ފާތިހާ ސޫރަތް ކިޔަވާ ނިމުމުން އިމާމް މީހާއަށްވުރެ ކުރިން މައުމޫމުން އާމީން ކިޔުން- ކުރެވޭ ކުށެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 49ސ
ފާތިހާ ސޫރަތް ކިޔަވާ ނިމުމުން އިމާމް މީހާއަށްވުރެ ކުރިން މައުމޫމުން އާމީން ކިޔުން- ކުރެވޭ ކުށެއް!

މިމައްސަލައަކީ ހުރިހާ މިސްކިތްތަކަކުންހެން ފެންނަ ކަމެކެވެ. ލަފާކުރެވެނީ އަވަހަށް ނަމާދު ނިންމާލަން ބޭނުންވެފައިވާ ވަރުން ކުރެވޭ ކަމެއް ކަމަށެވެ. ނަމާދުގައި ޙަރަކާތް ކުރުމުގައިވެސް ހަމަ އެގޮތް ދިމާވެއެވެ. ﷲއަކްބަރު ކިޔަން އިމާމް މީހާ އަލިފް (އަ) ކިޔާތަނުން އެބަ ޙަރަކާތް ކުރެއެވެ. މިއީ ހެދޭ ގޯސްތަކެވެ. ޙަރަކާތް ކުރަންވާނީ އިމާމް މީހާ ޙަރަކާތް ކުރުމުންނެވެ. "ﷲއަކްބަރު" ގެ ރާ (ރު) ކިޔުމުންނެވެ.  

އާމީން ކިޔަންވީ ގޮތުގެ ތަފްޞީލް:  

އިމާމު މީހާއަށްވުރެ ކުރިން މައުމޫމުން އާމީން ކިޔުމެއް ނެތޭ އަޅުގަނޑު ދެންނެވީ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅުތަކުން ސާބިތުވާ ގޮތަކީ އެއީ. ކުރީރޭ ދެންނެވި ފަދައިން ބައެއް މިސްކިތްތަކުގައި އަޅުގަނޑުމެންނަށް އިވެމުންދަނީ އިމާމު މީހާ ސޫރަތުލް ފާތިހާ ނުނިމެނީސް އާމީން ކިޔާ އަޑު. އެއީ ވަރަށް ބޮޑު ގޯހެއް އެއީ.  

އެއީ އިމާމް މީހާ ޖެހޭ (އަރަބި) އެ ނޫނަށް ހުއްޓަން ޖެހޭ ރަނގަޅަށް. ހުއްޓާ ނޭވާއެއްވެސް ލާންޖެހޭނެތާ. އެހެންވީމާ އެ ނޫނަށް އެބަ ހުއްޓާލަންޖެހޭ. އެއީ ޤުރުއާނާއި އެހެން އެއަޗެހި ވަކިކުރުމަށްޓަކާ. ކީރިތި ޤުރުއާނާއި އެހެން އެއްޗިއްސާ ވަކި ކުރުމަށްޓަކާ، އާމީން އަކީ ޤުރުއާނެއް ނޫން. އެހެންވީމާ ޤުރުއާން (ވަލައްޟާއްލީން) ސޫރަތުލް ފާތިހާ ރަނގަޅަށް ހުއްޓިއްޖެކަން އެބަ އެނގެންޖެހޭ. އެތަން ރަނގަޅަށް ހުއްޓާފަ ދެން އާމީން އަންނަންޖެހޭނީ. އެހެންމަ މައުމޫމުން ޖެހޭނެ އިމާމު މީހާއަށް އިންތިޒާރުކުރަން. އިމާމުމީހާ އާމީންއަށް އާ ފެށީމާ، އެ އަލިފަށް ފެށީމާ އޭގެ ފަހަތުން މައުމޫމުން ކިޔަންޖެހޭނީ. އެހެންމަ އޭގެ ކުރިން ކިޔުމެއް ނެތް. 

ދެން އަޅުގަނޑު ދެންނެވީ މި މިސްކިތުގައި މިހާރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ ރަނގަޅަށޭ، އާމީން ކިޔުން ހަމަ ގިނަ ފަހަރު އަޅުގަނޑުމެންނަށް ހަމަ ރަނގަޅުކޮށް ފެންނަނީ. އާދެ، އެހެންމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތަކުގައިވެސް އެކަމަށް އަޅުގަނޑުމެންނަށް އިރުޝާދުތައް، ވަރަށް ގިނަ އިރުޝާދުތައް އައިސްފައި މިހިރީ. ކުރީ ރޭގައި އަޅުގަނޑު ދަންނަވާލިން އެގޮތުން ރަސޫލުﷲ ޞާއްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއް. މި ރިވާޔަތުގައި އައިސްފައިވަނީ (އަރަބި) އިމާމު މީހާ މި އާޔަތް ކީމައޭ މައުމޫމުން އާމީން ކިޔަން ޖެހޭނީ. އެހެންމަ (އަރަބި) އެ ނޫނަށް އިމާމު މީހާ ހުއްޓަންދެން މަޑުކުރަންޖެހޭނެ. އިމާމު މީހާ އާމީން ފަށާންދެން މައުމޫމުން މަޑުކުރަންޖެހޭނެ. އެއަށްފަހުގަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ (އަރަބި) އިމާމު މީހާ ނިމިގެން އިމާމު މީހާ ފަށާނެ އާމީން، ފެށީމަ އިމާމު މީހާގެ ފަހަތުން"  (އަރަބި) " ފަހެ ތިޔަބައިމީހުން އާމީން ކިޔާށޭ."(އަރަބި) " ފަހެ ހަމަކަށަވަރުން މަލާއިކަތް ބޭކަލުންވެސް އާމީން ވިދާޅުވާނެއެވެ." (އަރަބި) " ހަމަކަށަވަރުން އިމާމު މީހާ އާމީން ވިދާޅުވެ" (އަރަބި) " އެމީހެއްގެ އާމީން މަލާއިކަތް ބޭކަލުންގެ އާމީން އާ އެކުވެއްޖެނަމަ، ދެ އާމީން އެކުވެއްޖެކަމުގައި ވާނަމަ" (އަރަބި) " އޭނާގެ އިސްވެދިޔަ ފާފަތައް، އެބަހީ ކުދި ފާފަ، އިސްވެދިޔަ ފާފަތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ފުއްސަވާ ދެއްވަވާނެއެވެ."

އާދެ، އެހެންމަ ޚާއްސަކޮށް ޖަހުރީ ނަމާދުތަކުގައި މި މައްސަލަ މި ނުކުންނަނީ. ރޭގަނޑު ކިޔަވާ ނަމާދުތައް އަދި ހުކުރު ނަމާދުވެސް އޭގެތެރޭގަ ހިމެނޭގޮތަށް، ދެ ޢީދު ދެނަމާދާއި އަޑު ހަރުކޮށް ކިޔެވޭ ނަމާދުތައް. މި ނަމާދުތަކުގައި އާމީން ކިޔުމުގައި ވަރަށް ބޮޑަށް އަޅުގަނޑުމެން ސަމާލުވާންޖެހޭނެ. އާމީން ކިޔުމުން ލިބޭ ޘަވާބު ވަރަށް ބޮޑު. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަންކަމަށްވެސް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި މި އޮންނަނީ. އާމީން ކިޔުމުން ލިބޭ ޘަވާބު، އަޅުގަނޑުމެންގެ މައްޗަށް ޔަހޫދީން އެންމެ ހަސަދަވެރި ވަނީ ނަމާދުގަ އާމީން ކިޔާތީ އަދި ސަލާމް ކުރާތީ. މި ދެކަންތަކާއިމެދުގައި ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވޭ. 

(އަރަބި) " ތިޔަބައިމީހުންގެ މައްޗަށް ޔަހޫދީން އިމާމު މީހާގެ ފަހަތުން އާމީން ކިޔާކިޔުމާއި ތިޔަބައިމީހުން ސަލާމް ކުރާކުރުން މިދެކަންތަކަށްވުރެ ބޮޑަށް ތިޔަބައިމީހުންގެ މައްޗަށް ޔަހޫދީން ހަސަދަވެރިވާ ކަމެއް ނެތެވެ. އެއީ މި ދެކަމުގައި މުސްލިމުންނަށް ހުރި ފައިދާތަށް ވަރަށް ބޮޑު. ސަލާމުން ލިބޭ ފައިދާތައް ވަރަށް ބޮޑު، އަދި ސޫރަތުލް ފާތިހާއަށް ފަހުގައި އާމީން ކިޔުމުން އެ ލިބޭ ފައިދާ މުޅި އުއްމަތަށް އެ ލިބިގެންދާ ފައިދާ ވަރަށް ބޮޑު. އެހެންމަ މިކަމުގައި އުއްމަތް އެކުވާންޖެހޭ. އެކި މީހުން ވަކިވަކިންނެއް ނޫން އާމީން ކިޔާކަށް ޖެހެނީ. އުއްމަތް އެކުވާންޖެހޭކަމެއް މިކަމަކީ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް މި އިރުޝާދުތައް ދެއްވާފައި މިވަނީ.  

(މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ސޯޝަލް މީޑިއާއިން ޙިއްޞާކުރައްވާފައިވާ ލިޔުމެކެވެ.)

މިއަދު އޮންލައިން