ގިނަ އަޅުކަންކުރަން ޢަޒުމްކަނޑައަޅައި ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް އިތުރުކުރަން މަސައްކަތްކުރާނަމަ އެންމެ މަތީ ހަރުފަތަށް އެމީހަކު ގެންދަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ގިނަ އަޅުކަންކުރަން ޢަޒުމްކަނޑައަޅައި ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް އިތުރުކުރަން މަސައްކަތްކުރާނަމަ އެންމެ މަތީ ހަރުފަތަށް އެމީހަކު ގެންދަވާނެ! އިން ޝާ ﷲ

 ބައެއް މީހުން ކަންބޮޑުވަނީ ގިނައަޅުކަން ނުކުރެވޭތީއެވެ. ސުރިހާ ސުންނަތް ނަމާދުތަކެއް ނުކުރެވޭތީއެވެ. ޛިކުރުކުރަން ގިނައިރު ނުއިނދެވޭތީއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ގިނަ އަޅުކަންކުރަން ނިޔަތްގަނެ ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް ކުރިއަށްދާން މަސައްކަތްކުރާށެވެ! ކުރިއަށް އެޅޭ ކިތަންމެ ކުޑަފިޔަވަޅު ނަމަވެސް ދޫކޮށްނުލައި އެކަމުގައި ޘާބިތުވާށެވެ!

ކޮންމެދުވަހަކުވެސް ހެޔޮޢަމަލުކުރުމުގައި އެއްފިޔަވަޅު ނަމަވެސް ކުރިއަށް އަޅަން މަސައްކަތްކުރާމީހާގެ މިޘާލަކީ ފްލައިޓުގައި އުދުހޭ މީހާގެ މިޘާލެވެ. ފްލައިޓަކަށް އަރައިގެން އުދުހިފައި ތަނަކަށްދާންވެސް ފުރަތަމަ ކުރާކަމަކީ ގެއިން ބޭރަށް ފިޔަވަޅެއް އެޅުމެވެ. ފްލައިޓާއި ހަމައަށް ދެވެނީ އެތައް ބައިވަރު ފިޔަވަޅުތަކެއް ފައިން އަޅައިގެންނެވެ. ފްލައިޓްގައި އުދުހިގަނެވެނީ ފްލައިޓަށް އަރައި ފިޔަވަޅަކުން ފިޔަވަޅަކުން އަޅަމުން ގޮސް ގޮނޑީގައި އިށީނދެވުމުންނެވެ.

ވީމާ އަޅުކަންކުރުމުގައި ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށްދާ މީހާއަށް ﷲ ތައާލާގެ ޙަޟްރަތަށް "އުދުހިގަނެވޭނެ" ފުރުޞަތު ﷲ ތަޢާލާ ދެއްވަވާނެތެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެކަމަށެވެ.

ފާފަނުކޮށް ހުރުމަށް ޢަޒުމް ކަނޑައަޅާ މީހާ އެކަމުގައި ކުރިއަށްދާން މަސައްކަތްކުރާށެވެ! އެކަމަށް އޮތް އެންމެ ފަސޭހަ އެއް މަގަކީ އަޅުކަންކުރުން ގިނަކުރުމެވެ. ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ގިނަކުރުމެވެ.

 

- ޔޫސުފް އެސްޓީސްގެ ދަރުސަކުން

މިއަދު އޮންލައިން