ރޭގަނޑުގެ ބޭނުން ހެޔޮގޮތުގަ ނުހިފާ މީހަކަށް އާޚިރަތް ކާމިޔާބުކޮށް ސުވަރުގެ ވަދެވުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ރޭގަނޑުގެ ބޭނުން ހެޔޮގޮތުގަ ނުހިފާ މީހަކަށް އާޚިރަތް ކާމިޔާބުކޮށް ސުވަރުގެ ވަދެވުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވާނެ!

އަބަދުވެސް މިބުނާ ފަދައިން މަރު އައިސް ތިމާ އާއި ބައްދަލުކުރާނީ ކޮންވަގުތަކުކަމެއް ހަމައެކަކަށްވެސް ނުއެނގޭނެއެނގޭނެއެވެ! ނަރަކައިން މިންޖުވުމަށް އެދޭ މީހާއަށް އޮތީ ﷲ ތައާލާގެ ވަހީބަސްފުޅުތަކަށް ވިސްނައި ތިމާގެ ނަފްސް ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމެވެ. ﷲ ތައާލާ ރުހިވޮޑިގަންނަވާކަން ބަޔާންކުރައްވަވާފައިވާ ދުޢާތައް ކުރުން ގިނަކުރުމެވެ! 

މުސްލިމުންގެ ތެރޭގައިވެސް ރޭގަނޑުގެ ވަގުތުތައް ބޭކާރުކުރާ މީހުންގެ އަދަދުދަނީ އިތުރުވަމުންނެވެ. ރޭގަނޑުގެ އަގުހުރި ވަގުތައް، އެމީހަކު ހިތް އުފާވާނެހައި ކަންކަން ކުރުމުގައި ހޭދަކޮށްލުމަށްފަހު ނިދައި އަނެއް ދުވަހު ހެނދުނު ހޭލުމަށްފަހު ތިމާއަކީ މުސްލިމެއްކަމަށްބުނާ މީހުންވެސް ދަނީ އިތުރުވަމުންނެވެ. 

މުސްލިމުންނަށް އޮތީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރުމަށް މެނުވީ ޢިޝާ ނަމާދުގެފަހުން ހޭލައި ނުހުރުމަށާއި ވީހައި އަވަހަކަށް ނިދަންކަމަށް ތަފާތު އެކިއެކި ދަރުސްތަކުގައި ވާހަކަދައްކައިފީނެވެ. މިއަދު ބަހެއް ބުނަން މި މަސައްކަތްކުރަނީ ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ބަސްފުޅަކާއިމެދުގައެވެ. 

މިއާޔަތްތައް ރަނގަޅަށް އަޑުއަހާށެވެ! 

"އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، ސަޖިދަ ކުރުމުގައްޔާއި، ޤިޔާމް އަށް ތިބުމުގައި، ރޭގަނޑުގެ ވަޤުތު ހޭދަކުރާ މީހުންނެވެ."  (سورة الفرقان: )64

* މިއާޔަތުގައި ﷲ ތަޢާލާ ވަހީކުރައްވަވަނީ މުސްލިމުންގެ ބައެއް ސިފަތަކެވެ. "މުސްލިމުންނަކީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، ސަޖިދަ ކުރުމުގައްޔާއި، ޤިޔާމްއަށް ތިބުމުގައި، ރޭގަނޑުގެ ވަޤުތު ހޭދަކުރާ މީހުން" ކަމަށް ﷲ ތަޢާލާ ވަޙީ ކުރެއްވެވުމުން ރޭގަނޑޫގ ވަގުތުތަކުގައި ގިނަބައަކަށ ކުރެވެމުންދަނީ ﷲ ތައާލާ ރުހިވޮޑިނުގަންނަވާނެ ޢަމަލުތަކެވެ.

ވަގުތުތައް ބޭކާރުގޮތުގައި އިސްރާފްކޮށްލުމުން ޝައިޠޯނާގެ ކިބައިން ލިބޭ ޙިތްހަމަނެހުން ބޮޑުވެ ގިނަބައަކަށް އެންމެ ކުޑަމިނުން ފަތިސްނަމާދުވެސް ނުކުރެވޭކަން އެއީ ކޮންމެ މަފިތސްނަމާދުގެ ވަގުތުގައި ފެންނަމުންދާ ކަމެކެވެ.  

މުއްމިނުންގެ ސިފަތައް މިފަދައިން ބަޔާންކުރައްވަވާފައި ދޫކޮށްލެއްވެވީއެއް ނޫނެވެ! ކުރަންވީ ދުޢާ ވެސް މިއޮތީ ވަޙީކުރައްވަވައިފައެވެ.

رَبَّنَا اصۡرِفۡ عَنَّا عَذَابَ جَهَـنَّمَ ۖ  اِنَّ عَذَابَهَا كَانَ غَرَامًا ۖ

* "އަދި އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ عذاب، އަޅަމެންގެ ކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ ޢަޛާބަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ."  (سورة الفرقان: 65 

ޖެހިގެން އޮތީ ސީދާ ތިމާއަށް އޮތް ވަހީ ބަސްފުޅެއް ކަމަށް ނުވަތަ އިންޒާރެއްކަމަށް ބަލައިގެން ކިޔައިލާށެވެ. ނުވތަ އަޑުއަހާށެވެ!

* "ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމްވެތިބޭ ވަޒަނެއްގެ ގޮތުން އެނަރަކަ ހާދަހާ ނުބައިވެގެންވެއެވެ." (سورة الفرقان: 66)

މިއާޔަތުގައި އެވަނީ ނަރަކައިގެ ޢަޛާބުގެ ވާހަކައެވެ. ޢަޛާބު ގަދަފަދަ ވާނެކަމުގެ ވާހަކައެވެ. ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ އެމީހަކު ކުރިމަތިވާނެ މުޞީބާތްތަކުގެ ބޮޑުކަމެވެ.  

ވީމާ ނަރަކައިގެ ޢަޛާބަށް ބިރުވެތިނުވެ ރޭގަނޑުގެ ވަގުތުތައް އިސްރާފްކުރާމީހާ ތިމާއަކީ ހަމަ ﷲ ތަޢާލާއަށް އީމާނެވެގެންހުރި މީހެއްކަމަށް ބުނެލުމުން ފުދިދާނެ ހެއްޔެވެ؟ ﷲ ތަޢާލާގެ ވަޙީފުޅުގައި އެވާފަދައިން ރޭއަޅުކަން ނުކޮށް އަދި ދުޢާވެސް ނުކޮށް ހަމަ ނަރކައިން ސަލާމަތްވެވިދާނެ ކަމަށްވެސް ހީކުރަނީ ހެއްޔެވެ؟

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން