ބަޤަރާ ސޫރަތުގެ ފަހު އާޔަތްތައް ނުކިޔައި ނިދުމަކީ އަމިއްލައަށް ލިބިގަނެވޭ ބޮޑު ދެރައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ބަޤަރާ ސޫރަތުގެ ފަހު އާޔަތްތައް ނުކިޔައި ނިދުމަކީ އަމިއްލައަށް ލިބިގަނެވޭ ބޮޑު ދެރައެއް!

މިއަދު ގިނަ ބައަކަށް ކުރަން އިހްމާލްވެވޭ ކަންކަމުގެ ތެރޭގައި އެންމެ ފަސޭހައިން ކުރެވެން ހުންނަ ޢަމަލުތައް ހިމެނެއެވެ. އެއިގެ ތެރެއިން އެއްކަމަކީ ނިދުމުގެ ކުރިން ކިޔަން ޖެހޭ ބަޤަރާ ސޫރަތުގެ ފަހު އާޔަތްތައް ކިޔުމެވެ. އެއީ ކުރަން މަސައްކަތްކުރާ މީހަކަށް 2 މިނިޓްވެސް ނަގާނެ ކަމެއް ނޫނެވެ. 

ގިނަ ބައަކަށް މިފަދަ ކަންކަން މެދުވެރިވާ ސަބަބުވެސް ބުނެލާނަމެވެ. ގިނަ ބައަކު ނިދަނީ ބޭކާރު ގޮތުގައި ރޭގަނޑުގެ ވަޤުތުތައް ހޭދަކުރަމުން ގޮސް މީހާ ވަރުބަލިވުމުންނެވެ. އެހެންވެ ނިދުމުގެ ކުރިން ކިޔަން ހުރި ޛިކުރުތައް ނުކިޔެއެވެ. ކީރިތި ޤުރްޢާނުން ކިޔަވަންޖެހޭ ބައިތައްވެސް ނުކިޔެވެއެވެ. ވީމާ މިއީ އިޞްލާޙްކޮށްލަން މާބޮޑަށް ޖެހިފައިވާ ވަރަށް ނުބައި ޢާދައެކެވެ. 

ޙަދީޘްފުޅުގައި އޮތީ ނިދުމުގެ ކުރިން ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔަވައިފި މީހަކަށް ފުދިއްޖެކަމަށެވެ. މީގެ އިތުރުން ޢަލީގެފާނުގެ ބަސްފުޅެއްގައި ވަނީ ބުއްދި ސަލާމަތުން ހުރި މީހަކު ބަޤަރާ ސޫރަތުގެ އެންމެ ފަހު 3 އާޔަތް ނުކިޔަވައި ނިދާނެ ކަމަށް ޤަބޫލްފުޅު ނުކުރައްވަވާ ކަމަށެވެ. 

މިއާޔަތްތައް ރޭގަނޑުގެ ނަމާދުތަކުގައި ކިޔުމަށް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ އަރިއަހުން ވަނީ ދަލީލެއް ލިބިފައިވާކަންވެސް ހަނދުމަކޮށްލައިދޭނަމެވެ. 

އެއްރެއެއްގެ މަޣްރިބް ނަމާދުގެ ފުރަތަމަ ރަކްޢަތުގައި ވިދާޅުވީ ޢައްމާފޮތުގެ ސޫރަތެކެވެ. ދެވަނަ ރަކްޢަތުގައި ވިދާޅުވީ ބަޤަރާ ސޫރަތުގެ ފަހު 3 އާޔަތެވެ. އެހެންވެ ނަމާދު ނިމިގެން ބައެއް މީހުން ސުވާލުކުރުމުން ވިދާޅުވީ މިފަދައިންނެވެ. "އަހުރެން ފަހު ރަކްއަތުގައި އެ 3 އާޔަތް ކިޔެވީ ޤުރްޢާނުގެ ތަރުތީބަށް ބަލައިގެނެއް ނޫނެވެ. ރޭގަނޑު ކިޔަވަންޖެހޭ 3 އާޔަތް ވީމާ ކިޔެވީއެވެ."

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ ޤުރްއާން ތަފްސީރުން ފުރަތަމަ ޕީއެޗްޑީ ޙާޞިލްކުރެއްވެވި ދަރިވަރވެ. އަދި ރާއްޖޭގައި އިސްލާމް ދީން، އެއިގެ އަޞްލާއިއެއްގޮތަށް ފަތުރަން ވަރަށް ގިނަ މަސައްކަތްޕުލުތަކެއް ކުރެއްވެވި ޢިލްމުވެރިއެއްވެސްމެއެވެ.

 

ބަޤަރާ ސޫރަތުގެ ފަހު 2 ޢާޔަތް- މައްކާގެ ހަރަމްފުޅުން- (ވީޑިއޯ):

 

 

 

 

މިއަދު އޮންލައިން