ލޯބިވެރިޔާ ލިބެން އެދޭނަމަ މިމަގުން ޢަމަލުކުރާށެވެ! ކާމިޔާބު ޒަވާޖީ ޙަޔާތެއްވެސް ލިބޭނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ލޯބިވެރިޔާ ލިބެން އެދޭނަމަ މިމަގުން ޢަމަލުކުރާށެވެ! ކާމިޔާބު ޒަވާޖީ ޙަޔާތެއްވެސް ލިބޭނެއެވެ! އިން ޝާ ﷲ

އެއްވެސް މީހެއްގެ ކިބައިން ތިބާ ދެކެ ލޯބިވުން އެދި އާދޭސްނުކުރާށެވެ! ޕްރެޝަރުވެސް ނުކުރާށެވެ! ލޯތްބަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ހިތުގައި އުފެދެންޖެހޭ އެއްޗެކެވެ. ލޯބި ލޯތްކަށްވާނީ އަދި ލޯބީގެ ގޮތުގައި ދިރި ދެމިއޮންނާނީވެސް އަމިއްލަ އިޚްތިޔާރުގައި އެމީހަކު ބޭނުންވެގެން ލޯބިވުމުންނެވެ. 

ތިބާ މީހަކު ދެކެ ލޯބިވެއްޖެނަމަ އެމީހެއްގެ ގާތުގައި އެވާހަކަ ނުބުނެ ނުހުންނާށެވެ. ބުނަންވާނެއެވެ. އިސްނަގަންވީ ވަކިމީހެއް ނޫނެވެ. ދުނިޔޭގައި ކުރެވުނު އެންމެ ކާމިޔާބު ކައިވެންޏަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޚަދީޖަތުގެފާނުގެ ކައިވެނިފުޅެވެ. އެކައިވެނިފުޅުގައި އިސްނެންގެވީ ޚަދީޖަތުގެފާނެވެ. 

ވީމާ އަންހެނަކަށްވުމަކީ ކައިވެންޏަކަށް އިސްނަގަން ފަސްޖެހެން އޮތް ސަބަބެއް ނޫނެވެ. މިހެން ބުނުމުން މާނަ އޮޅުވައި ނުލާށެވެ! މިދެއްކީ ކައިވެނީގެ ވާހަކައެވެ. ލޯބީގެ ނަމުގައި ﷲ ތަޢާލާ ޙަޜާމް ކުރެއްވެވި ކަންކަން ކުރުމުގެ ވާހަކައެއް ނޫނެވެ. 

މީހަކަށް ލޯބި ހުށަހެޅުމަށްފަހު ވިސްނަން އެމީހަކަށް ފުރުޞަތުދޭންވާނެއެވެ. އޭނާ ނިންމީ ތިބާއާއި ހުގުޅެންކަމަށްވެއްޖެނަމަ އޮތީ އެކަމަށް ރުޅިއައިސް ގުޅުން ކަނޑައިލުމެއް ނޫނެވެ. އޭނާގެ ނިންމުމަށް އިހްތިރާމްކުރުމެވެ. 

ލޯބިވާނެ ނުވަތަ ކައިވެނިކުރާނެ މީހަކު ކަނޑައެޅުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. އެމީހަކު ބޭނުންވާ ޝަރުޠުތައް ކަނޑައެޅުމުގެ އިޚްތިޔާރުވެސް ލިބިގެންވެއެވެ. މުސްލިމުން ވިސްނަންވީ ތިމާ ހުށަހަޅާ ޝަރުޠުތަކުގެ ތެރޭގައި ސުންނަތުގައިވާ ޝަރުޠުތައް ހިމެނުމަށެވެ. ތިމާ ބޭނުންވާ ޝަރުޠުތައް ގެންނަންވާނީ އެއިގެ ފަހަތުންނެވެ. 

ދުނިޔެއާއި އާޚިރަތް ޙާޞިލުކުރުމުގެ ތަޅުދަނޑިއަކީ ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކޮންމެ ކަމެއްވެސް ކުރުމެވެ. ކައިވެނިވެސް ދީނުގައިވާ މަގުން ކުރުމަށް ބަލާއިރު އެންމެ ބޮޑަށް ސަމާލުކަންދޭންވީ މިބަޔާންކުރި މަގުން ކަންކަން ކުރުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫހަށް

 

މިއަދު އޮންލައިން