"އަނބިމީހާ ދުނިޔޭގައި ހުއްޓައި ދެވަނަ ކައިވެންޏެއް ނުކުރުން" ޝަރުޠުކޮށް އެކަމަށް ފިރިމީހާ އެއްބަސްވެފައިވާނަމަ އިތުރު ކައިވެންޏެއް ކުރާއިރު އަނބިމީހާގެ ހުއްދަނަގަން މަޖުބޫރުވާނެ ޙާލަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
"އަނބިމީހާ ދުނިޔޭގައި ހުއްޓައި ދެވަނަ ކައިވެންޏެއް ނުކުރުން" ޝަރުޠުކޮށް އެކަމަށް ފިރިމީހާ އެއްބަސްވެފައިވާނަމަ އިތުރު ކައިވެންޏެއް ކުރާއިރު އަނބިމީހާގެ ހުއްދަނަގަން މަޖުބޫރުވާނެ ޙާލަތު!

ފިރިމީހާ އިތުރު ކައިވެންޏެއް ކުރާނަމަ އަނބިމީހާގެ ހުއްދަ ނަގަންޖެހޭނެތޯ؟  

މިސުވާލު ތަކުރާރުކޮށް ލިބެމުން އަންނާތީ މިގެނެސްދެނީ މިފަދަ ސުވާލަކަށް ޑރ. ޒާކިރު ނައިކް ދެއްވާފައިވާ ޖަވާބެކެވެ.  

ކޮންމެ މުސްލިމް ފިރިހެނަކަށްވެސް (ބެލެހެއްޓުމުގެ ކެރިކުޅަދާނަކަން ލިބިގެންވާނަމަ) 4 އަނބިން ހުއްދައެވެ. ވީމާ އުޞޫލެއްގެ ގޮތުން އަނބިމީހާގެ ހުއްދަ ނަގާކަށް ނުޖެހޭނެއެވެ. ނަމަވެސް އެދެވިގެންވަނީ ހުއްދަނެގުމެވެ. އެންމެ ކުޑަމިނުން އޭނާއަށް އެނގިގެން ދެވަނަ ކައިވެނި ކުރުމެވެ.  

ނަމަވެސް ކައިވެނީގެކުރިން އިސްލާމް ދީނުގައި ހުއްދަވެގެންވާ ކޮންމެ ކަމަކަށް ޝަރުޠުކުރުވުމުގެ އިޚްތިޔާރު ދެމީހުންނަށްވެސް ލިބިގެންވެއެވެ. ވީމާ ކައިވެނީގެ އެއްބަސްވުމުގައި "އަނބިމީހާ ދުނިޔޭގައި ހުއްޓައި ދެވަނަ ކައިވެންޏެއް ނުކުރުން" ޝަރުޠުކޮށް ކައިވެނީގެ އެއްބަސްވުމުގައި ލިޔެފައިވާނަމަ އަނބިމީހާގެ ކިބައިން ހުއްދަނަގަން މަޖުބޫރުވާނެއެވެ.  

ނޫންނަމަ އޮތީ ކުރިން މިބަޔާންކުރި ގޮތެވެ. (އެދެވިގެންވަނީ ހުއްދަނެގުމެވެ. އެންމެ ކުޑަމިނުން އޭނާއަށް އެނގިގެން ދެވަނަ ކައިވެނި ކުރުމެވެ.)

- ޑރ. ޒާކިރު ނައިކްގެ ޖަވާބަކުން

 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އިސްލާމް ދީނުގައި ހުއްދަކުރައްވަވާފައިވާ ކަމެއް ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޝަރުޠުތަކަކާއިއެކު ހުއްދަކުރައްވަވާފައިވާނަމަ އެޝަރުޠޫތައް ފުރިހަމަކުރަން ޖެހޭނެއެވެ. އެގޮތޮގުންބަލާއިރު އެންމެ އަންތބަކަށްވެސް ކައިވެނިކުރަން އޮތީ އަނބިމީހާގެ ކަންކަން ބެލެހެއްޓޭނެ ނަމައެވެ. ޚަރަދުކުރެވޭނެ ނަމައެވެ. އިންނާނެ ތަނެއް ދެއްކޭނެ ނަމައެވެ. މިޝަރުޠުތައް ގިރާކުރެވޭނީ އެކަމަށް އަންހެންމީހާ ރުހިޤަބޫލުނަމައެވެ.  

ކައިވެންޏަށްފަހު ފިރިމީހާ އަދާކުރަންޖެހޭ ޝަރުޠޫތައް ފުރިހަމަނުކުރެވޭނަމަ އިތުރު އަނބިން ހޯދަން ނުރުހުމަކުން އަނބިމީހާގެ މައްޗަކަށް ކުށެއް ނެތެވެ. އެކަން ފިރިންވެސް ޤަބޫލުކުރަންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން