ކައިވެނި ކުރަން މަސައްކަތް ކުރުމުންވެސް ނުކުރެވޭ މީހުންނަށް، ޚާއްޞަކޮށް ދަރިންތަކަކާއެކު އެކަނިވެރިވާން ޖެހުމުން ކައިވެނި ނުކުރެވޭ މައިންނަށް އޮތީ އުފާވެރި ޚަބަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކައިވެނި ކުރަން މަސައްކަތް ކުރުމުންވެސް ނުކުރެވޭ މީހުންނަށް، ޚާއްޞަކޮށް ދަރިންތަކަކާއެކު އެކަނިވެރިވާން ޖެހުމުން ކައިވެނި ނުކުރެވޭ މައިންނަށް އޮތީ އުފާވެރި ޚަބަރެއް!

ކައިވެނި ނުކުރެވުމުގެ ބޮޑަށް ކުރިމަތިވަނީ ދަރިންތަކަކާއިއެކު އެކަނިވެރިވާންޖެހުމުންނެވެ. އެޙާލަތުގައިވެސް ފިރިއަކަށް ބޭނުންވާނެއެވެ. ފިރިއެއްގެ އެހީތެރިކަން ލިބުމުގެ އިތުރުން ދެމަފިރިކަމުގެ ގުޅުން ހިންގަން ބޭނުންވާނެއެވެ. އެކަމުން އިސްތިސްނާވާނީ ޞިއްޙީ ގޮތުން މައްސަލައެއް ހުރިނަމައެވެ. ވީމާ އެކަމަށް ބޭނުންވުމަކީ ކުރެވޭ ކުށެއް ނޫނެވެ.  

ޞިއްހަތު ސަލާމަތުން ހުރި ކޮންމެ މީހަކީވެސް ކައިވެނިކޮށް، ކައިވެނީގެ އުފާ ލިބިގަންނަން ބޭނުންވާނެ މީހެކެވެ. އެހެންކަމާއިއެކުވެސް ކުރިމަތިވާ ކަންތައްތަކުގެ ސަބަބުން ކައިވެނި ނުކުރެވި މުޅި ޢުމުރު ހޭދަކޮށްލަންޖެހޭ ބައަކުވެސް ތިބޭނެއެވެ. އެމީހުންނަށް ކައިވެނި ކުރެވޭނެ މަގެއް ދެއްކެވުން އެދި ދުޢާކުރަމެވެ. އާމީން. އެފަދަ މީހުންނަށްޓަކައި މިފަދައިން އެންމެންވެސް ދުޢާކުރަންވާނެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ޙާލަތެއް ކުރިމަތިވެގެން ނަމަވެސް ކައިވެނި ނުކުރެވި ހުންނަން ޖެހިއްޖެ ނަމަ އޮތީ މާޔޫސްވުމެއް ނޫނެވެ. ހިތްވަރުގަދަކުރަން މަސައްކަތްކުރުމެވެ. ކޮންކަމަކަށް އެދިގެން ހެއްޔެވެ؟ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ގޮތުގައި މެނުވީ ޖިންސީ އެދުން ނުފުއްދުމަށެވެ. ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ނުކުރުމަށެވެ. 

ކައިވެނިކުރަން މަސައްކަތް ކުރުމުންވެސް ކައިވެނި ނުކުރެވިއްޖެނަމަ ﷲ ތަޢާލާއަށް ޙަމްދުކުރާށެވެ! އެއީ ﷲ ތަޢާލާ ތިމާއަށް މިންވަރުކުރެއްވެވި ގޮތް ކަމަށް ޤަބޫލުކުރާށެވެ! އެކަންކަން ޤަބޫލުކޮށް ކުރިން މިބުނި ފަދައިން ފާފައަކަށް އަރައިނުގަނެ ކެތްތެރިވެއްޖެ މީހަކަށް ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ  

އެފަދަ މީހުން ﷲ ތަޢާލާއަށް ބިރުވެތިވެ ފާފައެއް ނުކުރަން، ހަވާނަފްސާއި ދެކޮޅަށް ކެތްތެރިވެ އެކުރަނީ އެންމެ މަތިވެރި ޖިހާދެވެ. އެކަމަށް ﷲ ތަޢާލާ ދެއްވަވާ ބަދަލު ހާދަމަތިވެރިވާނެއެވެ. އިން ޝާ ﷲ  

ދެން އޮތީ ސުވަރުގެ ލިބުމުން ވާނެގޮތެވެ. ުވަރުގޭގައި ކޮންމެ މީހަކަށްވެސް ބައިވެރިއަކު ދެއްވަވާނެތެވެ. އެއްވެސް މީހަކު އެކަނިވެރި ނުކުރައްވަވާނެތެވެ. ވީމާ ދުނިޔޭގައި ހޭދަކުރަންޖެހޭ ދުވަސްކޮޅު އެކަނި ހުންނަން ޖެހުމަކީ ލިބުނު ނިކަމެތިކަމެއް ކަމަށް ނުދެކޭށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން