ސުންނަތް ނަމާދުތަކަށް ފަރުވާކުޑަކުރެވޭނަމަ ތިމާ ނަމާދުކުރާ ނިޔަތާއިމެދު ވިސްނާލައި އިޞްލާޙްކުރަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ސުންނަތް ނަމާދުތަކަށް ފަރުވާކުޑަކުރެވޭނަމަ ތިމާ ނަމާދުކުރާ ނިޔަތާއިމެދު ވިސްނާލައި އިޞްލާޙްކުރަން ޖެހޭނެ!

ފަރުލް ނަމާދުތައް ކުރިނަމަވެސް ސުންނަތް ނަމާދުތަކަށް ފަރުވާކުޑަކުރެވޭ މީހުން ގިނައެވެ. ނަމަވެސް މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެހެންކަމުން ނަޞީޙަތުގެ ބަސްކޮޅެއް ބުނެލާނަމެވެ.

ބައެއް މީހުން ނަމާދުކުރަނީ އޭނާގެ ޒީނަތްތެރިކަމަށެވެ. މާނައަކީ ނަމާދުކުރުމަކީވެސް ކުރަންޖެހޭނެ ކަމަކަށްވާތީކޮށްލަނީއެވެ. މިބުނެދެނީ އެކަން އެނގޭ ގޮތެވެ.

ފުރަތަމަ ކަމަކީ ޒުވާން ޢުމުރުގައި ބައެއް ޒުވާނުންނަށް އެކަން އެގޮތަށް އޮތުމަކީ ހަމަ ގާތް ކަމެކެވެ. އެއީ އެޢުމުރުގައި ކަންކަމާއިމެދު އެހައިބޮޑަށް ވިސްނައި ފިކުރު ނުކުރެވޭތީއެވެ. ކޮންމެއަކަސް ކޮންމެ ސަބަބަކާއި ހުރެނަމަވެސް ޒުވާން ޢުމުރުގައި ނަމާދުކުރާނަމަ އެއީ އުފާކުރަންޖެހޭނެ ކަމެކެވެ.

އެކަމަކު ބުނަންހެއްޔެވެ؟ ތިބާ ނަމާދުކުރެއެވެ. އަހަރުތައް ފާއިތުވެގެންދަނީއެވެ. ނަމާދުކުރާތާ 3، 4 އަހަރުވީއެވެ. އެކަމަކު ފަރުޟު ނޫން ނަމާދެއް ނުކުރެވެއެވެ. މިބުނަނީ އޭނާ ފަރުޟު ނަމާދުތައް ކުރެއެވެ. އެކަމަކު ސުންނަތެއް ނުކުރެއެވެ.

އެހެންކަމަށް ވެއްޖެނަމަ އެމީހަކު ކުރާ ނަމާދުގައި މައްސަލައެއް އެބަ އުޅެއެވެ. އެއީ ނަމާދުކުރާތާ އެހައިދުވަސްވިއިރުވެސް ސުންނަތް ނަމާދުކުރަން ލޯބި ނުޖެހުނީތީއެވެ. އެހެންކަމަށްވާނަމަ އަންގައިދެނީ އެމީހެއްގެ ހިތުގައި ނަމާދުކުރަން ލޯބިނުޖެހޭކަމެވެ.

މީސްތަކުންނޭވެ! ނަމާދުކުރަންވީ އެކަމަކީ ހަމައެކަނި އެއީ ތިމާ އަދާކުރަންޖެހޭ ފަރުޟަކަށްވެގެނެއް ނޫނެވެ. ނަމާދުކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މުހިންމު، އަދި އެންމެ މަތިވެރި އަޅުކަން ކަމަށްވާތީއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދުމުގެ ނިޔަތުގައެވެ. އެނިޔަތުގައި ނަމާދުކުރާނަމަ ސުންނަތް ނަމާދުތައް ނުކޮށް ދޫކޮށްލައިގެން ނުހުރެވޭނެއެވެ. ވީހާގިނައިން ސުންނަތް ނަމާދުކުރަން ޝައުޤުވެރިވެވޭނެއެވެ. އިން ޝާ

 

- މުފްތީ މެންކުގެ ދަރުސަކުން       

 

 

މިއަދު އޮންލައިން