ދިރިއުޅުމުގައި ކަންކަން ދިމާވާ ގޮތަކުން ފަސޭހައިން މާޔޫސްވެވޭނަމަ އެންމެ ފަސޭހައިން އެކަމުން އަރައިގެނެވެން އޮތް ގޮތް- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދިރިއުޅުމުގައި ކަންކަން ދިމާވާ ގޮތަކުން ފަސޭހައިން މާޔޫސްވެވޭނަމަ އެންމެ ފަސޭހައިން އެކަމުން އަރައިގެނެވެން އޮތް ގޮތް- އިން ޝާ ﷲ

ފުރަތަމަވެސް ބުނެލަން އޮތީ ދިރިއުޅުމުގައި ކަންކަން މެދުވެރިވާ ގޮތުން ވަރަށް ފަސޭހައިން ނުވަތަ ކުދިިކުދި ކަންކަން މެދުވެރިވުމުންވެސް މާޔޫސްވެވޭ ބައަކު ތިބެއެވެ. އެއީ އެމީހުންނަސް ކުރެވޭ ކުށެއް ނޫނެވެ. ދިރިއުޅުމުގައި ކަންކަން މެދުވެރިވާ ގޮތަކުން ކުރިމަތިވާ ޙާލަތަކަށްވާތީއެވެ.

އެހެންވެ މިބުނެދެނީ އެޙާލަތުން އަރައިގަތުމަށް ކުރަން އޮތް ކަމެއްގެ ވާހަކައެވެ.

"މާޔޫސްބަލީގެ ޝިކާރައަކަށްވަމުންދާ މީހުންނަށް އެންމެ ރަނގަޅު ފަރުވާއެއް ލިބެނީ ހަމައެހާލުގައި ނުވަތަ ނިކަމެތި ޙާލުގައި ހުރި އެހެން މީހަކަށް އެހީތެރިވެދިނުމުންކަންމިއަދު މިވަނީ ހާމަވެފައެވެ. މިއީ ޑޮކްޓަރުންނާއި ސައިންސްވެރިންވެސް ޤަބޫލުކުރާ އަދި ހިތްވަރުދޭ ކަމަކަށް މިއަދު މިވަނީ ވެފައެވެ.

މިކަމުންވެސް އަންގައިދެނީ އެކަކު އަނެކަކަށް އެހީތެރިވުމުގައި ހުރި ފައިދާއެވެ. އެކަކު އަނެކަކަށް އެހީތެރިވުމުން ﷲ ތައާލާ ލައްވަވާ ރަޙްމަތާއި މިންވަރުކުރައްވަވާ ބަރަކާތެވެ." --އުސްތާޛާ ޔާސްމީން މޮގަހިދް

ކަން އޮތީ މިފަދައިން ނަމަވެސް އަޅުގަނޑުމެންގެ ޑޮކްޓަރުންގެ ވާހަކަތައް ހުންނަގޮތުން މާޔޫސްބަލިޖެހިއްޖެނަމަ އެމީހަކަށް އޮތީ ދުނިޔޭގެ އުފާތައް ހޯދައި ނާޗަރަންގީތައް ކުޅުމެވެ. ގެންގުޅެން ޖެހޭނީ ތުނބާއި ބުއްފުޅި ޖައްސައިގެންނެވެ. އޭނާ ބޭނުންވާހައިކަމެއް (ފާހިޝް އަމަލުކުރުން ނަމަވެސް، ޑްރަގް ބޭނުންކުރުން ނަމަވެސް) ކޮށްދޭންޖެހޭނެއެވެ. އެފަދަ ކަމަކަށް ހުރަސްއަޅައިފިނަމަ ނަފްސާނީ ބަލިމީހަކަށް ޣޯނާކުރިކަމުގެ ދައުވާވެސް އުފުލެންވާނެއެވެ.

ރާއްޖޭގައި ކަންކަން ހުރީ މިފަދައިން ނަމަވެސް މުޅި ދުނިޔެއަށް މަޝްހޫރު އުސްތާޛުން އެދައްކަވަނީ މުޅިންތަފާތު ވާހަކަފުޅެކެވެ. އެވިދާޅުވަނީ ތިމާއަށް ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ އެމީހަކަށް ވެވެން އޮތް މިންވަރަކުން، ފޯރުކޮށްދެވެން އޮތް ގޮތަކުން އެފަދަ ޙާލުގައި ހުރި އެހެން މީހަކަށް އެހީތެރިވެދިނުމަށެވެ. އަދި އެކަމަކީ ތިމާގެ ކަންބޮޑުވުން ފިލައިގެންދާނެ ކަމެއް ކަމަށެވެ!

އެކަމަށް ޝައްކުކުރާކަށްވެސް ނުޖެހެއެވެ. އޮތީ ޔަޤީން ކުރުމެވެ. އެހެނީ މީސްތަކުންނަށް އެހީތެރިވެދިނުމުގައި މީހަކު ދެމިހުންނަހައި ވަގުތަކު އެމީހަކަށް އެހީތެރިވެވޮޑިގަތުމުގައި ﷲ ތަޢާލާ ދެމިވޮޑިގެންވާކަން އެއީ ކީރިތި ޤުރްއާނުން ވަރަށް ފަސޭހަކަމާއިއެކު އެގެން އޮތް ކަމެކެވެ.

 

މިއަދު އޮންލައިން