީރާއި އެކުގަ. 

--- " ހަމައެފަދައިން ކަންތައް ކުރައްވައޭ ކިޔަވާ ވިދާޅުވެ ނިމުމަށްފަހު ރުކޫއަށް ދާންވީމާވެސް." ރުކޫއަށް ތިރިވެ ވަޑައިގަންނަވަން ވީމާވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރުކޫޢު ކުރައްވަންވީމާވެސް ހަމަ އެގޮތަށް --- " ކިޔަވާ ވިދާޅުވެ ނިމިވަޑައިގެން އެކަލޭގެފާނު ރުކޫއަށް ވަޑައިގަންނަވަންވީމާވެސް އެގޮތަށް ދެއަތްޕުޅު އުފުއްލަވައޭ ދެކޮނޑާ ހަމައަށް. --- " އަދި ރުކޫޢިން ތެދުވެ ވަޑައިގަންނަވަން ވީމާވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެގޮތަށް ދެއަތްޕުޅު އުފުއްލާ ލައްވައޭ. " --- " އަދި އެކަލޭގެފާނުގެ ނަމާދުގައި އެކަލޭގެފާނު އިށިއިނދެ ވަޑައިގެން އިންނަވާ އެކަލޭގެފާނު ދެއަތްޕުޅު އުފުއްލަވާ ނުލައްވައޭ." --- " ދެސަޖިދަ ދެމެދު، އެބަހީ މިތާންގަ އެއީ ފުރަތަމަ ތަސައްޙުދު، ފުރަތަމަ އައްތަޙިއްޔާތު ނިމިވަޑައިގެން އެކަލޭގެފާނު ތެދުވެ ވަޑައިގަންނަވާއިރު، 3 ވަނަ ރަކުޢަތަށް ތެދުވެ ވަޑައިގަންނަވާއިރު، ދެން އެކަލޭގެފާނުގެ ދެއަތްޕުޅު  ދެކޮނޑުފުޅާ ހަމައަށް މި އުފުއްލަވަނީ." 

އެހެންވީމާ ނަމާދުގެ ހަތަރު ތަނެއް މި އަންނަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދެއަތްޕުޅު ދެ ކޮނޑުފުޅާ ހަމައަށް އުފުއްލަވާ ހަތަރު ތަނެއް މީ. 

ޚުލާޞާ:

1.    ޙަރަމްބަންނައިރު.

2.    ރުކޫޢުކުރާއިރު

3.    ރުކޫޢުން ތެދުވާއިރު

4.    3ވަނަ ރަކްއަތަށް ތެދުވެ ޙަރަމްބަންނައިރު

ދެވަނަ ރަކްއަތަށާ ހަތަރުވަނަ ރަކްއަތަށް ތެދުވާއިރު ދެއަތް ދެކޮނޑާހަމައަށް އުފުލާކަށް ނުޖެހޭނެއެވެ. 

 

- ޝައިޚް މުޙައްމަދު މޫސާގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން